މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ބާރަށުގައި ކޮވިޑް-19 ޓާސްކު ފޯސް މަސައްކަތް ކުރުމަށް ހެދި ޓެންޓަށް ގެއްލުންދިން މީހުން ހައްޔަރުކޮށްފި 📍 ހއ. ބާރަށް

ބާރަށުގައި ކޮވިޑް-19 ޓާސްކު ފޯސް މަސައްކަތް ކުރުމަށް ހެދި ޓެންޓަށް ގެއްލުންދިން މީހުން ހައްޔަރުކޮށްފި

ހއ.ބާރަށުގައި ކޮވިޑް-19 ގެ ޓާސްކު ފޯހުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ޓެންޓަށް ބަޔަކު ގެއްލުންދީފިއެވެ. ފުލުހުން ބުނީ ބާރަށު ބަނދަރު ސަރަހައްދުގައި އެ ރަށު ކައުންސިލް އިދާރާ އިން ހަދާފައިވާ މި ޓެންޓަށް ގެއްލުންދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު 2:15 ހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި އުމުރުން 18، 20 އަދި 21 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މިި މައްސަލަ ފުލުހުން […]

އަލީ އާދިލް
ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ރޭ ބަޔަކު އެއްވީ ފުލުހަކާއި މެދު ހިތް ހަމަ ނުޖެހިގެން: ފުލުހުން 📍 ހއ. ބާރަށް

ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ރޭ ބަޔަކު އެއްވީ ފުލުހަކާއި މެދު ހިތް ހަމަ ނުޖެހިގެން: ފުލުހުން

ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ރޭ ބަޔަކު އެއްވީ އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުކަހު އެރަށު މީހަކާއި، މުޚާތަބު ކުރި ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ކަމަށް ފުލުހުން ބުނެފިއެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ 2020 މާރިޗް 30 ވަނަ ދުވަހު ހއ. ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ޒުވާނުން ގެ ތެރެއިން ބަޔަކު އެއްވެ އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުކަހު އެރަށު މީހަކާއި، މުޚާތަބު ކުރި ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ […]

އަލީ އާދިލް
ކޮމަންޑޫ އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެ

ށ. ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ. އެކަން ހާމަކޮށްފައިވަނީ ކޮމަންޑޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައިއެވެ. https://www.facebook.com/309200189532246/posts/905488889903370/ ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29،...

ޝިއުނާ އާދަމް
ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލޭ ފަރާތްތަކާއި މުސާރާއަށް ބަދަލު ގެންނަ ފަރާތްތަށް ހޯދަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލޭ ފަރާތްތަކާއި މުސާރާއަށް ބަދަލު ގެންނަ ފަރާތްތަށް ހޯދަނީ

ރަށާއި ރަށުން ބޭރުގައި ދިރިއުޅޭ ވައިކަރަދޫ ރައްޔިތުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި މުސާރައަށް ބަދަލު ގެންނަ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހދ. ވައިކަރަދޫ ކައުންސިލް އިން ފަށައިފި އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ބައެއް ރިސޯޓްތަކުންނާއި އަމިއްލަ އެކިއެކި ކުންފުނިތަކުން ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފުންނާމެދު އަމަލުކުރަމުންދާކަމުގެ ޚަބަރުތައް ފެތުރެމުންދާތީ، އެފަދަ ފިޔަވަޅުތައް އެޅިފައިވާ ވައިކަރަދޫ ރައްޔިތުންގެ މަޢުލޫ...

ޖަލްވާން ޖާދުﷲ
އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފި

އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ތިލަދުންމަތީ އުތުރުބުރީ (ހއ) އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފިއެވެ. އުލިގަމު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާއިގުޅިގެން ރަށު ފެންވަރުގައި މަސައްކަތް ތަކެއް ކުރެވެމުން ދާކަމަށެވެ. އެގޮތުން ހޯމް އައިސޮލޭޝަން (ގޭގައި އެކަހެރިވެހުރުން) ނުވަތަ ހޯމް ކަރަންޓީން ކުރަންޖެހިއްޖެ ހާލަތެއްގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު

ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު ވިއްކަން ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ކާޑު އެޖެންޓް މިތުރު ކޮމްޕެނީން ނިންމައިފިއެވެ. ކޮވިޑް-19 އާ ގުޅިގެން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމުގައި ހުރި ދަތިތަކާ ހެދި ކުޅުދުއްފުށީގައި ކާޑުގެ ބާވަތްތައް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާފައިވަނީ ކާޑުގެ ބާވަތްތައް ވިއްކަން ފަށާފައިމިވަނީ ކާޑު ބޭނުންވާ ހުރިހާ ފަރާތްތަކަށް ކާޑު ހުސްނުވެ ފޯރުކޮށްދިނުމަށްށެވެ. މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު […]

އަލީ އާދިލް
އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހާއަށް ދައުވާކޮށްފި

އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހާއަށް ދައުވާކޮށްފި

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް އެރުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހަކަށް ދައުވާކޮށްފި އެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމާ ހިލާފުވި މީހަކަށް ދައުވާ ކޮށ...

އަލީ އާދިލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 2 ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 2 ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް (މެޑިކަލް ގުރޭޑް އެއަރ ކޮންޑިޝަން) ހަރުކޮށް ނިންމާލައިފި ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. ގުރީން ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ޖުމްލަ އަގަކީ 1,314,587.13 (އެއް މިލިއަން ތިން ލައްކަ ސާދަ ހާސް ފަސްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތޭރަ ލާރި) ފުރެޝް އެއަރ ސިސްޓަމް ހަރުކޮށްފައިވަނީ އީއާރު (އެމަރޖެންސީ ވާރޑް) އަދި ޖެނެރަލް ވާރޑްގައި ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ހޮސްޕިޓަލ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ނިންމައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ނިންމައިފި

ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތައް، އިމްޕޯޓަރުންގެ އަތުން ނަގާ ބައެއް ފީތައް ކުޑަކޮށް، ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް އަދި އެހެން ވެސް އިނާޔަތްތައް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފި އެވެ. ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖެއަށް މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް އެމްޕީއެލްއިން މިހާރު ނިންމާފައިވާ ކަމަށެވެ.އ...

ޝިއުނާ އާދަމް
ހޯރަފުށީ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލޭ އަދި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލޭ އަދި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރަނީ

ކޮވިޑް 19 އާއި ގުޅިގެން ހޯރަފުށީ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާއަށާއި މުސާރައަށް ގެންނަ ބަދަލުތަކާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ފޮނުވާލާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުމާއި އަދި އެކަންކަމުގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ މަސައްކަތް އެކައުންސިލުން ފަށައިފިއެވެ. ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެކައުންސިލުން މިކަން ކުރުމުގެ މަޤުޞަދަކީ އެފަދަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމިގެ ބޭނުމަކީ އެފަދަ ފަރާތްތަކުގެ ސަކުވާ އަޑުއ...

ޔުމްނާ ޢަލީ
ކޮވިޑް-19 އަށް ޚާއްސަކޮށް އިހަވަންދޫ ކައުންސިލުން ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ! 📍 ހއ. އިހަވަންދޫ

ކޮވިޑް-19 އަށް ޚާއްސަކޮށް އިހަވަންދޫ ކައުންސިލުން ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ!

ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުނަ ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ ކުރިއަށް ގެންދަން ހއ. އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލްގެ ކޮވިޑް-19 ޓާސްކް ފޯހުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގައި ހާލަތާއި ގުޅޭ، ދީނީ، ސިއްޚީ، އިޖްތިމާއީ އަދި އިޤްތިޞާދީ މެސެޖްތައް ފޯރުކޮށް ދެވޭނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ. މި ޕްރޮގްރާމާއި ބެހޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދަވަނ...

އަލީ އާދިލް
ކެލާ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދެނީ 📍 ހއ. ކެލާ

ކެލާ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދެނީ

ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު، ހާލު ބޮޑުވެ އިތުރު ފަރުވާއަށް އެމްއެންޑީއެފް ނޯތު އޭރިއާގެ އެހީތެރިކަމާއި އެކު މާލެ ގެނައުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިހާރު ދަތުރު ފަށާފައިވާކަމަށެވެ. އެ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ހަމަޖެހިފައިވަނީ...

ޝިއުނާ އާދަމް
އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި 📍 ހއ. އުތީމު

އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި

އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ. ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވަ ކަމުގެ މައްސަލަ އެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އާ ގުޅިގެން، މިމަހުގެ 26 ވަނަ ދުވަހު ކޯޓު  އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތަށް […]

އިބްރާހިމް އަސްވާޤް
ހަނިމާދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. ފުލުހުންބުނީ ހަނިމާދޫ ގެއެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މާރިޗު މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެ...

ޝިއުނާ އާދަމް
ރަށުންބޭރުގައި ވަޒީފާ އަދާކުރާ އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލަނީ 📍 ހއ. އިހަވަންދޫ

ރަށުންބޭރުގައި ވަޒީފާ އަދާކުރާ އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލަނީ

ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހއ. އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިވަންދޫ ކައުންސިލުން ފަށައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމަށް މިއަދު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ. އެގޮތުން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ފ...

ޝިއުނާ އާދަމް