📍 ހއ. ދިއްދޫ
ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު"
“ދިއްދޫ ރައްޔިތުންގެ އަޑު” ގެ ނަމުގައި ޒޫމް މެދުވެރިކޮން ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ގެ ފުރަތަމަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ ދިއްދޫގެ ތަރައްޤީއާއި ދިއްދޫގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން އުފެއްދިފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު އަސާސްތަކަކީ، ދިއްދޫ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ދިއްދޫއިން ޚިދުމަތް ހޯދާ އަތޮޅުގެ ރައްޔިތުންނަށް ވެސް ގިނަ ޚިދުމަތްތަ...