މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ނޮޅިވަރަމް އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ސްޓެއިންއަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ސްޓެއިންއަށް

ހދ. ނޮޅިވަރަމުގައި އުފެދިފައިވާ ޒުވާން ޓީމެއް ކަމުގައިވާ “މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)” ޓީމުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް  އަމާޒުކޮށްގެން ބޭއްވި “އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓް 2020”  ޗެމްޕިއަންކަން ސްޓެއިން ޓީމުން ހޯދައިފިއެވެ. 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު ޓީމް ސްޓެއިން ކާމިޔާބު ކޮށްފައިވަނީ، ފައިނަލް މެޗުގައި ކަންމަތި ޓީމާއި ބައްދަލުކޮށް 6-2 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކިއެކި މަޤާމްތަކަށް ހޮވުނު […]

އިބްރާހިމް ޚަލީލް
"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ތަށި އުންމީދު އަދި ޓީމް ލެޖެންޑެސްއަށް 📍 ހދ. ހަނިމާދޫ

"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ތަށި އުންމީދު އަދި ޓީމް ލެޖެންޑެސްއަށް

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އުންމީދު އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ލެޖެންޑްސް ހޯދައިފިއެވެ. 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައިވާއިރު، މި މުބާރާތުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އުންމީދުން ހޯދާފައިވަނީ، ފައިނަލް މެޗުގައި ޓީމް ވައިކާންޓްވީ ގެ މައްޗަށް ސީދާ ތިންސެޓުން ކުރި ހޯދައިގ...

އިބްރާހިމް ޚަލީލް
ށ. އަތޮޅުގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (5)

ށ. އަތޮޅުގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (5)

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅ...

ތިލަދުން
ހއ. އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފި

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ވޭތުވެދިޔަ 11 މަސްދުވަހުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފިއެވެ. އެ ހޮސްޕިޓަލުގައި ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި 128 މުއައްޒަފުން މަސައްކަތް ކޮށްފަވެއެވެ. އޭގެ ތެރޭގައި 15 މެޑިކަލް ޑޮކްޓަރުންނާއި 32 ނަރުހުން ހިމެނެއެވެ. ވޭތިވެދިޔަ 11 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން އައުޓް ޕޭޝަންޓުންގެ ގޮތުގައި 28214 ބަލިމީހުން ވަނީ ޚިދުމަތް ހޯދާފައެވެ. ލެބޯޓްރީގެ ޚިދުމަތް 94969 މީހުން ހޯދާފައިވާ އިރު އެކްސް-ރޭ ނަގާފައިވަނީ 2864 ބަލިމީހުންނެވެ. އަދި ބަނޑުގައިވާ...

މުޙައްމަދު މާއިލް ހަސަން
ކެލާ މަސްމާރުކޭޓް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ މަސްމާރުކޭޓް އަޅައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގެ ފަރާތުން އެ ރަށުގައި އެޅުމަން ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް އެ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. ކެލާގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހު 10:00 އަށް އެ ކައުންސިލަށް ވަޑައިގަނެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެ މަހުގެ 15 ވަނަ ދުވަހުގެ 13:00 އަށް އ...

އިބްރާހިމް ޚަލީލް
ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި 📍 ށ. ފުނަދޫ

ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ފުނަދޫ ހޮސްޕިޓަލުން މިއަދު ވަނީ ރަސްމީކޮށް އެ ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތްފަށައި، އެތެރެހަށީގެ ޑަކްޓަރެއް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފެއްޓެވިކަން ހާމަކުރަށްވާފައެވެ. ފުނަދޫ ހޮސްޕިޓަލްގައި އަލަށް މިފެށުނު ޚިދުމަތާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުން” އަށ...

ޝިއުނާ އާދަމް
"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" އުންމީދު، ވައިކާންޓްވީ، ބްލޮކް އަދި ލެޖެންޑްސް ފައިނަލަށް

"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" އުންމީދު، ވައިކާންޓްވީ، ބްލޮކް އަދި ލެޖެންޑްސް ފައިނަލަށް

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލަށް ޓީމް އުންމީދާއި ވައިކާންޓްވީ އަދި ފިރިހެން ކެޓަގަރީގެ ފައިނަލަށް ޓީމް ލެޖެންޑްސްއާއި ޓީމް ބްލޮކް ދަތުރު ކޮށްފިއެވެ. 25 ނޮވެމްބަރ 2020 ވީ ބުދަ ދުވަހު މި މުބާރާތުގެ ސެމީފައިނަލު މެޗުތައް ކުޅެ ނިމިފައިވާއިރު، މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލަށް ޓީމް ލެޖެންޑްސް ދަތުރު ކޮށްފައިވަނީ ޓީމް ބުނެލާނެ ގެ މައްޗަށް، ތިންސެޓް […]

އިބްރާހިމް ޚަލީލް
އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި

އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި

އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި އެވެ. މިއަދު ފަނޑިޔާރުން އައްޔަންކޮށްފައިވާ އުތުރުގެ މެޖިސްޓްރޭޓް ކޯޓްތަކަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މީގެ އިތުރުންވެސް 6 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް ވަނީ މެޖިސްޓްރޭޓުން އައްޔަނު ކޮށްފަ އެވެ. އެއީ ގދ. ތިނަދޫ، ރ. މަޑުއްވަރި އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ބުނެފައިވަނީ، މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢ...

ޔުމްނާ ޢަލީ
ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފި 📍 ށ. ފޭދޫ

ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. އަތޮޅު ފުނަދޫއާއި މާއުނގޫދޫ އަދި ފޭދޫގައި ކަމަށެވެ. އެގޮތުން ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް އެރަށުގައި މަސްތު...

ޔުމްނާ ޢަލީ
ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ 📍 ށ. މިލަންދޫ

ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޅިވަރުގެ ކަންކަން ރާވާ ހިންގައި، ކުޅިވަރަށް ޚިދުމަތްކުރާ ވަކި މުއައްސަސާއެއް ހުންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދިޔަ މަޖިލިސްގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ސަރުކާރުތަކުން ބައިވަރު ދަނޑުތަކާއި، އެކިއެކި ތަފާ...

އަލީ އާދިލް
ކޭއާރުއެޗްގައި ވާހަކަ ދެއްކުމާއި ބަހުރުވައިގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް

ކޭއާރުއެޗްގައި ވާހަކަ ދެއްކުމާއި ބަހުރުވައިގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން، ވާހަކަ ދެއްކުމާއި ބަހުރުވައިގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. ކޭއާރުއެޗުން ބުނީ މި ކޭމްޕަކީ، އެ ހޮސްޕިޓަލްގެ ސްޕީޗް ތެރަޕީ ޑިޕަރޓްމަންޓްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. މިފެށޭ ޑިސެމްބަރު މަހުގެ 6 އިން 12 އަށް އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މިކޭމްޕް އަމާޒު ކުރެވިފައި ވަނީ 3 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަމަށް ވެސް ކޭއާރުއެޗްއިން ބުންޏެވެ. މ...

ޝިއުނާ އާދަމް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ށ. ފޭދޫ ސަޢީދު ޙަސަން ހޯދަނީ 📍 ށ. ފޭދޫ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ށ. ފޭދޫ ސަޢީދު ޙަސަން ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ށ. ފޭދޫ، ޗޭނުގެ، ސަޢީދު ޙަސަން ހޯދަން ފުލުހުން ޢިއުލާން ކޮށްފިއެވެ، ފުލުހުން ވިދާޅުވީ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަށްވަމުންދާ ކަމަށެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ށ. ފޭދޫ، ޗޭނުގެ، ޢުމުރުން 47 އަހަރުގެ ސަޢީދު...

ޝިއުނާ އާދަމް
ކުރިމަގުގައި އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އާއި ހދ. އަތޮޅު: ދޮންބިލެތް  

ކުރިމަގުގައި އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އާއި ހދ. އަތޮޅު: ދޮންބިލެތް  

ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އަތޮޅާއި، އާއި ހދ. އަތޮޅު ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ. ދޮންބިލެއް އަޙްމަދު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ”ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު”އަށް އިޞްލާޙު ގެނައުމުގެ ބިލު...

އަލީ އާދިލް
ދެކުނަށް ''ދެ ސިޓީ'' ލިބޭނަމަ، އުތުރަށް މިލިބެނީ ''ބޭސް ސިޓީ''އެއް: މޮސްޓާ

ދެކުނަށް ''ދެ ސިޓީ'' ލިބޭނަމަ، އުތުރަށް މިލިބެނީ ''ބޭސް ސިޓީ''އެއް: މޮސްޓާ

ރާއްޖޭގެ އުތުރަށް އަބަދުވެސް ތަފާތު ކުރާތަން ފެންނަ ކަމަށާއި، ދެކުނަށް ދެ ސިޓީ ލިބޭނަމަ އުތުރަށް ލިބެނީ ބޭސް ސިޓީއެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ ނުރުހުން ފާޅުކުރަށްވާ މި މޭރުމުން ވާހަކަ ދެއްކެވީ އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ”ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު”އަށް އިޞްލާ...

އަލީ އާދިލް
ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި 📍 ހއ. ވަށަފަރު

ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

ހއ. ވަށަފަރުގެ ގެސްޓު ހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް ހުއްދަ ލިބުން ލަސްވެގެން ދާތީ އެރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަށަފަރުގައި ހިންގާ 4 ޓޫރިސްޓް ގެސްޓް ހައުސްގެ ފަރާތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ގެސްޓް ހައުސްތަކުން ވަނީ އެކަން ”ތިލަދުން”އަށް ހިއްސާކޮށްފައެވެ. ވަށަފަރުގައި ހިންގާ ހަތަރު ގެސްޓް ހައުސްވެސް ސަރުކާރުން ގެސްޓް ހައުސްތައް ހުޅުވާލަން ފުރަތަމަ ހުއްދަދިން އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ބޭނުންވެ، އެ ގެސް...

ޔުމްނާ ޢަލީ