📍 ށ. ފޯކައިދޫ
ފާއިން އަށް ރަށުން ރަތްދޫލައިގެ މަރުޙަބާއެއް
ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ، ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން އިއްޔެ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކުރި ފާއިން އާއި އޭނާގެ ޢާއިލާ އެ ރަށަށް ގޮސްފައިވަނީ ބުރާސްފަތިި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފާއިން އަށް ރަށުން ހޫނު މަރުޙަބާ އެއް ކިޔުމަށްޓަކައި ފޯކައިދޫ ކައުންސިލުން އިސްވެ އޮވެ ވަނީ ދުރާލާ ތައްޔާރުވެފައެވެ. މިގޮތުން ރަށުގެ ބަނދަރު ސަރަހައްދުގައި […]