މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި 2021 ވަނަ އަހަރު ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކޮލެޖުން ބުނީ ޖުމްލަ 102 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލެވިފައިކަމަށެވެ. އެގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއ...

އިބްރާހިމް އަސްވާޤް
15 އަހަރަށް ފަހުގައި ކޭއާރުއެޗް އަށް އިންކިއުބޭޓަރެއް ލިބިއްޖެ

15 އަހަރަށް ފަހުގައި ކޭއާރުއެޗް އަށް އިންކިއުބޭޓަރެއް ލިބިއްޖެ

15 އަހަރަށް ފަހުގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އިންކިއުބޭޓަރެއް ލިބިއްޖެ އެވެ. ކޭއާރުއެޗް އިން ބުނީ، އެންއައިސީޔޫއަށް ގެނެވުނު ކުރިއެރުމުގެ ސަބަބުން ދުވަސް ނުފުރާ ވިހަން ޖެހޭ ހާލަތްތަކުގައި މާލެ ދާން ޖެހޭ ދިއުން މަދުވެ، އެފަދަ ކުދިންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ. އެހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ، ދުވަސް ނުފުރާ ވިހަން ޖެހުމުން ނުވަތަ ހޮސްޕިޓަލަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން ވިހަން ދާ މީހުންގެ ނިސްބަތް […]

އިބްރާހިމް އަސްވާޤް
ހޯރަފުށީ އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުށީގައި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓް ހުޅުވަން ރައީސް ހޯރަފުށީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ. ރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީކުރި ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންފައިވަނީ މިއަދު 13:00 ގަ އެވެ. ހޯރަފުށިން ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނެވެ. ރައީސްގެ މި ދަތުރުފުޅުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ، ވޭތުވެދިޔަ ނުވަ މަސް […]

ޔުމްނާ ޢަލީ
އެހާރުގެ ހުވަރަފުށި މިހާރުގެ ހޯރަފުށި - މުޅިރާއްޖެއިން މިސާލީ ރަށެއް 📍 ހއ. ހޯރަފުށި

އެހާރުގެ ހުވަރަފުށި މިހާރުގެ ހޯރަފުށި - މުޅިރާއްޖެއިން މިސާލީ ރަށެއް

ހޯރަފުށީގެ އަސްލު ނަމަކީ، ހޯރަފުށި ކަމަށްވެއެވެ. މިނަން ޢަރަބިބަހުން ކިޔެނީ ހުވަރަފުށި ކަމަށްވާތީ، ހުވަރަފުށި ރަސްމީ ނަމެއްގެ ގޮތުގައި ކަނޑައެޅިފަައި އޮތީ ކަމަށްވެއެވެ. މިއިން ދޭހަވަނީ ހޯރަފުށީގެ ޤަދީމީ ތާރީޚާއި ޢަރަބިންނާއި ގުޅުންހުރި ކަމެވެ. މިގޮތަށް 1980ގެ އަހަރުތަކާ ހަމަޔަށް ރަސްމީ ނަމަކީ ހުވަރަފުށި ކަމުގައިވިއެވެ. މީގެ 30 އަހަރުކުރން 1990 ފެށުނުއިރު ރަސްމީ ނަމަކީ ހޯރަފުށި ކަމަށް ސަރުކާރުން ހަމަޖެއްސެވިއެވެ. ހޯރަފުށްޓަކީ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ގޮތުން މުޅިރާއްޖެއަށް މަޝްހޫރު މަޤްބޫ...

ތިލަދުން
ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ

ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ

ހއ. ކެލާއިން ލިބެންހުރި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއްޓުވޭނެ ކަމަށް ކެލާދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެއެވެ. އިބްރޭ ވިދާޅުވީ ކެލާ ތުނޑީގައި ރިސޯޓެއް ނުހެދި ލަސްވާނަމަ ކެލާގެ ޓޫރިމް ތަރައްޤީވުން ލަސްވެގެންދާނެ ކަމަށާއި، ކެލާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ލަސްވެގެންދާނެ ކަމަށެވެ. އަދި ކެލާގައި ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއ...

ޝިއުނާ އާދަމް
ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު

ހދ.އަތޮޅު ކައުންސިލުން އިސްނަގައިގެން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ބަނދަރު ޒީނަތްތެރިކުރުމުގެ މަޤުޞަދުގައި އެ ރަށްރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަނދަރުގައި ހެދުމަށް ހިންގޭ ޕްރޮގްރާމްގެ ތެރެއިން އެ އަތޮޅު ނޮޅިވަރަމާއި ނޮޅިވަރަމްފަރުގެ ބަނދަރުގައި ހެދުމަށް ބޭނުންވާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު އެ ރަށްރަށުގެ ކައުންސިލުތަކުން ހުޅުވައިލައިފިއެވެ. މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން 18 ނޮވެމްބަރ 2020 ވީ ބުދަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒ...

އިބްރާހިމް ޚަލީލް
ކުމުންދޫއިން ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ 📍 ހދ. ކުމުންދޫ

ކުމުންދޫއިން ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ

ހދ. ކުމުންދޫއިން ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ އެވެ. ކުމުންދޫ ސިއްހީ މަރުކަޒުން ބުނެފައިވަނީ ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން (17 ނޮވެމްބަރު 2020) ވަނަ ދުވަހު ސާންޕަލް ނެގި ފަރާތެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މިޙައްމަދު ވިދާޅުވީ، އެމީހާ އަކީ ބަންގުލަދޭގެ ރައްޔިތެއް ކަމަށާއި އެމީހާ އަކީ އެރަށު މީހެއްގެ މުވައްޒިފެއް ކަމަށެވެ. އަދި އެމީހާ ރާއްޖެ އައިސްފައިވަނީ ހަނިމާދޫ މަގުން ކަމަށެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،35...

ޔުމްނާ ޢަލީ
ސާމީއަށް އެހީވުމަށް ފޯކައިދޫގައިވެސް ފަންޑުފޮށިތަކެއް ބަހައްޓަނީ 📍 ށ. ފޯކައިދޫ

ސާމީއަށް އެހީވުމަށް ފޯކައިދޫގައިވެސް ފަންޑުފޮށިތަކެއް ބަހައްޓަނީ

ށ. ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ފޯކައިދޫ ކައުންސިލުން، އެރަށުގެ ދެ މިސްކިތެއްގައި އަންނަ ހުކުރު ދުވަހު ފަންޑު ފޮށިތަކެއް ބަހެއްޓުމަށް ހަމަޖައްސައިފިއެވެ. ފޯކައިދޫ ކައުންސިލުން ބުނީ ފޯކައިދޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީތެރިވުމުގެ ގޮތުން ބެހެއްޓޭ ފަންޑު ފޮށިތައް އެރަށުގެ ދެ މިސްކިތް ކަމަށްވާ، މަސްޖިދުލް އީމާން އަދި މަސްޖިދުލް ތައުޙީދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފަންޑު ފޮށި ބެހެއްޓިފައި ހުންނާނީ އަންނަ ހުކުރު ދުވަހުގެ […]

މުޙައްމަދު އިނާން
ރަށްރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައެއް ނުވޭ، މަޝްރޫޢުތައް ގެންދަންވީ ހަމަހަމަ އުސޫލަކުން: ޝަހީމް

ރަށްރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައެއް ނުވޭ، މަޝްރޫޢުތައް ގެންދަންވީ ހަމަހަމަ އުސޫލަކުން: ޝަހީމް

ރަށްރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމަ ނުވާކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ގެންދަންވީ ހަމަހަމަ އުސޫލަކުން، ހުރިހާ ރަށެއް ވެސް، ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކިގެން ކަމަށް  ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ. މެންބަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ޝަހީމް ވިދާޅު...

އަޙްމަދު ވަހީދު
ލޮލުގައި އުފެދޭ މަސްކޮޅު ކެހުމުގެ ސާޖަރީއެއް، ފުރަތަމަ ފަހަރަށް ކޭއާރުއެޗްގައި ކޮށްފި

ލޮލުގައި އުފެދޭ މަސްކޮޅު ކެހުމުގެ ސާޖަރީއެއް، ފުރަތަމަ ފަހަރަށް ކޭއާރުއެޗްގައި ކޮށްފި

ލޮލުގައި އުފެދިފައިވާ މަސްކޮޅު ކެހުމުގެ ސާޖަރީއެއް، ފުރަތަމަ ފަހަރަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކޮށްފި އެވެ.   ކޭއާރުއެޗްއިން މިއަދުބުނީ އެހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓަށް އަލަށް ލިބުނު އާލާތްތަކާއެކު ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށް ފަހު، ލޮލުގެ އެހެން ސަރަހައްދަކުން ގުރާފްޓް ނަގައި ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވިފައިވާކަމަށެވެ. މިއީ ލޮލޮގެ މިފަދަ ސާޖަރީއެއް މި ހޮސްޕިޓަލުގައި ކުރެވުނު ފުރަތަމަ ފަހަރު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް...

އިބްރާހިމް އަސްވާޤް
ކުލަބް ޕޯލްސްޓަރ އިން ހއ އަތޮޅަށް ހުޅަވާލައިގެން އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވަނީ 📍 ހއ. އިހަވަންދޫ

ކުލަބް ޕޯލްސްޓަރ އިން ހއ އަތޮޅަށް ހުޅަވާލައިގެން އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވަނީ

ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ. އަތޮޅުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. “ކުލަބް ޕޯލްސްޓަރ އަންހެން ވޮލީ މުބާރާތް 2020” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހއ. އިހަވަންދޫގެ އެންމެހާ އަންހެން ކަނބަލުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއ...

އިބްރާހިމް ޚަލީލް
"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1 ވަނައަށް ނޭކުރެންދޫ ސްކޫލްގެ ވިޝާލް 📍 ހދ. ނޭކުރެންދޫ

"ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ" މުބާރާތުގެ 1 ވަނައަށް ނޭކުރެންދޫ ސްކޫލްގެ ވިޝާލް

މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ “ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ ކޮންޓެސްޓް” ގެ 1 ވަނައަށް ހޮވުނު 4 ދަރިވަރުންގެ ތެރޭގައި، ހދ. ނޭކުރެންދޫ ސްކޫލްގެ ޢުމުރުން 11 އަހަރުގެ މުޙައްމަދު ވިޝާލް ވަޖީހް ހިމެނިއްޖެއެވެ. މުޅިދުނިޔޭގެ ހުރިހާ ސްކޫލަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލި މި މުބާރާތަކީ ކަނޑޫފާ، ކުޅި އަދި ޗަސްބިންތަކާއި ގުޅޭގޮތ...

ޝިއުނާ އާދަމް
ހޯރަފުށީ އެއަރޕޯޓް ހުޅުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއަރޕޯޓް ހުޅުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި

ހއ. ހޯރަފުށީ އެއަރޕޯޓް ހުޅުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ. ހޯރަފުށީ ކައުންސިލުން ބުނީ މިއަދު އެއަރޕޯޓް ހުޅުވަން ތައްޔާރުވެފައިވާ ރަސްމިއްޔާތު ލަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މިރަސްމިއްޔާތު މާދަމާގެ ވަގުތެއްގައި ބޭއްވުމަށް މިއަދު މެންދުރު ވަނީ ނިންމަވާފަ އެވެ. ނަމަވެސް މާދަމާގެ މޫސުން ރަނގަޅުވާނެކަމަށް ނުފެންނާތީ އެއަރޕޯޓް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުކަމަށް ކައުންސިލުން ވ...

ޔުމްނާ ޢަލީ
ދިއްދޫގައި އަންނަ އަހަރު ޖޫނިއަރ ކޮލެޖެއް 📍 ހއ. ދިއްދޫ

ދިއްދޫގައި އަންނަ އަހަރު ޖޫނިއަރ ކޮލެޖެއް

ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ. މިގޮތުން ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވަނީ 320،000 ރުފިޔާ ހިމަނާފަ އެވެ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރަން ހިމަނާފައިވާއިރު، ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ގާއިމުކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް އަންނަ އަހަރަށް ލަފާކުރ...

ޝިއުނާ އާދަމް
ނޭކުރެންދޫގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ހަދާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ނޭކުރެންދޫއަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، އެ ރަށުގެ ބަނދަރު ސަރަޙައްދުގައި އެ ރަށުގެ ނަން ރަމުޒުކޮށްދޭ މޮނިއުމެއްޓެއް ހެދުމަށް ބޭނުންވާތީ އެ މޮނިއުމަންޓް ޑިޒައިން ކުރުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން ނޭކުރެންދޫ ކައުންސިލުން 16 ނޮވެމްބަރ 2020 ވީ ހޯމަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒައިން ކުރުމުގައި ބަލަން ޖެހޭނޭ ޝަރުތުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން ބޭނު...

އިބްރާހިމް ޚަލީލް