މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން 15 ވަރަކަށް ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުކުރާނެ: ލަތީފް 📍 ހއ. ދިއްދޫ

އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން 15 ވަރަކަށް ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުކުރާނެ: ލަތީފް

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން އަންނަ ބޯޓު 15 ވަރަކަށް ދުވަހުގެ ތެރޭގައި ދިއްދޫގައި ބަނދަރުކުރާނެކަމަށް  ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ލަތީފް މިފަދައިން ވިދާޅުވީ، ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އިއްޔެ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ލަތީފްގެ ވާހާގައި ވަނީ ދިއްދޫ ރައީސްގެ ތިން ވަޢުދުފުޅެއް އޮތްކަމަށް ވިދާޅުވެފައެވެ. އެއީ ހއ. އ...

ޔުމްނާ ޢަލީ
ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އަޅައިފި 📍 ހއ. ދިއްދޫ

ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ މި ހޮސްޕިޓަލްގެ ބިންގާ އެޅުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމް އިބްރާހީމާއި، ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައޫދީ އަދި ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ […]

ޔުމްނާ ޢަލީ
ދިއްދޫ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރި: ލަތީފް 📍 ހއ. ދިއްދޫ

ދިއްދޫ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރި: ލަތީފް

ހއ. ދިއްދޫ އަށް ބޭނުންވެފައިވާ ވަރަށް ގިނަ ކަންކަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ. ލަތީފްގެ ވާހަކާގައި ވިދާޅުވީ، މި ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭނެ ބަޖެޓެއްކަމަށެވެ. އަދި ދިއްދޫ ދާއިރާ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރިކަމަށާއި އެހެންވެ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމަކީ ''ޝަހީދު ޢުމަރު އަޙްމަދު''، މިމަހު 28 ގައި ހުޅުވާނެ

ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވިގޮތުގައި ދިއްދޫ އިސްލާމީ މަރުކަޒު މި މަހު 28 ވަނަ ދުވަހު ހުކުރު ނަމާދަށް ހުޅުވާނެއެވެ، އަދި މިސްކިތް ނިސްބަތްކުރެވޭނީ، މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި […]

ޔުމްނާ ޢަލީ
އިހަވަންދޫ ކޮޅަށް 6 ގޯލުޖަހައި ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި 📍 ހއ. ދިއްދޫ

އިހަވަންދޫ ކޮޅަށް 6 ގޯލުޖަހައި ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފިއެވެ. މި މުބާރާތުގެ ހއ. އަތޮޅުން ބައިވެރިވީ އެ އަތޮޅުގެ ވެރިރަށް ދިއްދޫ އާއި އިހަވަންދޫ އެވެ. އެހެންވެ މި މުބާރާތުގެ ޗެމްޕިއަންޓީމު ކަނޑައެޅީ ދެ މެޗު ކުޅެގެންނެވެ. މިގޮތުން ފުރަތަމަ މެޗު ކުޅެފައި ވަނީ 9 އޮކްޓޯބަރު 2025 ގައި އިހަވަންދޫގައެވެ. އެ މެޗު ދިއްދޫ ކާމިޔާބުކުރީ 1-3 އިންނެވެ. […]

ޔުމްނާ ޢަލީ
މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައި އުތީމު ފައިނަލަށް 📍 ހއ. ދިއްދޫ

މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައި އުތީމު ފައިނަލަށް

ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލަށް މުބާރާތް ބާއްވާ ރަށް އުތީމު ދަތުރުކޮށްފިއެވެ. ހއ.އަތޮޅުގެ ނުވަ ރަށެއް ބައިވެރިވެފައިވާ މި މުބާރާތުގައި އުތީމު ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ މެޗަކުން ބަލިނުވެ އެ ޓީމު ދަމަހައްޓަމުން އަންނަ ރެކޯޑާއެކު، ރޭ ކުޅުނު ސެމީގެ މެޗުގައި ޕެނަލްޓީގައި 6-5 އިން ދިއްދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗާއިއެކު ދިއްދޫ ވެސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. ފޯރިގަދަ ފެނުމެއް […]

ޔުމްނާ ޢަލީ
އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ފައިނަލް މާދަމާ، ހއ.ގެ ފުރަތަމަ މެޗުން ދިއްދޫ މޮޅުވެއްޖެ 📍 ހއ. ދިއްދޫ

އެޓޯލް ޗެމްޕިއަންޝިޕް: ހދ.ގެ ފައިނަލް މާދަމާ، ހއ.ގެ ފުރަތަމަ މެޗުން ދިއްދޫ މޮޅުވެއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ އުތުރު ރީޖަން ގެ ފައިނަލް މެޗުގައި ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމު މާދަމާ ކުޅޭނެއެވެ. މާދަމާ ހަވީރު ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލުން ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމުން ޖާގަ ކަށަވަރުކޮށްފައިވަނީ  އެންމެ ގިނަ ޕޮއިންޓު ހޯދައިގެންނެވެ. މިގޮތުން މި ދެ ޓީމުންވެސް ވަނީ ކުޅުނު 3 މެޗުގެ ތެރެއިން 1 […]

ޔުމްނާ ޢަލީ
އިހަވަންދޫ އާއި ވަށަފަރަ މެޗު އެއްވަރުވެ, ބާރަށް ކައިރިން ދިއްދޫ މޮޅުވެއްޖެ 📍 ހއ. ބާރަށް

އިހަވަންދޫ އާއި ވަށަފަރަ މެޗު އެއްވަރުވެ, ބާރަށް ކައިރިން ދިއްދޫ މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިރޭގެ މެޗުގައި އިހަވަންދޫ އާއި ވަށަފަރު މެޗު އެއްވަރުވެ، ބާރަށާއި ދިއްދޫ މެޗުން ދިއްދޫ މޮޅުވެއްޖެއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 11 ވަނަ މެޗު މިރޭ ވާދަކޮށްފައިވަނީ އިހަވަންދޫ އާއި ވަށަފަރު ޓީމެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގައި ދެ ޓީމު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި […]

އައިޝަތު އައިނީ އާމިރު
ކެލާ އާއި ދިއްދޫ މެޗުން ދިއްދޫ ކުރިހޯދިއިރު، އިހަވަންދޫ އާއި ހޯރަފުށީ މެޗު އިހަވަންދޫ ކާމިޔާބުކޮށްފި 📍 ހއ. އިހަވަންދޫ

ކެލާ އާއި ދިއްދޫ މެޗުން ދިއްދޫ ކުރިހޯދިއިރު، އިހަވަންދޫ އާއި ހޯރަފުށީ މެޗު އިހަވަންދޫ ކާމިޔާބުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ކެލާ އާއި ދިއްދޫ ބައްދަލުކުރި މެޗުން ދިއްދޫ ކުރިހޯދާފައިވާއިރު، އިހަވަންދޫ އަދި ހޯރަފުށި ބައްދަލުކުރި މެޗު އިހަވަންދޫ ކާމިޔާބުކޮށްފިއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 7 ވަނަ މެޗުގައި މިރޭ ބައްދަލުކޮށްފައިވަނީ ކެލާ އާއި ދިއްދޫ އެވެ. މި މެޗުގައި ދިއްދޫ އިން ކެލާ ޓީމުގެ މައްޗަށް ކުރި ހޯދާފައިވަނީ 4-0 ގެ ނަތީޖާ އަކުން […]

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް: އިހަވަންދޫ އާއި އުތީމު މެޗު އެއްވަރުވެ, ދިއްދޫ އިން މުރައިދޫ ބަލިކޮށްފި 📍 ހއ. ދިއްދޫ

ތިލައުތުރު ފުޓްސަލް: އިހަވަންދޫ އާއި އުތީމު މެޗު އެއްވަރުވެ, ދިއްދޫ އިން މުރައިދޫ ބަލިކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” އިހަވަންދޫ އާއި އުތީމު ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ދިއްދޫ އަދި މުރައިދޫ ބައްދަލުކުރި މެޗުން މުރައިދޫ ބަލިވެއްޖެއެވެ. މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިއަދު ހަވީރު ބޭއްވި މި މުބާރާތުގެ ފުރަތަމަ މެޗުން އިހަވަންދޫ އާއި އުތީމު ވަނީ އެއްވަރުވެފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ހާސިލްކޮށްފައިވަނީ […]

އައިޝަތު އައިނީ އާމިރު
ދި ފައުންޑޭޝަނުން ދިއްދޫގައި ތެރަޕީގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކްލިނިކެއް ހުޅުވަނީ 📍 ހއ. ދިއްދޫ

ދި ފައުންޑޭޝަނުން ދިއްދޫގައި ތެރަޕީގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކްލިނިކެއް ހުޅުވަނީ

ދި ފައުންޑޭޝަނާއި ބުލޫ ސްޕޭން ގުޅިގެން ހއ. ދިއްދޫގައި “ތެރަޕީގެ ޙިދުމަތް” ދޭ ކުލިނިކެއް ނޮވެންބަރު މަސް ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ. ދި ފައުންޑޭޝަންގެ ދި ފައުންޑޭޝަން ސެކްރެޓްރީ ޖެނަރަލް ނަޝްވާނު އބްރާހިމް ”ތިލަދުން” އަށް ބުނީ މިކުލިނިކުގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިޔާ ތެރަޕީ ، ސުޕެޝިއަލް އެޑިއުޚޭޝަނަލް ތެރަޕީގެ ޙިދުމަތުގެ އިތުރުން އެސެސްމަންޓު ހެދުމާއި ކައުންސިލިންގެ ޙިދުމަތް ވެސް ފެށިގެންދާނެ ކަމަށެވެ. މިޙިދުމަތް ބޭނުންވާ...

ޔުމްނާ ޢަލީ
ވައިކަރަދޫ އާއި ދިއްދޫގައި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް" ފެސިލިޓީ ހުޅުވައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އާއި ދިއްދޫގައި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް" ފެސިލިޓީ ހުޅުވައިފި

ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައާއި، ހއ. އަތޮޅު ހޮސްޕިޓަލުގައި “ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް” ފެސިލިޓީއެއް ހުޅުވައިފިއެވެ.ީ ވައިކަރަދޫ ސިއްހީ މަރުކަޒުގައި ޤާއިމްކުރި މި ފެސިލިޓީއަކީ، ވޯރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އާއި ހެލްތް މިނިސްޓްރީ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ޑެވެލެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ކެނޭޑިއަން ފަންޑްގެ ދަށުން ޤާއިމްކޮށްފައިވާ ފެސިލިޓީ އެކެވެ. ވައިކަރަދޫގައި މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު، މި ފެސިލިޓީ ހުޅުވައިދެއްވާފައި...

އައިޝަތު އައިނީ އާމިރު
ތިލައުތުރު އެވޯޑް: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ 📍 ހއ. ދިއްދޫ

ތިލައުތުރު އެވޯޑް: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ބޭއްވި މި އެވޯޑު ހަފުލާގައި އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވުނުއިރު، 2024 ވަނަ އަހަރުގެ ހިންގުންތެރި ކްލަބް ޖަމިއްޔާއަކަށް ހ...

އައިޝަތު އައިނީ އާމިރު
ޔާމީން ކޯޓަށް ހާޒިރުނުވެ, ދިއްދޫއަށް ފުރައިވަޑައިގަތުމުން ކޯޓުގެ އިންޒާރު

ޔާމީން ކޯޓަށް ހާޒިރުނުވެ, ދިއްދޫއަށް ފުރައިވަޑައިގަތުމުން ކޯޓުގެ އިންޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތަށް މިއަދު ހާޒިރުނުވެ, ހއ. ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތުމުން އެމަނިކުފާނާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ޔާމީން މިއަދު ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތީ ހއ. އަތޮޅު ކައުންސިލް އެވޯޑު “ތިލައުތުރު އެވޯޑް 2025” ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. ނަމަވެސް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނަށް ދައުވާކުރާ މައްސަލާގެ އަޑުއެހުމެއް މިއަދު ތ...

ހުސައިން ހަބީބް
ދިއްދޫ އިސްލާމީ މަރުކަޒު ހުރީ ނިމިފައި، ހުޅުވާނީ ނަމެއްގައެއް ނޫން: ޝަހީމް 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ހުރީ ނިމިފައި، ހުޅުވާނީ ނަމެއްގައެއް ނޫން: ޝަހީމް

ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިކަމަށާއި، އެތަން ހުޅުވާނީ ނަމެއްގައެއްނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެެއްވަމުންނެވެ. މި ޖަލްސާގައި ލަތީ...

ޔުމްނާ ޢަލީ