މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި

ހއ.ދިއްދޫ، ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ބައްދަލުވުމެއްގައި 13 ރަށުގެ ފުޓްބޯޅަދަނޑުގެ ޓާފް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.ޔޫތުމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއ...

ފާތިމަތު ސިނާޒާ
ވައިކަރަދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހދ.ވައިކަރަދޫ ކައުންސިލުން ކުށްވެރިކޮށްފި އެވެ. އެ ޖަމިއްޔާގެ ފަރާތުން “ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި 2015 ވަނަ އަހަރު ނެރުނު މި ރިޕޯޓްގައި  އިސްލާމްދީނަށާއި، ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށްފައިވާތީ މިއަދު އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ވައިކަރަދޫ ކައުންސިލުންނާއި އެރަށުގެ ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޖަމިއްޔާތަކުން ކުރާ...

ފާތިމަތު ސިނާޒާ

ހދ އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން އަދަބީ ފޯވައްސެއް ކުރިޔަށް ގެންދަނީ

ހދ އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ހދ އަތޮޅު ކައުންސިލުން ބައްދަލުކޮށްފިއެވެ. މިބައްދަލުވުމުގައި ހދ އަތޮޅު ސްކޫލް މަދަރުސާތަކާއި ހދ. އަތޮޅު ކައުންސިލް ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންންގެ ތަޢުލީމާއި ހުނަރު ތަރައްޤީ ކުރުމަށް ހިންގިދާނެ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން މަސްވަރާކުރައްވާފައިވެއެވެ. ހދ އަތޮޅުގެ ސްކޫލް ތަކުގެ ވެރިން އެއް މޭޒަކަށް ގެނަސް މިގޮތަށް އަދި މިހާތަނަށް ހދ އަތޮޅު ކައުންސިލުން މަސްވަރާ ބައްދަލުވުމެއް ބާއްވާފައި ނުވެއެވެ. މިބައްދަލުވުމުގެ ސަބަބުން ހދ އަތޮޅު ސްކޫލް ތަކުގެ ދަ...

އަޙްމަދު މުޖުތަބާ
ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިނބީގައި ހިންގައިފި 📍 ހދ. ކުރިނބީ

ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިނބީގައި ހިންގައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހދ ކުރިނބީ ސްކޫލްގައި އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިން ކުރިނބީ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 70 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއްވައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ދަތުރަކަށް ފަށާއިރު އަޅަންޖެހީ ރ...

އަޙްމަދު މުޖުތަބާ
ށ.އަތޮޅުކައުންސިލާއި އެފްއޭއެމް ގުޅިގެން ބޭއްވި ފުޓްބޯލް ކޯޗިންގ ކޯސް ނިންމާލައިފި 📍 ށ. ފޭދޫ

ށ.އަތޮޅުކައުންސިލާއި އެފްއޭއެމް ގުޅިގެން ބޭއްވި ފުޓްބޯލް ކޯޗިންގ ކޯސް ނިންމާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން މިމަހުގެ 12 އިން 22 އަށް ށ.ފުނަދޫގައި ކުރިޔަށްގެންދެވުނު “އޭ.އެފް.ސީ/އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯޗިންގ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ށ.އަތޮޅު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ރޭ 8:30ގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބުރައީސާ އަލްފާޟިލާ ޢާއިޝަތު ނާޒިމާއެވެ. ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން މި ޖަލްސާ ފައްޓަވައިދެއްވީ ކޯހުގ...

ޔުމްނާ ޢަލީ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ހޮސްޕިޓަލުގައި ޒަމާނީ ލޭބަރ ރޫމަކާއި ސީއެސްއެސްޑީ ޔުނިޓެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ލޭބަރު ރޫމަކާއި ސެންޓްރަލް ސްޓެރައިލް ޑިޕާޓްމަންޓް ސާރވިސް (ސީއެސްއެސްޑީ) ޔުނިޓް ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. އިއްޔެ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ކުންފުންޏާ އެވެ. މި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖަރު އަހުމަދު ދާއޫދެވެ. ވޭވްލެންޗުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޔޫނުސް އިބުރާހީމެވެ. Kulhudhuffushi Regional Hospital g...

ފާތިމަތު ސިނާޒާ
📍 ހއ. ތުރާކުނު

ތުރާކުނު މަސްޖިދުލް ނޫރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ތުރާކުނު މަސްޖިދުލް ނޫރު މިސްކިތުގެ މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ. އެގޮތުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަކުން 27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށްބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00 އެރަށުގެ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް އެއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު...

ފާތިމަތު ސިނާޒާ
ކަރަންޓު އަގުހެޔޮ ކުރުމަށް ގޮވާލާ ސައްލެގެ ގަރާރެއް މަޖިލީހަށް

ކަރަންޓު އަގުހެޔޮ ކުރުމަށް ގޮވާލާ ސައްލެގެ ގަރާރެއް މަޖިލީހަށް

އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމަށާއި ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރުމަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. ސަލީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ކަރަންޓުގެ އަގު ބޮޑުވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވެފައި އޮތް ކަމަކަށް ވީއިރު، ކަރަންޓުގެ އަގު ރައްޔިތުންނަށް އުފެލޭނެ މިންވަރެއްގައި ދެމެހެއްޓުމަކީ ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ. ސަލީމްގެ ގަރާރުގައި ކަރަންޓު އަގުބޮޑުވުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކ...

އިބްރާހިމް އަސްވާޤް
އެމްޑީއެންގެ ރިޕޯޓު ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހއ. ބާރަށް

އެމްޑީއެންގެ ރިޕޯޓު ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހއ ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި އެވެ. އެމްޑީއެން އިން ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން ބާރާށު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި، ގަދަކީރިތިވަންތަ މާތް ﷲ ގެ ކުޅަދުންވަންތަކަމާއިމެދު ޝައްކު އުފައްދާ ކީރިތި ޤުރުއާނުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށް އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައް...

އަޙްމަދު މުޖުތަބާ
ރައިޝާން ދެއްކީ ވާނެކަން، ނުވާނެކަމެކޭ މިހާރު ނުބުނެވޭނެ

ރައިޝާން ދެއްކީ ވާނެކަން، ނުވާނެކަމެކޭ މިހާރު ނުބުނެވޭނެ

މުބާރާތްތަކުގައި ބައިވެރިވެ، ދުވުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ވަކި ޝަރުތު ތަކެއް ހަމަވާން ޖެހެވެ. ހަރަކާތްތެރި މީހަކަށް ވާންޖެހެއެވެ. އެއީ މީގެ ކުރީން ވަރަށް ގިނަ މީހުން ޤަބޫލުކުރި ގޮތެވެ. ނަމަވެސް އެއީ އަދި ހަޤީގަތް ނޫންކަން ސާބިތު ކޮށްދިނުމަށް ދުވުން ތެރިންނާއެކު ނުކުތީ މުހައްމަދު ރައިޝާންނެވެ. ފޮރުޅުލީ ގޮނޑިއެއްގައި ނުކުމެ އޭނާ އެންމެނަށް ސާބިތުކޮށްދިނީ ކޮންމެ މީހަކަށްވެސް އެއީ ވާނެކަމެއްކަމެވެ. ނުވާނެކަމެއް ނޫންކަމެވެ. ދިރާގުން އާންމު ކުރި ތިންމިނިޓުގެ ވީޑިއޯއެއްގައި...

ޙުސައިން ޒަބީރު (ހޒމވ)
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގެއެއްގައި ރޯވި އަލިފާނަކީ ގަސްތުގައި ބަޔަކު ކޮށްފައިވާ ފިނޑިއަމަލެއް: ލަތީފް

ކުޅުދުއްފުށީ ގެއެއްގައި ރޯވި އަލިފާނަކީ ގަސްތުގައި ބަޔަކު ކޮށްފައިވާ ފިނޑި އަމަލެއްކަމުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ބުނެފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ލަތީފް ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަކާގެޔަކީ ނޮޅިވަރަމް މީހަކު ކުއްޔަށް އުޅެމުން އަންނަ ގެޔެއްކަމަށާއި އެގޭތެރެއިން ފެންނަން ހުރި ކަންކަމަށް ބަލާއިރު އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާކަމެއްކަން އިނގޭކަމަށެވެ. އަދި ބެލެވޭ ގޮތުގައި އަލިފާން ރޯކޮށްލާފައިވަނީ ފާރުމަތިން ދަނޑިއެއްކަހަލަ އެއްޗެއް ބޭނުންކޮށްގެން ކަން ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯވެއްޖެ

ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯވެއްޖެ

ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާން ރޯވެފައިވަނީ ރޭފަތިހު ވަގުތެއްގައި ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފްއިން ބުނީ މިހާދިސާ ރިޕޯޓްކޮށްފައިވަނީ 04:16 ހާއިރުކަމަށާއި އަލިފާން ރޯވެފައިވަނީ އެރަށު “ކަކާ” ނަމަކަށް ކިޔާ ގެޔެއްގައި ކަމަށެވެ. އެމްއެންޑީއެފްގެ ނޯދަން އޭރިޔާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ 04:40 ގައި ރޯވި އަލިފާން ނިއްވާލާފައިވާކަމަށާއި އެސަރަހައްދުން ދުންއަރަމުންދާތީ ސިފައިން އެސަރަހައްދުގައި އަދިވެސް ހަރަކާތ...

އިބްރާހިމް އަސްވާޤް
📍 ހއ. ދިއްދޫ

ދިއްދޫގައި ހިލޭ އިލެކްޓްރިކް ދާއިރާގެ 2 ކޯހެއް ހިންގަނީ

ހއ. ދިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން އިލެކްޓްރިކް ހައުސް ވަރިންގ ނުވަތަ ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ކޯހެއް ހިންގުމަށް އިޢުލާންކޮށްފިއެވެ. އަންނަ ނޮވެންބަރމަހުގެ ތެރޭގައި ދިއްދޫގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމަށް ދިއްދޫ ކައުންސިލުން ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން މިތަނުން ކޯހެއް ހަދަން ބޭނުންވާ ފަރާތްތަކުން ދިއްދޫ ކައުންސިލަށް ދުރުވެ ނުވަތަ އެކައުންސިލަށް ގުޅައިގެން ނަން ނޯޓު ކުރެއްވުމަށް...

އަޙްމަދު މުޖުތަބާ
📍 ހއ. ހޯރަފުށި

ކުށުގެ ވެށިން ކުދިން ދުރުހެލިކުރުމަށް ތުރާކުނާއި ހޯރަފުށީގައި ޕްރޮގްރާމެއް ހިންގައިފި

ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށްތަކަށް އަރައިގަންނަ މައިގަނޑު ސަބަބުތަކާއި އެކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި އެކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭ ގޮތުން  ހއ. ހޯރަފުއްޓާއި ތުރާކުނު ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިމަހުގެ 20 ވަނަދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ގައި ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށުގެ ވެށިން ދުރުކުރެވޭނެ ގޮތްތަކާ އަދި އެކަންކަމުގައި ބެލެނ...

ފާތިމަތު ސިނާޒާ
ފިއްލަދޫގައި ބާއްވާ "ހޮލިޑޭކަޕް 2019" ގެ މީޑިއާ ޕާރޓްނަރަކަށް ތިލަދުން 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބާއްވާ "ހޮލިޑޭކަޕް 2019" ގެ މީޑިއާ ޕާރޓްނަރަކަށް ތިލަދުން

ހއ.ފިއްލަދޫގެ ޒުވާންނުންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ހޮލިޑޭ ކަޕްގެ ނަމުގައި ފިއްލަދޫގައި ކުރިއަށްގެންދާ މި މުބަރާތުގެ މިފަހަރުގެ މީޑިޔާ ޕާރޓްނަރަކަށް ”ތިލަދުން“ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކާ މިމަހުގެ 20 ވަނަދުވަހު ބޭއްވުނު ހަފްލާއެއްގައި އެފަރާތުން ސޮއިކުރެއްވީ މި މުބާރާތް އިންތިޒާމް ކުރާ ފިއްލަދޫ ސްޕޯޓްސް އެކަޑަމީގެ ފަރާތުން އެކުލަބުގެ މުއައްސިސް އަހުމަދު ނަސީމެވެ. ”ތިލަދުން“ ގެ ފަރާތުން ސޮއިކުރެއްވީ ނޫހު...

ފާތިމަތު ސިނާޒާ