ތިލަދުންމައްޗަކީ ވަރަށް ވަރުގަދަ ޤައުމީ ބަޠަލުންތަކެއް، ޤައުމީ ފަހުލަވާނުންތަކެއް އުފެއްދި އަތޮޅެއް
ތިލަދުންމައްޗަކީ ވަރަށް ވަރުގަދަ ޤައުމީ ބަޠަލުންތަކެއް، ޤައުމީ ފަހުލަވާނުންތަކެއް އުފެއްދި އަތޮޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019، ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ހއ. ދިއްދޫގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ”ތަޢުލީމީ ދާއިރާގައި ރަންވަނަތައް އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑުގެ ހަނދާނ...