މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 40 އިންސައްތަ މަސައްކަށް ނިންމާލެވިފައިވާ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެއެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ފުންކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކޮށް ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގ...

އިބްރާހިމް ޚަލީލް
ނަރުދޫ ފެނަކަ މުވައްޒަފުން: އިޖުތިމާއީ ކަންކަމުގައި ވެސް ނަމޫނާއެއް 📍 ށ. ނަރުދޫ

ނަރުދޫ ފެނަކަ މުވައްޒަފުން: އިޖުތިމާއީ ކަންކަމުގައި ވެސް ނަމޫނާއެއް

ށ. ނަރުދޫ ފެނަކަ ބްރާންޗް މުވައްޒަފުން ވެގެން ގޮސްފައި މި ވަނީ، އެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ އިތުރުން އެ ރަށުގައި އިޖުތިމާއީ ގޮތުން ވެސް ހަރަކާތްތެރި ވަމުންއަންނަ ނަމޫނާ މުވައްޒަފުން ތަކަކަށެވެ. މިގޮތުން އެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން އިއްޔެ ވަނީ ނަރުދޫގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގާފައެވެ. މި ހަރަކާތް ހިންގާފައި ވަނީ ރަށުގެ އެހެން މުއައްސަސާތަށާއި، ރައްޔިތުންނަށް ވެސް ދަޢުވަތުދީ، އެފަރާތްތަކާއި ވެސް ގުޅިގެންނެވެ. 2021: ނަރުދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ނަރުދޫ […...

ޙުސައިން ޝަހުދީ
ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ޕެޓިޝަނެއް! 📍 ހއ. ދިއްދޫ

ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ޕެޓިޝަނެއް!

ހއ. ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓީޝަން ހުށަހެޅުމުގައި އިސްކޮން ހަރަކާތްތެރިވިފަރާތްތަކުން “ތިލަދުން” އާއި މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މި ޕެޓިޝަންގައި ރައްޔިތުންގެ ފަރާތުން 409 މީހަކު ސޮއި ކޮށްފައިވާކަމަށެވެ. އެފަރާތުން އިތުރަށް މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، އެރަށުގައި އަލަށް އިމާރާތް ކުރަމުން އަންނަ އިންޖީނުގޭގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުންގެ ނިންމު...

ތިލަދުން
މަރޮށިން މީދާ މަދުކުރުމަށް ގޭގެއަށާއި ހޭޅިފަށަށް "މީދާބޭސް" ލަނީ 📍 ށ. މަރޮށި

މަރޮށިން މީދާ މަދުކުރުމަށް ގޭގެއަށާއި ހޭޅިފަށަށް "މީދާބޭސް" ލަނީ

ށ. މަރޮށީގައި މީދާ ގިނަވެ، މީދަލުގެ ސަބަބުން ރައްޔިތުންނަށް އުދަގޫ ވަމުންދާކަމުގެ ސަކުވާ ބޮޑުވުމާއި ގުޅިގެން ގޭގެއަށާއި ހޭޅިފަށަށް “މީދާބޭސް” ލުމުގެ ހަރަކަތެެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށް މަރޮށީ ކައުންސިލްގެ އިދާރާއިން ބުނެފި އެވެ. އެއިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ގޭގެއަށާއި ހޭޅިފަށަށް “މީދާބޭސް” ލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ހަވީރު ކަމަށެވެ. އެކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ “މީދާބޭހަކީ” ވަރަށް ބޮޑު ވިހައަކަށް ވާތީ، ރައްޔިތުން މިކަމަ...

އިބްރާހިމް އަސްވާޤް
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދުވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހަ...

ޔުމްނާ ޢަލީ
ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި 📍 ށ. ފުނަދޫ

ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް ފޮރެންސިކްސް އާގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ. މި ޝެޝަން ކުރިއަށް ގެންގޮސްފައިވަނީ ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ. ފުނަދޫ ސްކޫލުގައި ރޭ ކުރިއަށް ގެންދިޔަ މި ސެޝަނަކީ އެސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން ކިޔަވަމުންދާ “ބައެލޮޖީ” މާއްދާގައި ހިިމެނޭ ފޮރެންސިކް ބައިގެ ތެރެއިން ދަރިވަރުންނަށް އިތުރު މަޢުލޫމާތު ހޯދައިދިނުމާއި، ފޮރެންސިކްސް އާ ގުޅޭގޮތުން ނޭނގޭ އެކިއ...

ޔުމްނާ ޢަލީ
މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ. ދިއްދޫގައި ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ. މިގޮތުން އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިއްދޫގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ކްލަބުން ބުނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއަދުން ފެށިގެން މިފެށޭ ފެބްރުއަރީ މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ ރޭ 21:0...

ޙުސައިން ޝަހުދީ
މާދަމާ ކޭއާރުއެޗްގައި ވެކްސިން ދޭންފަށަނީ

މާދަމާ ކޭއާރުއެޗްގައި ވެކްސިން ދޭންފަށަނީ

މާދަމާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކޯވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ. ކޭއާރުއެޗްގެ މެނޭޖަރ އަޙްމަދު ދާއޫދު “ތިލަދުން” އަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ވެކްސިން މިއަދުގެ ވަގުތެއްގައި އެހޮސްޕިޓަލަށް ގެނެވިފައިވާކަމަށެވެ. ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހޮސްޕިޓަލުގެ ސްޓާފުންނަށް އަޙްމަދު ދާއޫދު ވިދާޅުވި އެވެ. ވެކްސިން ދިނުމާއި ގުޅޭގޮތުން އެހޮސްޕިޓަލުގައި އިއްޔެވަނީ އޮންލ...

އިބްރާހިމް އަސްވާޤް
ފުނަދޫގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ 📍 ށ. ފުނަދޫ

ފުނަދޫގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ށ. ފުނަދޫ އިޖްތިމާއީ މަރުކަޒު ގުޅިގެން، ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފެހުމާއި ކޭކު އަޅަން ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސްތައް 15 ފެބްރުއަރީ 2021 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފެހުމުގެ ސެޓްފިކެޓް ލެވެލް އެކެއް އަދި ދެއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކުގައި އެއް ގޮތަކަށް ފަހަން ނޭނގޭ ފަރާތްތަކަށް ވެ...

އިބްރާހިމް ޚަލީލް
އެމްޓީސީސީން ބިލެތްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި 📍 ށ. ބިލެތްފަހި

އެމްޓީސީސީން ބިލެތްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ށ. ބިލެތްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އިއްޔެ ފަށައިފިއެވެ. އެ ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރ ބޭރު ތޮށި ހެދުމާއި، 98 މީޓަރ އެއްގަމު ތޮށި ހެދުމާއި އަދި 05 މޫރިން ބުލޮކް ލުމާއި، އަދި 11 ބަނދަރު ބައްތި ހަރުކޮށް، 2 ނެރުބައްތި ހަރުކުރާނެއެވެ. މީގެއިތުރުން 1150 ސްކެއަރ މީޓަރ […]

އަޙްމަދު ވަހީދު
ދިއްދޫގައި ދުވަސްވެ ހަލާކުވެފައި ހުރި ގިނަ ޢަދަދެއްގެ މުސްޙަފްތައް ނައްތާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ދުވަސްވެ ހަލާކުވެފައި ހުރި ގިނަ ޢަދަދެއްގެ މުސްޙަފްތައް ނައްތާލައިފި

ހއ. ދިއްދޫގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލުމަށް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ހިންގި ޕްރޮގްރާމްގެ ދަށުން އެއްކުރި މުސްޙަފްތައް މިއަދު ނައްތާލައިފިއެވެ. މިޑްލް ސްޕޯޓްސް ކްލަބުން ބުނީ އެ ކްލަބުން ހިންގި، އެ ރަށުގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލު ޕްރޮގްރާމްގެ ދަށުން އެއްކުރި މުސްޙަފްތައް މިއަދު ނައްތާލާފައި ވާކަމަށެވެ. އަދި މުސްޙަފްތައް ހިމެނޭހެން ގުރުއާންގެ އާޔަތްތައް ލިޔެފައިވާ އެކިއެކި ފޮތްތައް...

ޙުސައިން ޝަހުދީ
"ވައި ރޮދިން" އިސްނަގައިގެން ވައިކަރަދޫ އަތިރިމަތި ސާފުކޮށްފި 📍 ހދ. ވައިކަރަދޫ

"ވައި ރޮދިން" އިސްނަގައިގެން ވައިކަރަދޫ އަތިރިމަތި ސާފުކޮށްފި

ހދ. ވައިކަރަދޫގައި މޫދު ކުޅިވަރުގެ ހަރަކާތްތައް ހިންގާ (ވައި ރޮދިން) ޓީމު ގެ އިސްނެގުމާއެކު އެރަށުގެ އުތުރު ފަރާތު ގޮނޑުދޮށް އަދި އަތިރިމަތި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. މި ހަރަކާތާއި  ބޭހޭ އިތުރު މައުލޫމާތު ދެމުން މިހަރަކާތުގައިި އިސްކޮށް ހަރަކަތްތެރިވި ފަރާތެއްކަމުގައިވާ މުޙައްމަދު އަޒީމް ބުނެފައިވަނީ މި ހަރަކާތަކީ ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެން ގޮސްފައިވަނީ ރަށުގެ ކުދި ބޮޑު އެންމެނަށް ވެސް ހުޅުވާލައިގެންކަމަ...

ޖަލްވާން ޖާދުﷲ
ކެލާއަށް ޗައިނާގެ ހަދިޔާއެއް 📍 ހއ. ކެލާ

ކެލާއަށް ޗައިނާގެ ހަދިޔާއެއް

ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފިއެވެ. މި ފަތާ ޓްރެކަކީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް، 2019 ވަނަ އަހަރުގެ ތެރޭގައި ހއ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކެލާއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ޒުވާނުން، އެރަށުގައި ފަތާޓްރެކެއް ހެދުމަށް އެހީތެރިކަމަށް އެދުމުން ހަދިޔާ ކުރެއްވި ފަތާ ޓްރެކެކެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ”ތިލަދުން” ވިދާޅުވީ މިއަދު އެ ޓްރެކް އެރަށަށް ލިބިފައިވާ ކަމަށެވެ...

ޙުސައިން ޝަހުދީ
ހަނިމާދޫއަށް ހިތްފަސޭހަކަން، ޒަމާންވީ ބޮޑެތި ނިކަގަސްތަކުން! 📍 ހދ. ހަނިމާދޫ

ހަނިމާދޫއަށް ހިތްފަސޭހަކަން، ޒަމާންވީ ބޮޑެތި ނިކަގަސްތަކުން!

ހަނިމާދޫއަކީ ނިކަގަހުގެ އާބާދީ ބޮޑު ރަށެކެވެ. އަތިރިމަތީ ސަރަހައްދާއި، ވަލުތެރެއާއި، އެއާރޕޯޓް ސަރަހައްދުގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ ބޮޑެތި ނިކަގަސްތައް ހެދިފައި ހުރެއެވެ. އެގަސްތަކަކީ ހަނިމާދޫގެ ގިނަ ބަޔަކަށް ހިތްފަސޭހަކަން ގެނުވާ ގަސްތަކެކެވެ. މި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. ވުމާއިއެކު މި ގަސްތަކުގެ އުމުރު އަންދާޒާ ކޮށްލުމަށް ދުވަސްވީ ބައެއް މީހުންނާއި ސުވާލުކޮށްލީމެވެ. “މި ބިޔަ ބޮޑެތި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވޭ، މި...

އިބްރާހިމް ޚަލީލް
ކުމުންދޫ "ކިނާރާ ފަންނު" ގައި ރޯކޮށްލައި ގެއްލުން ދީފި 📍 ހދ. ކުމުންދޫ

ކުމުންދޫ "ކިނާރާ ފަންނު" ގައި ރޯކޮށްލައި ގެއްލުން ދީފި

ހދ. ކުމުންދޫގަައި އެންމެފަހުން ތަރައްޤީކުރި “ކިނާރާ ފަންނު” ގައި ރޯކޮށްލައި ގެއްލުން ދީފި އެވެ. ކުމުންދޫ ކައުންސިލުން މިކަމާއި ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހެދިފައިވާ މައިޒާންތަކަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ހެދިފައިވާ ތަންތަންކަމަށާއި މިތަންތަނަށް ލިބޭ ގެއްލުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއްކަމަށެވެ. ރޭގައި ކިނާރާ ފަންނު އަށް ބަޔަކު ދީފައިވާ ގެއްލުމަކީ ވަރަށް ނާތަހުޒީބު އަމަލެއް، މިފަދަ އަމަލު ތަކުން އަޅުގަނޑުމެން ރައްޔިތުން ދުރުވާންޖެހޭ ގެއްލުންދީފައިވާ މަންޒަރުތައް ފެން...

އިބްރާހިމް އަސްވާޤް