މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން 📍 ހދ. ކުރިނބީ

ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން

ހދ. ކުރިނބީގައި ތަރައްގީކުރާ ކުޑަކުދިންގެ ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ކުރިނބީ ފެނަކަ ބްރާންޗްގެ މުވައްޒަފުންނާއި، ހއ. ދިއްދޫ ކޭޑީ ކުންފުނިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި ކުރިނބީ ކައުންސިލް ގުޅިގެން އެރަށުގައި ތަރައްގީ ކުރާ ޕާކު ގާއިމުކުރާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިނބީ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން ފެށީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ކުރިނބީ ކައުން...

އަޙްމަދު ވަހީދު
ހއ. އަތޮޅު ހޮސްޕިޓަލުން ކިއު ނަންބަރު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފި 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލުން ކިއު ނަންބަރު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފި

ހއ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތުމަތް ފޯރުކޮށް ދިނުމުގައި، ކިއު ނަންބަރު ދޫކުރާ އުސޫލަށް ބަދަލު ގެނެސްފިއެވެ. އެ ހޮސްޕިޓަލުން ހާމަކުރަށްވާފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައި ވަނީ އިއްޔެއިން ފެށިގެންނެވެ. މިގޮތުން މި ގެނެވުނު ބަދަލުގެ ދަށުން ކިއު ނަންބަރު ދޫކުރަން ފަށާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 6:45 ގައެވެ. އަދި މެމޯ ހެއްދުމުގެ ޚިދުމަތް ދޭނީ ހެނދުނު 7:00 އިން 11:30 އަށެވެ. މީގެ އިތުރުން ކެންސަލްވާ ނަންބަރުތަކަށް […]

ޝިއުނާ އާދަމް
ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ބިދޭސީއެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އެ އޮފިޝަލް ވިދާޅުވީ، އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އެ ސާމްޕަލް ނަގާފައި ވަނީ އިއްޔެއެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ މިއަދު [...

ޔުމްނާ ޢަލީ
ހއ. އުތީމާއި ހއ. ދިއްދުއާ ހުރި ގުޅުން (1) 📍 ހއ. ދިއްދޫ

ހއ. އުތީމާއި ހއ. ދިއްދުއާ ހުރި ގުޅުން (1)

ހއ.ދިއްދޫއަކީ އުތީމު މަހާރަދުންނާ ގުޅިގެން ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވޭ ރަށެކެވެ. މިހާރުގެ ދިއްދުއަކީ އެރަށު ފަޅުގައި އޮތް “ތިލަދޫ” އޭކިޔާރަށުން ބަޔަކާއެކު އުފެދިފައި އޮތް ރަށެކެވެ. ދިއްދުއާއި ތިލަދޫގެ ދެކުނުގައި ގުޅި އެއްރަށަކަށްވެ ދިއްދޫގެނަމުން މަޝްހޫރުވީ ކަމުގައިވިޔަސް ދިއްދޫގައި ހިމެނޭ ތިލަދޫގެބައި މިހާރުވެސް ފާހަގަކުރެވެ އެވެ. ތިލަދޫގެބައިގެ ފެންބަރުވެފައި ސާބަކަށް ލޮނު ރަހައެއް ހުރެއެވެ. ނަމަވެސް ދިއްދޫގެ ބައިގެ ފެންލުއިވެފައި މީރު މެއެވެ. ރަށުގެ ބޮޑުބަޔަކި ތިލަދޫގެ ބައެވެ. މިދެރަ ގުޅ...

ތިލަދުން
ދުވަސްވެ ހަލާކުވެފައި ހުރި މުސްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމެއް ދިއްދޫގައި ފަށަނީ 📍 ހއ. ދިއްދޫ

ދުވަސްވެ ހަލާކުވެފައި ހުރި މުސްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމެއް ދިއްދޫގައި ފަށަނީ

ހއ. ދިއްދޫގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ފަށަން ނިންމައިފިއެވެ. މިގޮތުން އެ ކްލަބުން ބުނީ އެ ކްލަބްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިއްދޫގެ ގޭބިސީތަކުގައި ހުރި ބާ މުސްޙަފްތަކާއި، އަދި ހަލާކުވެފައި ހުރި މުސްޙަފްތައް އެ ކްލަބުގެ ފަރާތުން އެއްކޮށް، އެ މުސްޙަފްތައް ރަނގަޅު ގޮތުގައި ނައްތާލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެފަދަ މުސްޙަފްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 1...

ޙުސައިން ޝަހުދީ
ވެމްކޯއިން ދިއްދޫގެ ކުނިކޮށި ސާފުކުރަން ފަށައިފި 📍 ހއ. ދިއްދޫ

ވެމްކޯއިން ދިއްދޫގެ ކުނިކޮށި ސާފުކުރަން ފަށައިފި

‏‬⁩ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން ހއ ދިއްދޫގެ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާޝިމް ވިދާޅުވީ ދިއްދޫގެ ކުނި ކޮއްޓާއި ފުލެޓް ސަރަހައްދުގައި ޒަމާންތަކެއް ވަންދެން ޖަމާވެފައިހުރި ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ވެމްކޯގެ އެހީތެެރިކަމާއި އެކު ވަރަށް ބާރަށް ފެށިގެން ކުރިއަށް ދާކަމަށެވެ. ހާޝިމް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. ކުނިތައް ނަގާ ސާފުކުރުމާއި އެކު ރައްޔ...

އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑު ހިތްގައިމު ތަނަކަށް ހަދައިދިނީ މިޑްލް ސްޕޯރޓްސް ކްލަބު 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑު ހިތްގައިމު ތަނަކަށް ހަދައިދިނީ މިޑްލް ސްޕޯރޓްސް ކްލަބު

ހއ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގައި، އެ ވޯޑުގައި އެޑްމިޓްކުރާ ކުދިން ހިތްއުފާވާ ފަދަ ކުރެހުންތަކެއް އެކުލެވޭ ކެންވާސްތަކެއް ހަރުކޮށްފިއެވެ. ދިއްދޫގައި ދަރުމައަށް ގިނަ ހަރަކާތަކެއް ހިންގާ މިޑްލް ސްޕޯރޓްސް ކްލަބުން ދިއްދޫ ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގައި މި ހަރުކުރި ކެންވާސްތަކުގައި އެކުލެވޭ ކުރެހުން ތަކަކީ، ކުދިން ގަޔާވާނެ ކެރެކްޓާތައް ހިމަނައިގެން، ކުދިން ހިތްއުފާވާނޭ ގޮތަށް ފަރުމާކޮށްފައިވާ ކެންވާސް ތަކެކެވެ. މިޑްލް ސްޕޯރޓްސް ކް...

ޙުސައިން ޝަހުދީ
ދިއްދޫ ފަޅުތެރެ ސާފުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ފަޅުތެރެ ސާފުކޮށްފި

ހއ. ދިއްދޫ ކައުންސިލުން، އެރަށުގެ ފަޅުތެރެ ސާފުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ފަރާތުން ބަޔަކާއި ހަވާލުކޮށްގެން އިއްޔެ އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ ފަޅުތެރޭން ނެގި ކުނިތަކަކީ އެރަށުން ފަޅުތެރެއަށް އަޅާފައި ހުރި ކުނިތަކެއް ނޫންކަމަށެވެ. ”އެ ކުނިތަކަކީ މިރަށު މީހުން އަޅާފައި ހުރި ކުންޏެއްނޫން، މި ދުވަސްވަރަކީ އިރުވައި މޫސުން ކަމަށް ވުމުން، އޮޔާ ފަޅުތެރެއަށް ވަދެފައި ހުރި ކުނި އެއީ، މޫސުމީ ބަ...

ޙުސައިން ޝަހުދީ
ފެނަކަ އައު އިންޖީނުގެ އިމާރާތްކުރުމަށް ދިއްދޫއިން 60 މުވައްޒަފުން ހޯދަނީ 📍 ހއ. ދިއްދޫ

ފެނަކަ އައު އިންޖީނުގެ އިމާރާތްކުރުމަށް ދިއްދޫއިން 60 މުވައްޒަފުން ހޯދަނީ

އައު އިންޖީނުގެ އިމާރާތްކުރުމަށް ހއ. ދިއްދޫއިން 60 މުވައްޒަފުން ހޯދަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އިޢުލާންކޮށްފި އެވެ. ފެނަކަ އިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 30 ސްކިލްޑް ލޭބަރ އަދި 30 ނޮން ސްކިލްޑް ލޭބަރ އިން އެކުންފުނީގެ ހއ.ދިއްދޫ ބްރާންޗަށް ކޮންޓްރެކްޓް އުޞޫލުން (6 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވާކަމަށެވެ. އެއިޢުލާނުގައި ބުނެފައިވަނީ، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް އެ ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ […]

އަލީ އާދިލް
ދިއްދޫގައި ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހއ. ދިއްދޫގައި ބާއްވައި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ. ދިއްދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދެވި، ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 16:30 އިން ފެށިގެންނެވެ. އެރަށުގައި ހަވާއެރުވުން އޮތީ މިރޭ 20:00 ހާއިރުއެވެ. މި ދެ ހަރަކާތް ބަލައިލުމަށް ވެސް އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ ނުކުމެފައެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ […]

ޝިއުނާ އާދަމް
ދިއްދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހިނގާލުމާގުޅޭ މައުލޫމާތު ހާމަކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހިނގާލުމާގުޅޭ މައުލޫމާތު ހާމަކޮށްފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ، ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންމުގެ ތެރެއިން ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމުގެ ކަންކަން ކުރިއަށް ދާނެ ގޮތުގެ މަޢުލޫމާތު ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އާންމުކޮށްފިއެވެ. މިކަމާއި ގުޅިގެން 16 ޑިސެމްބަރ 2020 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ 18 ޑިސެމްބަރ 2020 ގައި އެމްއެންޑީއެފް ގެ ފަރާތުން ދިއް...

އިބްރާހިމް ޚަލީލް
އުތުރުގެ 3 ރަށެއްގައި ޝަރަފުގެ ހިނގާލުމެއް، ހަވާ އަރުވާނެ 📍 ހއ. ދިއްދޫ

އުތުރުގެ 3 ރަށެއްގައި ޝަރަފުގެ ހިނގާލުމެއް، ހަވާ އަރުވާނެ

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. މީޑިޔާތަކަށް މަޢުލޫމާތު ދެމުން އެމްއެންޑީއެފްއިން ވިދާޅުވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހދ. ކުޅުދުއްފުއްޓާއި ހއ.ދިއްދޫ އަދި ހއ.އިހަވަންދޫގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ....

އިބްރާހިމް އަސްވާޤް
ޕަމްޕް ބޭނުންކޮށްގެން ވެލި ނަގަަންވާނީ ހުއްދަ ނަގައިގެން: ދިއްދޫ ކައުންސިލް 📍 ހއ. ދިއްދޫ

ޕަމްޕް ބޭނުންކޮށްގެން ވެލި ނަގަަންވާނީ ހުއްދަ ނަގައިގެން: ދިއްދޫ ކައުންސިލް

ހއ. އަތޮޅުގެ ރަށްތަކުގެ ފަޅުތަކުން ޕަމްޕް ބޭނުންކޮށްގެން ވެލިނަގަންވާނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްދަ ހޯދައި، އެ ހުއްދަގެ ދަށުން ކަމަށް ހއ. ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނީ އީޕީއޭގެ ހުއްދަ ހޯދުމަކާ ނުލައި ޕަންޕް ބޭނުންކޮށްގެން ވެލި ނަގަމުންދާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާކަމަށް ހއ. އަތޮޅު ކައުންސިލުން، ދިއްދޫ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އެއާއި ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރަށްކާތެރިކޮށް ދެމެހެއް...

އަޙްމަދު ވަހީދު
ދިއްދޫ ގިރާ ސަރަހައްދު ތަކަށް ހައްލެއް ލިބެނީ 📍 ހއ. ދިއްދޫ

ދިއްދޫ ގިރާ ސަރަހައްދު ތަކަށް ހައްލެއް ލިބެނީ

އިންތިހާއަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ހއ. ދިއްދޫގެ، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަކީ އެރަށުގެ ރައްޔިތުން ކުރަމުން އަންނަ ދިގު އިންތިޒާރެކެވެ. އެ އިންތިޒާރު ނިމުމަކަށް ގެނުވާނެ، ދިއްދޫ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމު ގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުނހަވާލުކޮށްފައި ވަނީ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ، ކާމިޔާބު ކަމާއިއެކު ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 180 ދުވަހުގެ ތެރ...

ޝިއުނާ އާދަމް
ދިއްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު 2 މީހުން ހައްޔަރުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު 2 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް އަތޮޅުތެރޭގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއްގައި ހއ. ދިއްދޫ އިން މަސްތުވާތަކެއްޗާއެކު 02 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ، ހއ. ދިއްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ދިއްދޫ ޕޮލިސް ސްޓޭޝަނާއި ކެލާ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅި...

ޖަލްވާން ޖާދުﷲ