2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހއ. ދިއްދޫގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރުތަކަށް ބަޔަކު އާދީއްތަ ދުވަހު ރޭ ގެއްލުން ދީފިއެވެ.

ދިއްދޫ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރަށް ގެއްލުންދީފައި ވަނީ ޕޯސްޓަރުން ދެ ކެންޑިޑޭޓެއްގެ ފޮޓޯ ކަފާލައިގެންނެވެ.

Ad
rt

ކަފާލާފައި ވަނީ ދިއްދޫ ކައުންސިލްގެ އަންހެން ގޮނޑިއަށް ވާދަކުރާ އެއްކެނޑިޑޭޓް ސަދީލާގެ ފޮޓޯ އާއި މެމްބަރުކަމަށް ވާދަކުރާ މާހިރުގެ ފޮޓޯއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި މި ޕޯސްޓަރުތައް ހަލާކުކޮށްލާފައި ވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް ބެލެވެއެވެ.

4 އޭޕްރިލް 2026 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުން މިހާރު ކަނޑައަޅާފައިވާއިރު، އެ ޕާޓީން އަންނަނީ ކެމްޕޭން ވެސް ކުރަމުންނެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް ޕްރައިމަރީ ބާއްވަ ދާއިރާތަކާއި ރަށްތަކުގައި ބާއްވާ އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހު 16 ވަނަ ދުވަހުއެވެ. އެމްޑީޕީން ވެސް ދަނީ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ދާއިރާތަކާއި ރަށްތަކުގައި ކެމްޕޭން ކުރަމުންނެވެ.