މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޭދޫ (145 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
145 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޭދޫގެ އެންމެ ފަހުގެ ޚަބަރުތައް

145 ޚަބަރުގެ ތެރެއިން
ފޭދޫގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފި 📍 ށ. ފޭދޫ

ފޭދޫގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީސް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގުރާމްގެ ދަށުން ށ. ފޭދޫ ކައުންސިލްއާއި ގުޅިގެން އެ ރަށުގައި ހިންގާ ބޭސިކް ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުން މެދުގައި ދަނޑުވެރިކަމަށް އޮންނަ ލޯބި އިތުރުކޮށް، ދަނޑުވެރިކަން ކުރިއަރުވައި އެކަމާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް...

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫއަށް 📍 ށ. ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫއަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ހޭންޑްބޯލް ޓީމުން ހޯދައިފިއެވެ. މިއަދު ހަވީރު ޅައިމަގުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ކަނޑިތީމެވެ. މި މެޗު 15 ލަނޑު 3 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލާފައި ވަނީ ފޭދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި ފޭދޫއާއި ކަނޑިތީމު 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި ފޭދޫއާއި ކަނޑިތީމު

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ފައިނަލުން ފޭދޫއާއި ކަނޑިތީމް ޖާގަ ހޯދައިފިއެވެ. ކަނޑިތީމް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި މިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަދު ހަވީރު ޅައިމަގުގައި ކުޅުނު މި މެޗުން ކަނޑިތީމުން މިލަންދޫގެ މައްޗަށް ކުރި ހޯދާފައި ވަނީ 9 ލަނޑު 5 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ސެމީގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް 📍 ށ. ޅައިމަގު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތުގެ ސެމީގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިއަދު ކުޅެ ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުގައި ފޭދޫއާއި ޅައިމަގު އަދި މިލަންދޫއާއި ކަނޑިތީމް ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ގްރޫޕް އޭގައި ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމާއި ފޯކައިދޫއެވެ. މި މެޗު 9 ލަނޑު 5 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ. މި […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް އޭގައި، ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ބިލެތްފައްސެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ މުބާރާތް: ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ފޭދޫ 📍 ށ. ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ މުބާރާތް: ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ފޭދޫ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލުން ފޭދޫ ހޭންޑްބޯލް ޓީމުން ޖާގަ ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ވެސް ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫ އޭގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ބިލެތްފައްސެވެ. މި މެޗު 15 ލަނޑު 6 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި 📍 ށ. ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބިލެތްފައްސާއި ފޯކައިދޫއެވެ. މި މެޗު 10 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ބިލެތްފައްސެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބިލެތްފަހީ […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ފޭދޫން ކާމިޔާބުކޮށްފި

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ފޭދޫން ކާމިޔާބުކޮށްފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ފޭދޫ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ފޭދޫގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސިއްރު ފެންފުށީގެ އެޗްއާރު މެނޭޖަރ މަހާތިރުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ކަނޑިތީމެވެ. މި މެޗު 22 ލަނޑު 5 ލަނޑުން […]

އިބްރާހިމް ޚަލީލް
ފޭދޫ ކަނޑޫ ފަލުގައި ކަނޑޫ އާލާކުރަން ނާސަރީއެއް ހަދަނީ 📍 ށ. ފޭދޫ

ފޭދޫ ކަނޑޫ ފަލުގައި ކަނޑޫ އާލާކުރަން ނާސަރީއެއް ހަދަނީ

ށ. ފޭދޫ ކަނޑޫފަލުގައި ކަނޑޫ އާލާކުރުމަށް ނާސަރީއެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، މި އެއްބަސްވުމުގައި ފޭދޫ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައި މި ދިޔަ ހަފްތާ ބަންދުގައި މާލޭ ރޮޓަރީ ކުލަބްގެ ފަރާތުން އެރަށަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ކްލަބާއެކުގައި ކަމަށެވެ. މާލޭ ރޮޓަރީ ކުލަބާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ނެތެމުންދާ އެރަށުގެ ކަނޑޫފަލުގައި ކަނޑޫ ގަސް އާލާ ކުރުމަށް ނާސާރީއެއް ހެދުމުގެ އިތުރުން ރަށުގެ […]

ޙުސައިން ޝަހުދީ
ތުއްތު ކުއްޖަކު މަރާލި މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށް 📍 ށ. ފޭދޫ

ތުއްތު ކުއްޖަކު މަރާލި މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށް

ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލިތާ ނުވަ އަހަރު ފަހުން އެ މައްސަލާގައި އެ ކުއްޖާގެ މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. 2013 ވަނަ އަހަރު 15 އަހަރުގެ އަންހެން ކުއްޖަކު ފޭދޫގައި ކުއްޖަކު ވިހެއުމުން އެ ތުއްތު ކުއްޖާ މަރާލުމަށްފަހު ގޭގެ ގިފިލީގައި ވަޅުލީ އެ ކުއްޖާގެ މާމަ އާއި ދޮންކާފަ ބައިވެރިވެގެންނެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެ ދެ މީހުން 10 އަހަރާއި ހަ މަހަށް ޖަލަށްލުމުގެ […]

ހުސައިން ހަބީބް
ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި 📍 ށ. ފޭދޫ

ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި

ށ. ފޭދޫ ކައުންސިލުން ނ. އަތޮޅު ކުޑަފަރި އަދި އެ އަތޮޅު ހޮޅުދޫއަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ. މި ދަތުރަކީ އެ ދެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ދެނެގަނެ، ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ. މި ދަތުރުގައި ފޭދޫ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. މިދިޔަ ބުރާސްފަތި ދުވަ...

މުޙައްމަދު ވަސީމް
ށ. ފޭދޫ ކައުންސިލް ޤުރްއާން މުބާރާތުން އެއް ވަނައަށް ސާރާ 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލް ޤުރްއާން މުބާރާތުން އެއް ވަނައަށް ސާރާ

ށ. ފޭދޫ ކައުންސިލުން ބޭއްވި ”ށ. ފޭދޫ ކައުންސިލް ޤުރްއާން މުބާރާތް 1444” އިން މުޅި މިބާރާތުން އެއް ވަނައަށް ސާރާ ހުސައިން ޞަލާޙް ހޮވިއްޖެއެވެ. ސެޕްޓެމްބަރު 2 އިން 3 އަށް ކުރިއަށް ގެންދިޔަ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އެރަށުގައި ކީރި ޤުރްއާންގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުނގަންނައި ދިނުމުގައި ތަރްތީލުކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، ފޭދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ […]

ޔުމްނާ ޢަލީ
ށ. ފޭދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރަަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިންމާލައިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 276 މީޓަރުގެ އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 90 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ […]

އަޙްމަދު ވަހީދު
ފޭދޫ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖައްސައިދެއްވާނެ ރައީސަކީ ރައީސް ޞާލިޙް: ރައިސަމް 📍 ށ. ފޭދޫ

ފޭދޫ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖައްސައިދެއްވާނެ ރައީސަކީ ރައީސް ޞާލިޙް: ރައިސަމް

ށ. ފޭދޫ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދެއްވާނެ ރައީސަކީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް ވިދާޅުވެއްޖެއެވެ. ފޭދޫ ފުޓް ބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމަކީ ރައީސް ޞާލިޙް އެ ރަށުގެ ޒުވާނުންނަށް ވެ ވަޑައިގެންފައިވާ ވަޢުދު ފުޅެކެވެ. އެކަން ފާހަގަ ކުރައްވައި ރައިސަމް ”ތިލަދުން” އަށް ވިދާޅުވީ، އެ މަސައްކަތް ފެށުމަށް ދަނޑުގެ ސަބް ބޭސް ހަދަން މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ބައެއް މެންބަރުންނާއި، އެރަށު […]

ޔުމްނާ ޢަލީ
ށ. ފޭދޫ އަށް ރައީސް ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން: ކައުންސިލް 📍 ށ. ފޭދޫ

ށ. ފޭދޫ އަށް ރައީސް ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން: ކައުންސިލް

ށ. ފޭދޫގެ ތަރައްގީއަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ފޭދޫ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ރައީސް ޞާލިޙާ މިއަދު ބައްދަލުކުރެއްވުމަށް ފަހު، ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް މިއަދު ”ތިލަދުން” އަށް ވިދާޅުވީ، މިއީ ރައީސަކު ފޭދޫގެ ކައުންސިލަކާ މި ގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރައީސް ޞާލިޙް ފޭދޫގެ ތަރައްގީއަށް ދެއްވާ އިސްކ...

މުޙައްމަދު ވަސީމް