ހޮޑާފުށި މުވައްޒަފަކު ހައްޔަރުކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ހދ.ހޮޑާފުށީ އައިލޭންޑް ރިސޯޓުގެ މުވައްޒަފަކު ހަނިމާދޫ އަށް ދިޔުމުން ހައްޔަރުކޮށްފިއެވެ. ފުލުހުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ހޮޑާފުށި އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް، ހަނިމާދޫގައި ހުރެފައި އެ ރިސޯޓުގެ މެނޭޖްމެންޓުގެ ހުއްދަ ނެތި ރިސޯޓަށް އަރައި، ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އެނބުރި ހަނިމާދޫ އަށް ދިޔުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ...