މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މި މަހު 20 ގައި ފަށަނީ 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މި މަހު 20 ގައި ފަށަނީ

ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” ފެށުމަށް ތައްޔާރުވެއްޖެއެވެ. ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފިއެސްޓާގައި އަންހެން، އަދި ފިރިހެން ވޮލީ މުބާރާތެއް ކުރިއަށް ދާނެއެވެ. އެ ގޮތުން އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު މި މުބާރާތުގައި ވާދަ ކުރާނެކަމަށް ވެސް ފުއާދު […]

ފާތިމަތު ސަޙާ
ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ 📍 ހދ. ނައިވާދޫ

ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ

ހދ. ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ފަރާތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އިންތިޒާމްކުރާ ފޯރިގަދަ “ހޮލިޑޭ ކަޕް”ގެ ނައިވާދޫ އޮޑިޝަން މި އަހަރުގެ ޑިސެމްބަރު ޗުއްޓީގައި ނައިވާދޫގައި ބޭއްވުމަށް ރާވަމުންދާކަމަށް އެ ކުލަބުން ހާމަކޮއްފިއެވެ. ޓްރޭނާރސް ސްޕޯޓްސް އެކަޑަމީގެ ކޯޑިނޭޓަރ އަޙުމަދު އާފާޤް “ތިލަދުން”އަށް ބުނީ، މިއީ ރަށުގައި ދިރިއުޅޭ ގިނަ ކުދިންތަކެއްގެ ހުވަފެނެއްކަމަށާއި އެ ކުދިން ނުހަނު ބޭނުންވާ ކަމެއްކަމަށެވެ. ނަމަވެސް މި ފުރުސަތު ދ...

ފާތިމަތު ސަޙާ
ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފި

ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފި

ނ. އަތޮޅު ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތާއެކު، ސްޕީޗް އެންޑް ލޭންގްއޭޖް އެސެސްމަންޓް ހެދުމާއި، ވޮއިސް ތެރަޕީ އަދި އަރޓިކިޔުލޭޝަން ތެރަޕީގެ ޚިދުމަތް ވެސް ލިބޭނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަޙުމަދު މައިމޫން “ތިލަދުން”އަށް ވިދާޅުވީ، މި މަސައްކަތް ފެށިގެން ދިޔައީ، 2025ވަނަ އަހަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ހޮސްޕިޓަލުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތެރަޕީގެ ޚިދުމަތް […...

ފާތިމަތު ސަޙާ
މާލެއަށް ނުގޮސް އުތުރުގައި ބޮޑު މުބާރާތެއް: ''މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް'' ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

މާލެއަށް ނުގޮސް އުތުރުގައި ބޮޑު މުބާރާތެއް: ''މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް'' ކުޅުދުއްފުށީގައި

ސްވިމް މޯލްޑިވްސްއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން “މޯލްޑިވްސް އެކުއަތުލޯން ޗެމްޕިއަންޝިޕް 2026” ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެކުއަތުލޯނަކީ ފެތުމާއި ދުވުން އެކުލެވިގެންވާ މަލްޓި-ސްޕޯޓްސް އިވެންޓެވެ. މި މުބާރާތުގެ ވަކިވަކި ފަރުދުންގެ (އިންޑިވިޖުއަލް) ރޭސްތައް 13 ނޮވެންބަރު 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޓީމް ރިލޭ ރޭސްތައް ކުރިއަށްދާނީ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވ...

ފާތިމަތު ސަޙާ
ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކުރަން 20 ދުވަހުގެ މުއްދަތެއް 📍 ހދ. ކުމުންދޫ

ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކުރަން 20 ދުވަހުގެ މުއްދަތެއް

ހދ. ކުމުންދޫގެ ގޯތިތަކާއި މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށުގެ އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަ ގެވަޅުތަކާއި، ފަޅު ގޯތިތަކުގައި ވިނަފަޅައި، ޖަންގަލި ވެފައިވުމާއި، ގޯތިތަކާ އިންވެގެންވާ މަގުފަޅިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުމަތި ހަޑިވެ، މަދިރި ފަދަ ގެއްލުންދެނިވި ސޫފާސޫފި ދަނީ އާލާވަމުންނެވެ. މީގެއިތުރުން، ބައެއް ގޯތިތަކުގައި ހުންނަ ގަސްގަހާގެހީގެ ގޮފިތަކާއި، ރުއްރުކުގެ ފަންތައް މަގުމައްޗަށް އެލިފައި ހު...

ފާތިމަތު ސަޙާ
ކުޅުދުއްފުށީގައި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ކެރިއާ ގައިޑެންސް ސެޝަނެއް ބާއްވަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި  މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދެވެންހުރި ފުރުޞަތުތަކާއި ބެހޭ މައުލޫމާތު ދިނުމަށް  ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން  ބާއްވާ ސެޝަނެކެވެ. މި ސެޝަނުގައި ބައިވެރިވުމަށް މިހާރު ފުރުޞަތު ހުޅުވާލައިފައިވާއިރު، 10 ސެޕްޓެމްބަރު 2026، މެންދުރު 12:00ގެ ކުރިން ކުޅުދުއްފުށީސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ...

ފާތިމަތު ސަޙާ
މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫ ދެވަނަ މޮޅު ހޯދިއިރު ވަށަފަރު ފެށީ މޮޅަކުން 📍 ހއ. މުރައިދޫ

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫ ދެވަނަ މޮޅު ހޯދިއިރު ވަށަފަރު ފެށީ މޮޅަކުން

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ދެވަނަ ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ވަށަފަރު ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވަށަފަރު ވަނީ ސީދާ ތިން ސެޓުން މުރައިދޫ ބަލިކޮށްފައެވެ. މިއީ މުބާރާތުގައި ވަށަފަރުގެ ފުރަތަމަ މެޗެވެ. މުރައިދޫ ވަނީ ފުރަތަމަ މެޗުގައި ފިނޭ އަތުން ހަމަ މި ނަތީޖާއިން ބަލިވެފައެވެ. […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް މަޝްވަރާ ކޮއްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް މަޝްވަރާ ކޮއްފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއެކު، ހދ. ނޮޅިވަރަންފަރު ކައުންސިލުން، ބޭއްވި ބައްދަލުވުމެއްގައި ނޮޅިވަރަންފަރުގައި ޓޫރިސްޓް ޕޮލިހުންގެ ޚިދުމަތް ޤާއިމުކުރުމަށް، މަޝްވަރާކޮއްފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ، ތަރައްޤީ ޕްލޭން އެކުލަވައިލުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށާއި، ދަޢުލަތުގެ މިނިސްޓްރީތަކާއި ވުޒާރާތަކާ ބައްދަލު ކުރުމަށް، އެ ރަށު ކައުންސިލުން، 26 އޯގަސްޓް 2026 އިން 05 ސެޕްޓެމްބަރގެ ނިޔަލަށް މާލޭސިޓީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި، ހދ...

ފާތިމަތު ސަޙާ
ރަމްޒު ސްޕޯޓްސް ފިއެސްޓާ: މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކޮއްފި 📍 ށ. ނަރުދޫ

ރަމްޒު ސްޕޯޓްސް ފިއެސްޓާ: މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކޮއްފި

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” ގެ ބެޗްތަކުން ފައިނަލްގެ ޖާގަތައް ޓީމުތަކުން ކަށަވަރުކޮއްފިއެވެ. އެ ގޮތުން، ހޭންޑްބޯލް މުބާރާތުގެ ބެޗް 1ން، ޓީމް އޮރެންޖް 11 ޕޮއިންޓާއެކު ފައިނަލް ޔަޤީންކޮއްފައި ވާއިރު، 7 ޕޮއިންޓާއެކު ޓީމް ޕިންކްވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. މީގެއިތުރުން ބެޗް 2ގެ ފުޓްސަލް މުބާރާތުން،  އެއްވެސް މެޗަކުން ބަލި ނުވެ، 12 ޕޮއިންޓާއެކު ޓީމް ޕިންކް އަދި 4 ޕޮއިންޓާއެކު […]

ފާތިމަތު ސަޙާ
ފީވަކާއި ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދަ ހޯކްސް އަށް 📍 ށ. ފޭދޫ

ފީވަކާއި ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ދަ ހޯކްސް އަށް

ށ. ފީވަކާއި އެ އަތޮޅު ފޭދޫގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮއްފިއެވެ. ފީވައް ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، އެ ރަށު ބަނދަރުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިމެއް ދޫކޮއްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެ ކޮމްޕެނީއާ ވެވުނު އެއްބަސްވުމުގެ މުއްދަތަކީ 40 އަހަރު ކަމަށް ވެސް އެ ކައުންސިލުން ހާމަކޮއްފައިވެއެވެ. މީގެއިތުރުން އެ އަތޮޅު ފޭދޫގައި ވެސް، ފިއުލް ޝެޑް ގާއިމުކުރުމަށާއި ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރެވުނު ބިމުގެ އެއްބ...

ފާތިމަތު ސަޙާ
ކަނޑިތީމުގައި އިންސާނީ ރައުސްމާލާއި ލީޑަރޝިޕްގެ މައްޗަށް ޚާއްޞަ ސެޝަންތަކެއް 📍 ށ. ކަނޑިތީމު

ކަނޑިތީމުގައި އިންސާނީ ރައުސްމާލާއި ލީޑަރޝިޕްގެ މައްޗަށް ޚާއްޞަ ސެޝަންތަކެއް

ށ. ކަނޑިތީމުގައި “ކާމިޔާބީއަށްޓަކައި އިންސާނީ ރައުސްމާލުގެ ވިސްނުމާއި ޖަޒުބާތީ ސާބިތުކަން” މި މަޢުޟޫޢުގެ މައްޗަށް އަލިއަޅުވާލައި ޚާއްޞަ ސެޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ކަނޑިތީމު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެޝަންތައް ޚާއްޞަކުރެވިފައިވަނީ ކަނޑިތީމު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އެ ރަށުގެ ޢާންމު ރައްޔިތުންނަށެވެ. މީގެ އިތުރުން ށ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން “މޯޓިވޭޝަން އެންޑް ލީޑަރޝިޕް” ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި...

ޔުމްނާ ޢަލީ
ނައިވާދޫ ކައުންސިލްގެ އުއްމީދަށްވުރެ "މަންފާ ދަތުރު" ފުރިހަމަ؛ ރައްޔިތުން ތިބީ ވަރަށް އުފަލުން 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލްގެ އުއްމީދަށްވުރެ "މަންފާ ދަތުރު" ފުރިހަމަ؛ ރައްޔިތުން ތިބީ ވަރަށް އުފަލުން

ހދ. ނައިވާދޫގައި  ކުރިއަށް ގެންދިޔަ ދީނީ ފޯރަމް ”މަންފާ ދަތުރު”، ކައުންސިލުން އުއްމީދު ކުރި ވަރަށް ވުރެ މާ ފުރިހަމަކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން، ނައިވާދޫ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) ގުޅިގެން “ވަޙްދަތުގެ ނޫރު 2026” ނަމުގައި 3 ދުވަހަށް ކުރިއަށް ގެންދިޔަ މި ފޯރަމަށް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށް އެ ރަށު […]

ސަލާމާ ޢަބްދުލް ޢަލީމް
އިހަވަންދޫގައި މީހަކު މަރާލި މައްސަލާގެ ޝަރީއަތް ނުވަ އަހަރު ފަހުން ހައި ކޯޓުން ފަށައިފި

އިހަވަންދޫގައި މީހަކު މަރާލި މައްސަލާގެ ޝަރީއަތް ނުވަ އަހަރު ފަހުން ހައި ކޯޓުން ފަށައިފި

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ސުމޮން މިއާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ. އެ ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ […]

ހުސައިން ހަބީބް
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (21)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (21)

ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” އަހަރެން ބޭނުމީ ހަމައެކަނި އާއިޒް.” ނުހާ ބުންޏެވެ. ” ތި ހިޔާލު ދޫކޮއްލާ. އަހަރެމެންގެ ދުވަސްވީ ރަޙްމަތްތެރިކަން ވެސް އެންމެ ފަހުން ގެއްލޭނީ. މާޔާއަށް ނުވެސް އެނގެއެއްނު ތިކަމެއް.” ލީނާ ބުންޏެވެ. ” މާޔާއަށްވުރެ ކުރިން އަހަރެން އާއިޒްދެކެ ލޯބިވީމޭ.” ނުހާ ބުނެލީ ދެރަވެލާފައެވެ. ނުހާގެ ވާހަކަ އަޑުއަހަން ހުރެ ލީނާ، ނުހާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. “ޖާނޫ. ތިކަން އަހަންނަށް އެނގެޔޭ. އެކަމަކު މާޔާ، އާއިޒާއެކު […]

ސަލާމާ ޢަބްދުލް ޢަލީމް
މުރައިދޫ ވެޓެރަންސް ވޮލީ މުބާރާތް: ކުޅުދުއްފުއްޓާއި ދިއްދޫ މޮޅުވެއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ ވެޓެރަންސް ވޮލީ މުބާރާތް: ކުޅުދުއްފުއްޓާއި ދިއްދޫ މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ދެވަނަ ދުވަހުގެ މެޗުތައް ހދ. ކުޅުދުއްފުށީ ސިޓީ އާއި ހއ. ދިއްދޫ ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުމެޗު ކުޅުދުއްފުށީ ސިޓީ ކާމިޔާބުކުރީ ނޮޅިވަރަމާއި ވާދަކޮށް 3-1 ސެޓުންނެވެ. ރޭ ކުޅުނު މެޗުގައި ދިއްދޫ ވަނީ ބާރަށް ބަލިކޮށްފައެވެ. ދިއްދޫ މި މޮޅު ހޯދީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. […]

ޔުމްނާ ޢަލީ