📍 ށ. ފުނަދޫ
ފޮޓޯއިން އެދުވަސް - ފަރުކޮޅުފުނަދޫއަށް ކުރި ފުރަތަމަ ދަތުރު
މި ފޮޓޯއިން ފެންނަ އިމާރާތް ފެނުމުން ހަނދާންތައް ގޮސް ހުއްޓެނީ މީގެ ތިރީސްފަސްވަރަކަށް އަހަރުގެ ދުރު މާޒީ އަކަށެވެ. އަހަރެންގެ އުމުރުން އޭރުވާނީ އަށެއްކަ އަހަރެވެ. މިގޭގެ ވެރިފަރާތަކީ އެދުވަސް ވަރު މިރަށުގައި ޤަދަރު ކުރެވޭ އަޝްރާފުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އަހަރެންގެ ބައްޕަގެ ގާތް ރަޙުމަތެރިއެކެވެ. އެހެންކަމުން ފުނަދޫއަށް ކުރާ ޒިޔާރަތްތަކުގައި ފުރަތަމަ މަންޒިލަކަށް ވާނީ މިގެއެވެ. ގޭގެ އެންމެން ފުނަދޫއަށް ކުރި ޒިޔާރަތެއްގައި މިގޭގެ ބޮޑުކޮޓަރީގައި މަޑުކޮށްލައިގެން އިނީމެވެ. އޭރު ކެއުމާއި ބު...