📍 ހއ. ދިއްދޫ
ބާރު ސްޕީޑްގައި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ބިން ހިއްކައި ނިމިފައިވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ދިއްދޫ ބިން ހިއްކާ ނިމިފައިވާކަމަށް ދައުރުވާ މީސް މީޑިއާ ޕޯސްޓަކާއި ގުޅިގެން ”ތިލަދުން” އިން ސުވާލުކުރުމުން ލަތީފް ވިދާޅުވީ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. ”ހޮޅި ގުޅައިގެން ހިއްކަންޖެހޭ ހިއްކުން މިހާރު ނިމިއްޖެ، އެހެންވީމަ ބިންހިއްކާ ނިމިއްޖެކަމަށް ބުނެވިދާނެ، ދެން އެކުރަނީ ވެލިތައް އެއްވަރުކުރުން ކަހަލަ މަސައްކަތްތައް” ލަތީފް ވިދާޅުވިއެވެ. ލަ...