މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް އަޅަނީ 📍 ށ. ފޯކައިދޫ

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް އަޅަނީ

އިންޑިޔާ ސަރުކަރުގެ އެހީގައި ށ.ފޯކައިިދޫގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީގައި އިއްޔެ ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިތަން ގާއިމްކުރުމަށް ސޮއިކޮށްފައިވަނީ އެލް އެފް ކޮންސްޓްރަކްޝަންއާއި އެކުގައެވެ. 5.21 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ. ފޯކައިދޫ ކައުންސިލުން މި މަޝްރޫއު ކުރިއަށްދާ ގޮތް ބަލަމުންދާނެކަމަށާއި މި މަޝްރޫއުއަކީ ކައުންސިލުން ފޮރިން މިނިސްޓްރީއަށް ހުށައަ...

އިބްރާހިމް އަސްވާޤް
އިހަވަންދޫއިން ގޯއްޗަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން ގޯއްޗަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ޕޮއިންޓު ދެވުނު ގޮތުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ. ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށް އެންގުމުގެ ގޮތުން އިހަވަންދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިލިސްޓް އެކައުންސިލް އިދާރާގެ ކައުންޓަރުގައާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައާއި އަދި ކައުންސިލްގެ ރަސްމީ...

އިބްރާހިމް އަސްވާޤް
12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕް: ޑަޒްލިން ރޯވަރސް އާއި ފޮލޯ މީއަށް ރަނގަޅު ފެށުމެއް 📍 ހއ. ފިއްލަދޫ

12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕް: ޑަޒްލިން ރޯވަރސް އާއި ފޮލޯ މީއަށް ރަނގަޅު ފެށުމެއް

ހއ.ފިއްލަދޫގެ ޒުވާންނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫގައި ކުރިއަށްގެންދާ ހޮލިޑޭ ކަޕް ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައި ވާއިރު މުބާރާތުގެ ފުރަތަމަ މެޗް ކުޅެފައިވަނީ މިއަދު ހެނދުނު 6:15 ގައެވެ. މިމެޗުގައި ބައްދަލުކުރީ ޑަޒްލިން ރޯވާރސް އާއި އެފްސީ ލެޖެންޑްސް އެވެ. މިމެޗް 4-0 ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެންޕިއަން ޑަޒްލިން ރޯވާރސް އެވެ. މިމެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޑަޒްލިން ރޯ...

ހުސައިން ހަބީބް
މަކުނުދޫ ބަނދަރު ސަރަޙައްދު ފެހި ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ބަނދަރު ސަރަޙައްދު ފެހި ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

މަކުނުދޫ ޕޮލިސް ސުޓޭޝަންގެ ފަރާތުން މަކުނުދޫ ކައުންސިލާއި އެމް.ޓީ.ސީ.ސީ ސުޕީޑްފެރީގެ ބޭފުޅުންނާއި  ގުޅިގެން އެރަށުގެ ޖެޓީ ސަރަޙައްދު ފެހި ކުރުމުގެ ޙާއްސަ ޕްރޮގުރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން ބަނދަރު ބައްތިތަކުގެ ކައިރީގައިވަނީ މަގޫގަސް އިންދާފައެވެ. މިފަދަ ކަންކަމުގައި މަކުނުދޫ ޕޮލިސް ސުޓޭޝަންގެ ފަރާތުން ފެންނަ އިސްނެންގެވުމާއި، ކައުންސިލަށް ދެއްވަމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަން ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަމައެއާއެކު، މަކުނުދޫގެ ނަލަކަން ދެމެހެއްޓުމުގަ...

އިބްރާހިމް އަސްވާޤް
މަކުނުދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަކުނުދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ކުޅުދުއްފުށިން މަކުނުދޫއަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު 12:20 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ފިރިހެނެކެވެ. މިއޮޕަރޭޝަންގައި، މަކުނުދޫ ބަނދަރު ސަރަޙައްދުން އޭނާ ފުލު...

އިބްރާހިމް އަސްވާޤް
ތިލައުތުރު އުއްތަމަ އަރުތަވެރިން

ތިލައުތުރު އުއްތަމަ އަރުތަވެރިން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެއްވަމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ފަހަރު މި ރަސްމިއްޔާތު ބާއްވައިފައިވަނީ އެހެން އަހަރު އަހަރާ ތަފާތުކޮށް ހަފުލާއެއްގެ ގޮތުގައެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވުނު މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ނާއިބު ރައީސް އޮންރަބްލް ފައިސަލް ނަސީމެވެ. 23 ނޮވެމްބަރ 2019 ވަނަ ދުވަހުގެރޭ ބޭއްވުނު މި ޙަފުލާގައި ހއ. އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރ...

އިބްރާހިމް އަސްވާޤް
އިހަވަނދޫ ފެއަރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަނދޫ ފެއަރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑް ޔޫނިއަންނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ޙަރަކާތްތަށް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުމްލަ 7 ދާއިރާ އަކުން 10 ހަރަކާތް ހިންގުމަށްށެވެ، އެގޮތުން ތިމާވެށި ދާއިރާއިން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ގެންދިއުމާއި ތިމާވެއްޓާއި މެދު މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް ހިންގުމާއި ރަށުގެ އެކި ހިސާ...

ފާތިމަތު ސިނާޒާ
ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޯސްތައް ތިލަދުންމަތީގެ 4 ރަށެއްގައި 📍 ހއ. ދިއްދޫ

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކޯސްތައް ތިލަދުންމަތީގެ 4 ރަށެއްގައި

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި 2020 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިޢުލާން ކޮށްފިއެވެ. އެގޮތުން 12 އަތޮޅެއްގައި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވާއިރު މި ހުރިހާ ކޯހެއް ހއ،ދިއްދޫ، ހޯރަފުށި، އުތީމް ގެ އިތުރުން ކުޅުދުއްފުށީގައިވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ ފަސް ކޯހެއް އިޢުލާން ކޮށްފައިވާއިރު ކޮންމެ ކޯހަކަށްވެސް ޖުމްލަ 60 ޖާގަ ވަނީ ހުޅުވާލާފައެވެ. އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޤިރާއަތު ސެޓްފިކެޓް 1،2،3 އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ގެ [...

ފާތިމަތު ސިނާޒާ
މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ 📍 ނ. މާފަރު

މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީ ކުރި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސް، ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އަންނަމަހު އެއްވަނަ ދުވަހު އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިފައިވާއިރު ހަމަ އެދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މާފަރު އެއަރޕޯޓުން ފަށާނެކަމަށްވެސް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ. މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި...

ފާތިމަތު ސިނާޒާ
ހާއްސަ އެހީ އަށް ބޭނުންވާ ދިއްދޫ ފަރާތަކަށް ނައިބު ރައީސް ގެ ހާއްސަ އެހީ އެއް! 📍 ހއ. ދިއްދޫ

ހާއްސަ އެހީ އަށް ބޭނުންވާ ދިއްދޫ ފަރާތަކަށް ނައިބު ރައީސް ގެ ހާއްސަ އެހީ އެއް!

ރައިީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ.ދިއްދޫއަށް ކުރެއްވި ދަތުރުގައި އެރަށުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ހާއްސައެހީއެއް ވެދެއްވައިފިއެވެ. ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިއްދޫގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލު އަހުވާލު އޮޅުންފިލުއްވައި އ...

ފާތިމަތު ސިނާޒާ
ހއ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް "މައިކަޕް"ގެ މީޑިޔާ ޕާރޓްނަރ އަކަށް "ތިލަދުން"

ހއ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް "މައިކަޕް"ގެ މީޑިޔާ ޕާރޓްނަރ އަކަށް "ތިލަދުން"

ހއ. އިހަވަންދޫގައި ބާއްވާ ހއ އަތޮޅުގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ‘މައިކަޕް’ ފުޓްބޯޅަ މުބާރާތުގެ މީޑިޔާ ޕާރޓްނަރ އަކަށް “ތިލަދުން” ހަމަޖައްސައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ(މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރަތް މިފަހަރުވެސް އިންތިޒާމު ކުރަނީ ކުލަބް ޕޯލްސް ސްޓާރ އިންނެވެ. ޕޯލްސްޓަރ އިން ވަނީ މިއަހަރުގެ މުބާރާތުގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހުގެ 25 ގެ...

އިބްރާހިމް އަސްވާޤް
މޫސުން ގޯސްވެ ތިލަދުންމަތިން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ތިލަދުންމަތިން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދަމު 21:30 އިން ފެށިގެން ދަންވަރު 12:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/XJYaQEXg9I — […]

އިބްރާހިމް އަސްވާޤް
ނައިބު ރައީސް ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފި 📍 ހދ. ކުޅުދުއްފުށި

ނައިބު ރައީސް ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ކުޅުދުއްފުށްޓަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކުޅުދުއްފުށްޓަށް ފައިބައި ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށްޓަށް މިކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވ...

އިބްރާހިމް އަސްވާޤް
މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 19 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 19 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފިއެވެ. ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ  19 އަހަރުގެ އަންހެނެކެވެ. މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން...

ޔުމްނާ ޢަލީ
ނައިބު ރައީސް ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައިފި 📍 ހއ. ދިއްދޫ

ނައިބު ރައީސް ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހއ. ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިޔަށްގެންގޮސްފައި ވަނީ ދިއްދޫ ރަށު ކައުންސިލްގެ އިދާރާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދޫ ކައުންސިލާއެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، އެރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރިޔަށް ރާއްވަވާފައިހުރި ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އެގޮތުން ދިއްދޫ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވެންހުރި ކަންކަމާމެދު މަޝްވ...

އިބްރާހިމް އަސްވާޤް