ހއ. ހޯރަފުށީގައި ބޭއްވި "ތަޢުލަޤު ދީނީ ސުވާލު މުބާރާތް 2025" ކާމިޔާބު ކަމާއެކު ނިންމާލައި، މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަހު 20 އިން 24 އަށް ބޭއްވި މި މުބާރާތުގައި ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 6 އިން ދަށުގެ 60 ކުދިން ބައިވެރިވެފައިވާއިރު، މުބާރާތުގައި އެކި ގްރޭޑްތަކުން ވަނަ ވަނަ އަށް ދިޔަ ދަރިވަރުންނަށް ސެޓްފިކެޓާއި އިނާމު ދީފައިވެއެވެ.

Ad
rt

ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން އަދި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ހޯރަފުށީ ކައުންސިލުން ގުޅިގެން ބޭއްވުނު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މި މަހު 25 ވަނަ ދުވަހު ހޯރަފުށީ ޕޮލިސް ސްޓޭޝަނުގައި ވަނީ ބާއްވާފައެވެ.

އެގޮތުން، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެެއްވީ ހޯރަފުށި ކައުންސިލުގެ ރައީސް މުޙައްމަދު ވަހީދެވެ. އަދި މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައުދީއާއި، ހއ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސައިން ނައީމް އަހުމަދު އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ވަނަ ވަނަ އަށް ދިޔަ ދަރިވަރުންތަކުގެ ތެރޭގައި ގްރޭޑްތަކުގެ ތެރެއިން 3 ވަނަ އަށް ގޮސްފައިވާ ދަރިވަރުންނަކީ:

  • ގްރޭޑް 2: ޔޫސުފް އިބްތިހާލް ޝާހިރު
  • ގްރޭޑް 4: ނަހްޔާން ބިން ޙާމިދު އާދަމް
  • ގްރޭޑް 5: ރާޙިލް ޢަލީ ނަޖީބް
  • ގްރޭޑް 6: ޔޫޙާ ބިންތި މުޙައްމަދު ޝަރީފް

ވަނަ ވަނަ އަށް ދިޔަ ދަރިވަރުންގެ ތެރޭގައި ކޮންމެ ގްރޭޑް އަކުން 2 ވަނަ އަށް ގޮސްފައިވާ ދަރިވަރުންތެރޭގައި ހިމެނޭ ދަރިވަރުންނަކީ:

  • ގްރޭޑް 1: އީނާލް އިބްރާހީމް
  • ގްރޭޑް 2: ޢާއިޝާތު ޢުޔޫން ބިންތި ޙުސައިން
  • ގްރޭޑް 3: މުޙައްމަދު މުޢާން ބިން މަޢައްދު
  • ގްރޭޑަ 4: މަނާލް ބިންތު ޢަލީ ވަޙީދު
  • ގްރޭޑް 5: ޙުސައިން އިމަން އިބްރާހީމް
  • ގްރޭޑް 6: ނަޢީޝް ބިން ޙުސައިން ރަޝީދު

އަދި ވަނަތަކުގެ ތެރެއިން ކޮންމެ ގްރޭޑް އަކުން ފަހުރުވެރި 1 ވަނަ ހޯދާފައިވާ ދަރިވަރުންނަކީ:

  • ގްރޭޑް 1: ނުސައިބާ ބިންތި އާމިރު
  • ގްރޭޑް 2: މަޢާލް ބިންތު މުޙައްމަދު ޝާހިދު
  • ގްރޭޑް 3: ޢައްމާރު ބިން އަޙްމަދު
  • ގްރޭޑް 4: ހިބާ ބިންތު ޙުސައިން ޙަސަން
  • ގްރޭޑް 5: އަޔާނީ ބިންތު ޙުސައިން ޢާމިރު
  • ގްރޭޑް 6: ޒީޝާ ބިންތު އިބްރާހީމް

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެކި އެކި ގޮތްގޮތުން މި މުބާރާތް ކުރިއަށްގެންދިއުމަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ.

ހޯރަފުށީގައި މި މުބާރަތް ކޮންމެ އަހަރެއްގައި ބޭއްވުމުގެ މަޤުސަދަކީ، އިސްލާމީ ތަރުބިއްޔަތު އެނގިތިބި، ދީނީ ކަންކަމަށް ފަރުވާތެރިވާ، މައިންބަފައިނަށާއި ބޮޑެތި މީހުންށް އިޙްތިރާމުކޮށް، ނަމާދަށް ފަރުވާތެރިވެ ޒިކުރުތަށް އެނގޭ ރަނގަޅު ޖީލެއް އެރަށުގައި ބިނާކުރުމުގެގޮތުންނެވެ.