މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި ހުރި މީހަށް ކޭއާރުއެޗްގައި ފަރުވާ ދެނީ

ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި ހުރި މީހަށް ކޭއާރުއެޗްގައި ފަރުވާ ދެނީ

ހއ. އަތޮޅު ދޮނަކުޅީގައި ތަރައްޤީކޮށް ހިންގާ ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލީޓީގައި، ކަރަންޓީނުގައި ހުރި މީހަކު ނޭވަޔަށް އުނދަގޫވެ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާ ދެމުން އެބަދެއެވެ. ހދ. ވައިކަރަދޫއަށް ނިސްބަތްވާ 54 އަހަރުގެ އެ އަންހެން މީހާ ކޭއާރުއެޗަށް ގެންގޮސްފައި ވަނީ އިއްޔެރޭ ގެ ވަގުތެއްގައެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމުވަނީ ” ތިލަދުން ” އެކަން ކަށަވަރު ކޮށްދީފައެވެ. ނަސީމު ވިދާޅުވީ އެމީހާއަކީ މާލެއިން ވައިކަރަދުއަށް އަންނަން […]

އަލީ އިބްރާހިމް
އެމްޓީސީއިން ތަރައްޤީ ކުރަމުންދާ ކޮމަންޑޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް 📍 ށ. ކޮމަންޑޫ

އެމްޓީސީއިން ތަރައްޤީ ކުރަމުންދާ ކޮމަންޑޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް

ށ. ކޮމަންޑޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް، އެ މަޝްރޫޢާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ހަލުވިކަމާއިއެކު ކުރަމުން އެބަދެއެވެ. މިމަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ބަނދަރުގެ އެއްގަމު ތޮށްޓަށް ބޭނުންވާ ކީ-ވޯލް ބްލޮކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެމަސައްކަތުގެ 47 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ކޮމަނ...

ޔުމްނާ ޢަލީ
ދަނޑުވެރިންނަށް ލިބުނު ގެއްލުމުގެ އަގު ތިން ލައްކައަށް، އެއްވެސް ބަދަލެއް ނުލިބޭ: ވައިކަރަދޫ ކައުންސިލް 📍 ހދ. ވައިކަރަދޫ

ދަނޑުވެރިންނަށް ލިބުނު ގެއްލުމުގެ އަގު ތިން ލައްކައަށް، އެއްވެސް ބަދަލެއް ނުލިބޭ: ވައިކަރަދޫ ކައުންސިލް

މިދިޔަ މަހު  21 އަދި 22 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރި  މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫ ދަނޑުތަކަށް ލިބުނު ގެއްލުން ތިން ލައްކަ ރުފިޔާއަށް އަރާއިރު މިހާތަނަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ. “ތިލަދުން” އަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމު މައުލޫމާތު ދެމުން ބުނީ މިދިޔަ މަހު ކުރި ވިއްސާރައިގައި ދަނޑުވެރިންނަށް ލިބުނު ގެއްލުން ހޯދުމަށް ކުރެވުނު މަސައްކަތުގައި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމުގަ...

އަލީ އިބްރާހިމް
ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި 📍 ހއ. ދިއްދޫ

ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންއަންނަ ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރިސޯޓްތަކުން، އެތަންތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދިއްދޫ ކައުންސިލުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް -19 ގެ ބަލިމަޑު ކަމުގެ ސަބަބުން، ޢާއްމު...

އަލީ އާދިލް
އެސްއޯއީ ކޮމިޓީގައި އެމްޕީ ވަހީދު ބޭނުންވީ ހަނިމާދޫ އެއަރ ޕޯޓުގެ ތައްޔާރީތައް ހޯދުމަށް! 📍 ހދ. ހަނިމާދޫ

އެސްއޯއީ ކޮމިޓީގައި އެމްޕީ ވަހީދު ބޭނުންވީ ހަނިމާދޫ އެއަރ ޕޯޓުގެ ތައްޔާރީތައް ހޯދުމަށް!

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ފަރާތުން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތައް ފުރަބަންދަށްފަހު އަލުން ހުޅުވާލާއިރު އާ އާންމު ހާލަތަށް ތައްޔާރީވެފައިވާ މިންވަރު ބެލުމަށް އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު އިސްކުރެއްވީ ހަނިމާދޫ އެއާޕޯޓްއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ދެނެގަތުމަށެވެ. ކަމާބެހޭ ފަރާތްތަކުން ކޮމެޓިއަށް ހާޒިރުކޮށް އެކި އެކަމާއި ގުޅޭ ގޮތުން އެކި މެމްބަންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ވާހަކަތައް ދެކެވެމުން ދިޔައިރި މ...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީގައި ކޯވިޑް ޓެސްޓު ކުރެވޭނީ 2 ހަފްތާ ފަހުން: ދާއޫދު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ކޯވިޑް ޓެސްޓު ކުރެވޭނީ 2 ހަފްތާ ފަހުން: ދާއޫދު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި ކޯވިޑް ޓެސްޓު ކުރެވޭނީ 2 ހަފްތާ ފަހުންކަމަށް ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ބުނެފިއެވެ. ދާއޫދު މިހެން ބުނެފައިވަނީ ކޭއާރއެޗްގައި ކޯވިޑް ޓެސްޓު ކުރެވޭނީ ކޮންދުވަހަކުންތޯ ޒުވާނަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު އިއްޔެ ހަމަޖައްސައިފި ކަމަށް އެހޮސްޕިޓަލުން ބުނުމާއިގުޅިގެން ތިލަދުން...

ޔުމްނާ ޢަލީ
ނައިވާދޫ ޒުވާނުންގެ އިތުރު ހަދިޔާއެއް، ރަށު ބަނދަރުގައި ފަސޭހައިން މަސްކެނޑޭނެ ގޮތް ހަދައިދީފި 📍 ހދ. ނައިވާދޫ

ނައިވާދޫ ޒުވާނުންގެ އިތުރު ހަދިޔާއެއް، ރަށު ބަނދަރުގައި ފަސޭހައިން މަސްކެނޑޭނެ ގޮތް ހަދައިދީފި

ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން ދައްކައްކައި ދިނުމުގެ ސިލްސިލާއަށް މިފަހަރު އިތުރުވި ބޮޅަކީ ރަށުގެ ބަނދަރުގައި ތިބެގެން ފަސޭހަ ކަމާއިއެކު މަސްކެނޑޭނެ ގޮތް ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. ނައިވާދޫ ޒުވާނުން ވަނީ އެރަށުގެ ބަނދަރު އުތުރު ކަނުގައި މަސްކަނޑާ އަށްޓެއްހަދައި، މިރޭން ފެށިގެން އެ އަށި ރައްޔިތުންނަށް ބޭނުން ކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ. ނައިވާދޫ ބަނދަރަށް މަސްވިއްކަން އަންނަ ދޯނިފަހަރުން މަސްގަނެގެން މިހާރު ފަސޭހަ...

ޝިއުނާ އާދަމް
ދިއްދޫ ޒުވާނުން ނުކުމެ ހުއްޓުވި ބޯޅަދަނޑުގެ މަސައްކަތް އަލުން ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ޒުވާނުން ނުކުމެ ހުއްޓުވި ބޯޅަދަނޑުގެ މަސައްކަތް އަލުން ފަށައިފި

ހއ ދިއްދޫގައި ޒުވާނުންތަކެއް ނުކުމެ ހުއްޓުވި ދިއްދޫ ބޯޅަދަނޑުގެ ޓާފް ސަބްބޭސް  މަސައްކަތް އަލުން ފަށައިފިއެވެ. ހއ. ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދުު ހާސިމް ” ތިލަދުން ” އަށް ބުނީ ކަންބޮޑުވުން ހުރި ކަންތައްތައް  އިސްލާހުކޮށް މަސައްކަރް މިހާރު ފަށާފައިވާ ކަމަށާއި މި ކަމުގައި ޔޫތް މިނިސްޓަރާއި މަސްވަރާކޮށްފައި ވާކަމަށް އޭނާ ބުންޏެއެވެ. ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ޓާފްގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިއްދޫ ޒުވާނުން ނިކުމެ ދަނޑުގައި  ކުރަމުންދާ […]

އަލީ އިބްރާހިމް
އުތުރުގެ ފެރީ ދަތުރުތައް މާދަމާ އަލުން ފަށަނީ

އުތުރުގެ ފެރީ ދަތުރުތައް މާދަމާ އަލުން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން ހުއްޓާލާފައިއޮތް ހއ. އަދި އދ އަތޮޅުގެ ޒޯން 1ގެ ފެރީގެ ޚިދުމަތް މާދަމާ އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ. އުތުރުގެ ރަށްރަށުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ފަރާތުން ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގެ ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް މީހުންނާއި މުދާ (ލައިޓް ކާގޯ) އުފުލޭގޮތަށް ކުރިއަށް ދާނެކަމަށެވެ. މިވަގުތު ދަތުރު ކުރާނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ފެރީގެ ދެބައިކޮށް އެއްބައި ކެޕޭސިޓީއަށްކަމަށް ވާތީ ކައުންސިލްތަކުން މިކަމަށް އެހީތެރިވ...

އިބްރާހިމް އަސްވާޤް
ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި 📍 ހއ. ދިއްދޫ

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި

ހއ. އަތޮޅު ހޮސްޕިޓަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ސްޕޮންސަރ ކޮށްފި އެވެ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން މއިަދު ބުނެފައިވަނީ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދޭ ޖޫސް ޕެކެޓް ސްޕޮންސާރ ކުރިކަމުގެ ލިޔުން ހއ. އަތޮޅު ހޮސްޕިޓަލް އަށް ހަވާލުކޮށްފައިވާނެކަމަށެވެ. އެ ކުލަބުގެ ރައީސް ނަޝްވާން އިބްރާހިމް މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ލޭ ހަދިޔާ ކުރާ […]

އިބްރާހިމް އަސްވާޤް
ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލު، އެމްޕީ ވަހީދު ހޯއްދަވައިފި 📍 ހއ. ދިއްދޫ

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލު، އެމްޕީ ވަހީދު ހޯއްދަވައިފި

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫ ދާއިރާ ގެ މެންބަރ ޢަބްދުﷲ ވަޙީދު ހއ. ދިއްދޫގެ ބައެއް ޒުވާނުންގެ ޚިޔާލު ހޯއްދަވައިފިއެވެ. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމާ ބެހޭ ބިލާއި އެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫގެ ބައެއް ޒުވާނުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއެކު ރޭ އަބްދުﷲ ވަހީދުވަނީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ބައްދަލުކުއްރަވާފައެވެ. މި ބައްދަލު ކުރެއްވުމާއި ބެހޭގޮތުން ވަހީދު […]

އިބްރާހިމް އަސްވާޤް
ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި 📍 ހދ. ކުމުންދޫ

ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި

ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު އެއަތޮޅު ކުމުންދޫ މީހުން، އެމްއެންޑީއެފުގެ އެހީތެރިކަމާއިއެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފިއެވެ. އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން އަނބުރައި، ކުމުންދޫއަށް ނުދެވިފައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަމާއި އެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފައި ވާކަމަށެވެ. އެމީހުން ކުޅުދުއްފުށީ ސިޓީއ...

ޔުމްނާ ޢަލީ
މޫސުން ގޯސްވެ، މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ

މޫސުން ގޯސްވެ، މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި ކަމަށެވެ. މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 17:35 ހާއިރު ކަމަށާއި، އެވަގުތުން ފެށިގެން އެމްއެންޑީއެފް...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަކަމަށް ފުލުހުން ބުނެފިއެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 19:10 ހާއިރު ހިންގި މި އޮޕަ...

ޖަލްވާން ޖާދުﷲ
މޫސުން ގޯސްވެ ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުން ގޯސްވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 15:45 އިން ފެށިގެން މިރޭ 20:45 އާއި ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް […]

އިބްރާހިމް އަސްވާޤް