ހދ. ވައިކަރަދޫ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ 3 މަހުގެ ކުލި މަފު ކޮށްދީފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ކުލި މާފުކޮށްދީފައި ވަނީ އެސްޓީއޯ ބޭސްފިހާރަ ހިންގުމަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ދިރާގު އެންޓަނާ ހުންނަ ތަންތަން ފިޔަވައި އެހެނިހެން ކަންކަމުގައި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލިތަކެވެ. އެގޮތުން ކައުންސިލުން ދޫކޮށްފައިވާ ތަންތަނުގެ 3 މަހުގެ ކުލި މާފުކޮށްދިނުމަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ.

Ad
rt

ކައުންސިލްގެ އިޢުލާނުގައި ވާގޮތުން ކުލި މާފްކޮށްދިނުމަށް ނިންމާފައި ވަނީ އޭޕްރިލް މަހާއި މެއި މަހުގެ އިތުރުން ޖޫން މަހުގެ ކުއްޔެވެ. މިގޮތަށް ކައުންސިލުން ނިންމާފައި ވަނީ ކޯވިޑް އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ބާލާފައެވެ. މި ނިންމުން ފާސްކޮއްފައިވަނީ ކައުންސިލްގެ 3 ވަނަ ދައުރުގެ 90 ވަނަ ޖަލްސާގައިކަމަށެވެ.

މީގެ އިތުރުން ދަނޑުވެރިކަން ކުރިއަރުވާ ނެގެހެއްޓުމަށް އަދިވެސް އިތުރު ކުރެވެން ހުރިކަންކަމަށް ދަނީ މަޝްވަރާކުރަމުން ކަމަށާއި ކޮވިޑް 19 ގެ އަޑިގަނޑުން އަރައިގަތުމަށް އެތައް ދުވަސްތަކެއް ހޭދަކުރަން ޖެހިދާނެކަމަށް ބުނެފައި ވެއެވެ.