އުލިގަމު ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭއިރު ފެންސު ޖަހައި ލައިޓްވެސް ހަރުކޮށްދޭނަން: ރައީސް
ހއ. އުލިގަމުގައި ތަރައްގީކުރާ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭއިރު އެ ދަނޑުގެ އިތުރުކަންކަން ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މެންދުރު މޮޅަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގެ ތަރައްގީއަށް ބޭނުންވާ އެކިކަންކ...