މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
މަރޮށީގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ޑަސްބިނެއް ހަދިޔާ ކޮށްފި 📍 ށ. މަރޮށި

މަރޮށީގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ޑަސްބިނެއް ހަދިޔާ ކޮށްފި

ށ މަރޮށީގެ ކައުންސިލް ގެ ފަރާތުން މަރޮށީގައި މީހުން ދިރިއުޅޭ ކޮންމެ ގެެއަކަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ. މިއީ ކައުންސިލްގެ ފަރާތުން ހިންގާ ވޭސްޓްމެނޭޖްމަންޓް ޕްރޮގުރާމުގެ ދަށުން އެރަށުގެ ކޮންމެ ގޭބީސީއަކަށް ހަވާލުކުރެވުނު ތަކެތި ކަމަށް މަރޮށި ކައުންސިލްގެ ފޭސްބުކް ޕޭޖްގައިވެއެވެ. މި ޑަސްބިންތައް ގެތަކުގެ ވެރިފަރާތާއި މިދިޔަ އާދީއްތަ ދުވަހު ވަނީ ހަވާލުކޮށް ނިންމާފައެވެ. މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ހަވާލުކުރެވުނު ޑަސްބިންތައް މަރޮއްޓަށް ގެނެސްފައިވަނީ މެއި މަހު 23 ވަނަ ދުވަހުއެވެ. މީގެ އިތުރު...

އަލީ އިބްރާހިމް
ފެނަކައިން ކުމުންދޫއަށް ޖަނަނޭޓަރ ސެޓެއް ފޮނުވައިފި 📍 ހދ. ކުމުންދޫ

ފެނަކައިން ކުމުންދޫއަށް ޖަނަނޭޓަރ ސެޓެއް ފޮނުވައިފި

ހދ. ކުމުންދޫ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން މިއަދު ޖަނަނޭޓަރ ސެޓެއް އެރަށަށް ފޮނުވައިފިއެވެ. ފެނަކައިން އެ ރަށަށް ޖަނަނޭޓަރ ސެޓެއް ފޮނުވާފައިވާކަން ހާމަކުރަށްވައި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް ފެނަކައިން ޖަނަނޭޓަރ ސެޓެއް ފޮނުވާފައި ވާކަމަށެވެ. އަމީން ވިދާޅުވީ ފެނަކައިން މިއަދު އެރަށަށް ފޮނުވާފައިވަނީ 400 ކިލޯ ވޯޓުގެ ޖަނަނޭޓަރ ސެޓެއް ކަމަށެވެ. އެކަމަށްޓަކައި އަމީންވަނީ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އަށާއި، ރައ...

ޔުމްނާ ޢަލީ
ތިލަދުންމަތީގެ މެންބަރު މަޖިލީހުގައި ވޯޓުލީ ގޮތް "މަޖިލިސް ވޮޗް" އިން ބަލާލެވޭނެ

ތިލަދުންމަތީގެ މެންބަރު މަޖިލީހުގައި ވޯޓުލީ ގޮތް "މަޖިލިސް ވޮޗް" އިން ބަލާލެވޭނެ

ރައްޔިތުންގެ މަޖިލީހުން ނިންމި މުހިންމު ބިލްތަކަށް ތިލަދުންމަތީގެ މެންބަރު ވޯޓުދިންގޮތް ފަސޭހައިން ބަލާލެވޭނެ ގޮތް “ތިލަދުން” އިން މިވަނީ ޤާއިމްކޮށްފަ އެވެ. “މަޖިލިސް ވޮޗް”ގެ ނަމުގައި ތިލަދުންއިން މި ގެނެސްދޭ ސެގްމެންޓް އަކީ މެންބަރުންގެ މަޢުލޫމާތު ތަކާއި މެންބަރުންނާއި ގުޅޭ ޚަބަރުތަށް ހިމަނައިގެން ގެނެސްދޭ ބަޔެކެވެ. މި ބައިގައި ހިމަނާލެވިފައިވާނީ ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ހއ، ހދ، ށ އަތޮޅުގެ ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން އެކިއެކި ބިލްތަކާއި މައްސަލަތަކުގައި ވޯޓުދިން ގޮތުގެ ތަފްސީ...

ތިލަދުން
ތަކަންދޫގެ ތާރީޚް: މާރަންދޫ އަންހެނުންނަށް ހެދި 5 ރައިވަރު 📍 ހއ. މާރަންދޫ

ތަކަންދޫގެ ތާރީޚް: މާރަންދޫ އަންހެނުންނަށް ހެދި 5 ރައިވަރު

ކުޑައިރު މަންމަމެންނާއެކު ހަވީރު ސަޔަށް މާރަންދުއަށް ދާ ދިޔުމަކީ މާރަންދޫގެ އެންމެ ދުރު ހަނދާންތަކެވެ. ހަވީރު ގޮސް އިރުއޮއްސެން ވާއިރަށް އެނބުރި ރަށަށް އަންނާނެއެވެ. މިކަހަލަ ދަތުރުދަތުރަކީ ތަކަންދު އާއި މާރަންދޫ އަންހެނުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އިޖުތިމާޢީ ކަންކަމެވެ. އެއްރަށެއްގައި ޚާއްޞަކަމެއް އޮތިއްޔާ ނުވަތަ ކުޅިވަރެއް އެއްޗެއް ކުޅެންޏާ އަނެއް ރަށުމީހުން ނާންނާނޭކަމަށް ބަލައިގެން ތިބުމަކީ މޮޔަކަމެކެވެ. ގިނަ ފަހަރަށް މިކަހަލަ ކޮންމެ ކަމަކަށް އަނެއްމީހުނަށް އޮންނާނީ ސިއްރުގައި ވިޔަސް،...

އަޙްމަދު ސާލިމް
ކުލަބު ރެފިޔުޖީގެ ފަރާތުން ނެއްލައިދޫ ކައުންސިލަށް އެހީއެއް 📍 ހދ. ނެއްލައިދޫ

ކުލަބު ރެފިޔުޖީގެ ފަރާތުން ނެއްލައިދޫ ކައުންސިލަށް އެހީއެއް

ހދ. ނެއްލައިދޫ ކުލަބު ރެފިޔުޖީގެ ފަރާތުން 100 މާސްކް ނެއްލައިދޫ ކައުންސިލާއި ހަވާލު ކޮށްފި އެވެ. 100 މާސްކު ނެއްލައިދޫ ކައުންސިލް އާއި ހަވާލުކޮށްދެއްވީ ރޭ އެކައުންސިލްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ. ކުލަބުގެ ފަރާތުން ނެއްލައިދޫ ކައުންސިލްގެ ރައީސް އާއި މިތަކެތި ހަވާލުކޮށްދެއްވީ މުޙައްމަދު ހުސައިންއެވެ. މިތަކެތި ހަވާލުކޮށްދެއްވުމަށްފަހު އެކުލަބުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނި ކުރިމަތިވެފައިވާ ކޯވިޑް19 އިން ސަލާމަތްވުމަށް ނެއްލައިދޫގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުލަބު ރެ...

އިބްރާހިމް އަސްވާޤް
އިހަވަންދޫއިން ގޯތި ލިބުނު 200 ފަރާތުގެ ލިސްޓް އާއްމުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން ގޯތި ލިބުނު 200 ފަރާތުގެ ލިސްޓް އާއްމުކޮށްފި

ހއ. އިހަވަންދޫއިން ގޯތިލިބުނު ގޯތި ލިބުނު 200 ( ދުއިސައްތަ ) ފަރާތުގެ ލިސްޓް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން އާއްމުކޮށްފިއެވެ. އިހަވަންދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިލިސްޓް އެ އިދާރާގެ ނޯޓިސްބޯޑު ތަކުގައާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަން ހުންނާނެކަމަށެވެ. އެކައުންސިލުން ކުރި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ އެ އިދާރާގެ ނަމްބަރު (IUL)248-CAA/248/2019/90 ( 08 ސެޕްޓެމްބަރ 2019 ) ގެ އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. އިހަވަން...

އިބްރާހިމް އަސްވާޤް
ކޮމަންޑޫ ބަނދަރު އެއްގަމު ޖެޓީގެ ކޮންކްރީޓް މަސައްކަތް ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ބަނދަރު އެއްގަމު ޖެޓީގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ށ. ކޮމަންޑޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއްގަމު ތޮށި (އެއްގަމު ޖެޓީ) ގެ ކޮންކްރީޓް މަސައްކަތް، އެ މަޝްރޫޢާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ. ކޮމަންޑޫ ކައުންސިލުން ބުނީ އެރަށު ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއްގަމު ޖެޓީގެ ކޮންކްރީޓް މަސައްކަތް މިއަދު ފެށިފައިވާ ކަމަށެވެ. ކޮމަންޑޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު 12 މީޓަރުގެ ބޭރު ތޮށިޖެހުން 20 މީޓަރުގެ ރިވެޓްމެން...

ޝިއުނާ އާދަމް
ކަނޑައެޅިފައިވާ ގާނޫނުތަކުގައިވާ ހަމަތަކުގެ މަތިން ކަންކަން ނިންމެންޖެހޭނެ: ވަހީދު 📍 ހއ. ދިއްދޫ

ކަނޑައެޅިފައިވާ ގާނޫނުތަކުގައިވާ ހަމަތަކުގެ މަތިން ކަންކަން ނިންމެންޖެހޭނެ: ވަހީދު

ރާއްޖޭގައި ގާނޫނު އަސާސީއެއް ކަނޑައެޅިފައިވާ ކަމަށާއި އެހެންކަމުން ނިންމާ ނިންމުންތައް ނިމިގެންދާންޖެހޭނީ ގާނޫނު ތަކުގައިވާ ހަމަތަކުގެ މަތިންކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުﷲ ވަހީދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާނޫނުން އިންތިހާބު ބާއްވަންޖެހޭ މުއްދަތު ކަނޑައެޅިފައި އޮތް ކަމަށާއި ނ...

އަޙްމަދު ވަހީދު
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ: އެމްޓީސީސީ 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ: އެމްޓީސީސީ

ހޯރަފުށި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިއަހަރުގެ ސެޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. 83 އިންސައްތަ ނިމިފައިވާ ހޯރަފުށީ އެއާޕޯޓްގައި މިހާރު ކުރިއަށް ދަނީ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތެވެ. އަދި އެކަމށް ބޭނުންވާ އިތުރު ސާމާނު ގެނެމައުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކ...

އަޙްމަދު ވަހީދު
ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ހދ. އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކޮށްފިއެވެ. އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް ސަސްޕެންޑް ކުރީ 60 ދުވަހަށް ކަމަށެވެ. އޭނާ ސަސްޕެންޑް ކުރި ސަބަބެއްގޮތުގައި އެ ބަޔާނުގައި ބުނެފައި ވަނީ ފާޅުގައި ރިޝްވަތު ނަގާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިއަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސ...

ޔުމްނާ ޢަލީ
ޕާނަކަށް މަސްތުވާ ތަކެތި ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި 📍 ހދ. ފިނޭ

ޕާނަކަށް މަސްތުވާ ތަކެތި ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހދ. ފިނޭއިން 3 މީހަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަންއާއި ބެހޭ މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ 2 މީހުންކަމަށެވެ. އަދި މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އިއްޔެ އިރު އޮއްސުނު ވަގުތު ކުޅުދުއްފުށި ސިޓީއިން ފިނޭއަށް ދިޔަ މުދާ އުފުލާ ފެރީއަކުން ފިނޭއަށް މަސްތުވާތަކ...

އަލީ އާދިލް
ވައިކަރަދޫގެ ކަރާ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ވައިކަރަދޫގެ ކަރާ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ހދ. ވައިކަރަދޫގެ ކަރާ ދަނޑުތަކަށް ގެއްލުން ތަކެއް ދީފިއެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލުންތަށް ދީފައިވަނީ ވައިކަރަދޫގެ ފުރަތަމަ ކައުންސިލަރ އަޙަމަދު ހާޝިމް އަދި މިދައުރުގެ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ގެ ބައްޕަގެ ދަނޑަށެވެ. އެތައް ދުވަހެއްގެ މަސައްކަތް، އަނެއްކާވެސް އެއްރެއިން ކޮށާ ކުދިކުދި ކޮށްލައިފި ކޮށާ ކުދިކޮށްފައިވާ ކަރާތަކުގެ ފޮޓޯތައް ހިމަނުއްވާ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރުގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ވައިކަރަދޫ ކައުނ...

ޖަލްވާން ޖާދުﷲ
ހދ އަތޮޅު ރަށްރަށުގައި މާބަނޑު މީހުން ސްކޭން ކުރަން ފަށާނީ މިމަހުގެ 13 ގައި

ހދ އަތޮޅު ރަށްރަށުގައި މާބަނޑު މީހުން ސްކޭން ކުރަން ފަށާނީ މިމަހުގެ 13 ގައި

ހދ އަތޮޅުގެ ރައްޔިތުންނަށް ފުރަބަންދުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާތީ އަދި ފެރީ ދަތުރުތައް ފަށާފައިނުވާތީ ހުރިހާ ރަށަކަށް ގައިނިކޮލޮޖިސްޓުން ހިމެނޭ ގޮތަށް އައުޓްރީޗު ޕްރޮގުރާމެއް ފަށަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) އިން ތައްޔާރުވެއްޖެއެވެ. އައުޓްރީޗު ޕްރޮގުރާމު ފެށުމަށް ހަމަޖައްސާފައި މިހާރު ވާނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް “ތިދަލުން” އަށް މަޢުލޫމާތު ދެއްވަމުން ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ބުނެފައިވެއެވެ. ދާއޫދު އިތުރަށް ބުނެފައިވ...

އިބްރާހިމް އަސްވާޤް
ނާއިފާ ދޫކޮށްލި ފޮޓޯ ތަކުން ވައިކަރަދޫގެ ހިތްގައިމުކަން 

ނާއިފާ ދޫކޮށްލި ފޮޓޯ ތަކުން ވައިކަރަދޫގެ ހިތްގައިމުކަން 

ހދ. ވައިކަރަދޫއަކީ ގުދުރަތީ ގޮތުން ބޮޑު ރީތި ހިތްގައިމު ރަށެކެވެ. ރީތިކަނޑޫފަލެއްވެސް އޮންނަ މިރަށުގެ ރީތިކަން މިފަހަރު އާންމުންނަށް ފެނިގެން މިދިޔައީ އެރަށުގެ ޒުވާނެއްކަމަށްވާ ނާއިފާ މީސްމީޑީޔާއަށް ދޫކޮށްލި ފޮޓޯތަކުންނެވެ. ނާއިފާ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން އެ ރަށުގެ އަންހެން ކަބަލުންގެ މުރާލިކަމާއި މަސައްކަތް ތެރިކަން ފެނިގެންދެއެވެ. އެގޮތުން ރޯނުވެށުމަށް ތައްޔާރު ވުމަށްޓަކައި ބޮނބި ފާކުރުމަށް ބަހައްޓާ މަންޒަރު ފެންނަ ފޮޓޯއަކީ ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. ރޯނު، ރޯނަށް ވުމު...

އަޙްމަދު ވަހީދު
ކޭއާރއެޗްގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް

ކޭއާރއެޗްގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި އެމްޓީސީސީން ކުރަމުންއަންނަ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ 30 އެނދުގެ ވާރޑް އިމާރާތެއް އެޅުމާއި (ދެ ބުރިއަށް)، އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިޔަށް ދާ...

އިބްރާހިމް އަސްވާޤް