📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީ ޖަމާއަތު މިސްކިތް އިތުރު މަރާމާތަށްފަހު މިރޭ ފަތިހު ހުޅުވަނީ
ކުޅުދުއްފުށި ސިޓީގެ މަސްްޖިދުލް ޖަމާއަތް އަނެއްކާވެސް އަލުން މަރާމާތު ކުރުމަށްފަހު ހުޅުވަން ތައްޔާރުވެފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މަސްޖިދުލް ޖަމާއަތް ބާވެ ވީރާނާ ވަމުން ދަނިކޮށް މަރާމާތުކޮށް އާބަރުތައް ފިލުވުމަށް ފަހު ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާފައެވެ. އެހެންނަމަވެސް އިތުރަށް މަރާމާތްކުރަން ޖެހުމުގެ ސަބަބުން މި މިސްކިތް ވަނީ މިދިޔަ އޭޕްރީލް މަހު ބަންދުކޮށްފައެވެ. އެގޮތުން ސިޓީ ކައުންސިލުން...