މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ސަޕޯޓް އެލަވަންސް ހޯދަން ހުރި ދަތިތައް ފިލުވައިދޭން އެދެފި

އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ސަޕޯޓް އެލަވަންސް ހޯދަން ހުރި ދަތިތައް ފިލުވައިދޭން އެދެފި

  ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނޭދެވޭ އަސަރުކުރި މީހުންނަށް ސަރުކާރުން ދެއްވާ އިންކަމް ސަޕޯޓް އެލަވަންސް ހޯދަން ހުށަހެޅުމުގައި ރަށްރަށުގައި ތިބި ބައެއްކަހަލަ އަމިއްލަ މަސައްކަތްކުރާ މީހުންނަށް ދިމާވެފައިވާ ދަތިގޮތް ލުއި ކޮށްދިނުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އެދިވަޑައިގެންފި އެވެ. ޝާހިދު މިގޮތަށް އެދި ވަޑައިގަތީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން [...

އަޙްމަދު ވަހީދު
ސަރުކާރުގެ ނާޅިން މިނާމިނުން ތަފާތުވުމަކީ ޒަމާނުއްސުރެ އޮންނަ މައްސަލައެއް: ޖަމްޝީދު

ސަރުކާރުގެ ނާޅިން މިނާމިނުން ތަފާތުވުމަކީ ޒަމާނުއްސުރެ އޮންނަ މައްސަލައެއް: ޖަމްޝީދު

ސަރުކާރުގެ ނާޅިން މިނާމިނުން ތަފާތުވުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ މައްސަލައެއް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ، ބަޖެޓް ބަހުސްގެ 3 ދުވަހުވެސް ފެނިވަޑައިގަތީ ދިވެހިރައްޔިތުންގެ އުއްމީދުތައް ހާސިލުކުރުމަށް ޓަކައި، މެންބަރުން ވަރަށް ރޫހުގައި ބަޖެޓުން ލިބެން އޮތް މިންވަރެއް ވީހާވެސް ބޮޑަކަށް ހޯދަން ވަކާލާތު ކުރެއްވިތަން ކަމަށެވެ. ”އެނގިވަޑައިގަނ...

އަލީ އާދިލް
ޕީއެސްއައިޕީގެ އެންމެ މަޝްރޫޢުއެއް ވެސް މަދުކުރާކަށް ތާއީދެއް ނުކުރަން: ޢަލީ  📍 ށ. މިލަންދޫ

ޕީއެސްއައިޕީގެ އެންމެ މަޝްރޫޢުއެއް ވެސް މަދުކުރާކަށް ތާއީދެއް ނުކުރަން: ޢަލީ 

ބަޖެޓް ކުޑަކުރުމުގެ ގޮތުންކަމަށްބުނެ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ރަށްރަށުގެ ތަރައްޤީއަށް ހިމަނާފައިހުރި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ އެންމެ ޕްރޮޖެކްޓެއް ވެސް މަދުކުރަން ތާއީދު ނުކުރަށްވާކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ. ޢަލީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ޢަލީ ވިދާޅުވ...

އަލީ އާދިލް
ނޭކުރެންދޫގައި ފަންނުވެރިން އުފައްދާ މަރުކަޒެއް ވުޖޫދަށް އަންނަންޖެހޭ: ރާޢީ

ނޭކުރެންދޫގައި ފަންނުވެރިން އުފައްދާ މަރުކަޒެއް ވުޖޫދަށް އަންނަންޖެހޭ: ރާޢީ

ހދ. ނޭކުރެންދޫގައި ގާއިމު ކުރަން ނިންމާފައި ވަނީ ޖަލެއް ނޫންކަމަށާއި، އެއީ މީހުން ބިނާކުރާތަނެއްކަމަށާއި އެހެންކަމުން އަންނަ އަހަރު އެރަށުގައި، ފަންނުވެރިން އުފައްދާ މަރުކަޒެއް ވުޖޫދަށް އަންނަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ރާޢީ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި...

ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅުން މާލެ ދިއުމަށް ކުރިމަތިވި ތަކުލީފަށް ހައްލު ހޯދީ އެންމެ 2 އަހަރުން: ސިއްޕެ

އިހަވަންދިއްޕޮޅުން މާލެ ދިއުމަށް ކުރިމަތިވި ތަކުލީފަށް ހައްލު ހޯދީ އެންމެ 2 އަހަރުން: ސިއްޕެ

ގައްލަންދޫ ކަނޑުގެ ބިޔަ ރާޅުތައް ހުރަސްކޮށް އިހަވަންދިއްޕޮޅުން މާލެ ދިއުމަށް ކުރިމަތިވި ތަކުލީފަށް މިވަނީ އެންމެ 2 އަހަރުން ހައްލު ހޯދައިދީފައިކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާޒް(ސިއްޕެ) ވިދާޅުވެއްޖެ އެވެ. އިއްޔެ ރަސްމީކޮން ހުޅުވިގެން ދިޔަ ހއ. ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ވީޑިއޯއެއް ހިއްސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ސީދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) ގެ ސަރ...

އަލީ އާދިލް
ފިއްލަދޫގެ ފިރިހެނުންނަށް ފުޓްސަލް އަދި ކަނބަލުންނަށް ހޭންޑް ބޯޅަ މުބާރާތެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫގެ ފިރިހެނުންނަށް ފުޓްސަލް އަދި ކަނބަލުންނަށް ހޭންޑް ބޯޅަ މުބާރާތެއް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ފިއްލަދޫގެ ފިރިހެނުންނަށް ފުޓްސަލް މުބާރާތަކާއި އަދި އެ ރަށުގެ ކަނބަލުންނަށް ހޭންޑް ބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައި އެ މުބާރާތްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 16 ނޮވެމްބަރ 2020 ވީ ހޯމަ ދުވަހު ހުޅުވައިލާފައިވާއިރު، މި މުބާރާތުގައި ބައިވެރި ވެވޭނޭ އެންމެ ފަހުގެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 އެވެ. […]

އިބްރާހިމް ޚަލީލް
މިއަދު އެހީތެރިވާންވީ އެންމެ ދަތި ހާލުގައި ތިބި މީހުންނަށް: ވަހީދު

މިއަދު އެހީތެރިވާންވީ އެންމެ ދަތި ހާލުގައި ތިބި މީހުންނަށް: ވަހީދު

ކޯވިޑްގެ ދަތިވަގުތުގައިވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިއަދު އެހީތެރިވާންވީ އެންމެ ދަތި ހާލުގައި ތިބި މީހުންނަށް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެ އެވެ. ވަޙީދުު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ވަޙީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ހިނަވާގޭ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހިނަވާގޭ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލުގެ އިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް އެ ރަށުގެ ހިނަވާގޭ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން މިކަމާއި ގުޅިގެން 15 ނޮވެމްބަރ 2020 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދިލައްވާކަމަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 16 ނޮވެމްބަރ 2020 (ހޯމަ) ދުވަހުން ފެށިގެން 25 ނ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން ދެ މީހަކު މަޖިލީހަށް އިންތިޚާބު ކުރީ އުއްމީދުތަކަކާއި އެކީގައި: ޔާސިރު

ކުޅުދުއްފުށިން ދެ މީހަކު މަޖިލީހަށް އިންތިޚާބު ކުރީ އުއްމީދުތަކަކާއި އެކީގައި: ޔާސިރު

ކުޅުދުއްފުށީ ރައްޔިތުން އެރަށުގެ ދެ މީހަކު، ރައްޔިތުންގެ މަޖިލިސްގެ އެރަށުގެ ދެ ދާއިރާ ތަމްސީލްކުރަން އިންތިޚާބުކޮށް، ފޮނުވީ އެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދު ތަކަކާއި އެކުގައި ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސީރު އަބުދުއްލަޠީފް ވިދާޅުވެއްޖެ އެވެ. ޔާސިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ޔާސިރު ވިދާޅުވީ ކުޅުދުއްފުށިން، […]

އަލީ އާދިލް
ހޯރަފުށީ އެއާޕޯޓު: އިހަވަންދިއްޕޮޅަށް އައު ދިރުމެއް 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓު: އިހަވަންދިއްޕޮޅަށް އައު ދިރުމެއް

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް މިއަދު ހުޅުވިގެން ދިޔައިރު، މި އެއާޕޯޓު ވެގެން ދާނީ އިހަވަންދިއްޕޮޅަށް އައު ދިރުމެއް ގެނުވާނޭ އެއާ ޕޯޓަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައެވެ. އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް އެ ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާކަމަށް ވުމީ، އެ ރައްޔިތުންނަށް ލިބުނު އިތުރު ފަޚުރަކާއި ޝަރަފެކެވެ. މިއަދު ހޯރަފުށީގައި ހުޅުވިގެންދިޔަ އެއާޕޯޓުގަ...

ޙުސައިން ޝަހުދީ
މަކުނުދޫއަށް ވައިގެ މަގުން ދަތުރު ކުރެވޭގޮތް ވުމަކީ ވަރަށް ބޮޑު އުންމީދެއް: ރާޢީ

މަކުނުދޫއަށް ވައިގެ މަގުން ދަތުރު ކުރެވޭގޮތް ވުމަކީ ވަރަށް ބޮޑު އުންމީދެއް: ރާޢީ

ހދ. މަކުނުދޫއަށް ވައިގެމަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އޭނާއާއި، މަކުނުދޫ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުންމީދެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ރާޢީ ވިދާޅުވީ މަކުނުދޫއަކީ ރިމޯޓް އައިލެންޑެއް ކަމަށާއި، މަކުނުދޫއަށް ވައިގެ މަގުން ދެވޭނެ ގޮތެއް […]

ޔުމްނާ ޢަލީ
އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެ: އައިޝަތު ނަހުލާ

އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެ: އައިޝަތު ނަހުލާ

ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ހއ. ހޯރަފުށި އެއަރޕޯޓު ހުޅުވުމަށްޓަކައި މިއަދު ނަހުލާގެ އުފަން ރަށުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ހޯރަފުއްޓާއި އަދި މި ސަރަހައްދުގެ އެންމެހާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔައީ އަތޮޅުތައް ތަރައްގީ ކުރުމަށް ރައިސް ސޯލިހު ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށެވެ. ބޮޑު ތިލަދުންމައްޗައް މި ލިބުނު ތަރައްގީގެ މަންފ...

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓަކީ އިވަންދިއްޕޮޅުގެ ތަރައްގީގެ ފެށުން: ރައީސް ޞާލިޙް

ހޯރަފުށީ އެއާޕޯޓަކީ އިވަންދިއްޕޮޅުގެ ތަރައްގީގެ ފެށުން: ރައީސް ޞާލިޙް

ހއ. ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ ހޯރަފުށީ އެއާޕޯޓަކީ ލާމަރުކަޒުކުރަން ސަރުކާރުން އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި އެއާޕޯޓާއެކު ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެންދާނެ ކަމަށެވެ. އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދިޔައިރު އެ މަސައްކަތް ހަވާލުކުރި...

ޝިއުނާ އާދަމް
ނޭކުރެންދޫ އާއި ނާވާއިދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި 📍 ހދ. ނައިވާދޫ

ނޭކުރެންދޫ އާއި ނާވާއިދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ނާވާއިދޫ ސްކޫލާއި ހދ. ނޭކުރެންދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އަދި މަސައްކަތް ހަވާލު ކުރި ޓްރައިކޯ އިންވެސްޓްމަންޓުން ޑިރެކްޓަރު އަލީ ނިޒާމް ސޮއި ކުރެއްވި އެވެ. މިރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ އާއި ހަނިމާދޫ ދާއިރާގެ […]

ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅަށް އައު ފެށުމެއް، ހޯރަފުށީ އެއާޕޯޓް ހުޅުވައިފި 📍 ހއ. ހޯރަފުށި

އިހަވަންދިއްޕޮޅަށް އައު ފެށުމެއް، ހޯރަފުށީ އެއާޕޯޓް ހުޅުވައިފި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއަދު އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ އިތުރުން، ހޯރަފުށީ ދާއިރާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރަށްވާ މެންބަރު، އަޙްމަދު ސަލީމާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސްމެންބަރުންގެ އިތުރުން ސަރުކާރާއި އާންމު ރައްޔިތުންގެ ތެރެއިން...

ޝިއުނާ އާދަމް