މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޭދޫ (145 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
145 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޭދޫގެ އެންމެ ފަހުގެ ޚަބަރުތައް

145 ޚަބަރުގެ ތެރެއިން
ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ 📍 ށ. ފޭދޫ

ރައިސަމް ކަނޑިތީމު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ

ށ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް، ކަނޑިތީމު ދާއިރާގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަޖިލީހުގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ. ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ރައިސަމް ވަނީ މީސްމީޑިއާ މެދުވެރިކޮށް އެކަން ޢިއުލާން ކުރައްވާފައެވެ. ށ. އަތޮޅުގައި އެމްޑީޕީގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް އުޅޭ މެންބަރުން ތެރޭ ހިމެނިވަޑައިގަންނަވާ ރައިސަމް އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މަޖިލީހު ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ވިދާޅު...

ޔުމްނާ ޢަލީ
އެމްއެންޕީގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅާނަން: ނާޒިމް

އެމްއެންޕީގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އެރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވާ އެއް ކަމަކީ ފެންވަރުގެ ޕްރީސްކޫލެއް ކަމަށާއި ފޭ...

މުޙައްމަދު އަފްރާޙް
ފީވަކާއި ފޭދޫ ބަނދަރު ހުޅުއްވައިފި 📍 ށ. ފޭދޫ

ފީވަކާއި ފޭދޫ ބަނދަރު ހުޅުއްވައިފި

ށ. ފީވަކާއި ފޭދޫ ބަނދަރު، ރައީސް ސާޅިހު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. އެ ދެރަށުގެ ބަނަދަރު ރަސްމީކޮށް ހުޅުވައިދެއްވީ އެމަނިކުފާނު އެ އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފީވަކާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ. ފީވަކު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި ބޭރުތޮށި ޖެހުމާއި ރިވެޓްމެން...

މުޙައްމަދު އަފްރާޙް
މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު "ދަ ޑިމޮކްރެޓްސް" އަށް!

މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު "ދަ ޑިމޮކްރެޓްސް" އަށް!

އައްޑޫ ސިޓީ މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު ހާލިދާ މުހައްމަދު “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެ ޕާޓީ އަށް ސޮއި ކުރައްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫގައި ރޭ ބޭއްވި ޖަލްސާގައެވެ. ހާލިދާ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވިދާޅުވީ މިއީ އެ ޕާޓީއަށް […]

މުޙައްމަދު އަފްރާޙް
ށ. އަތޮޅުގެ ތިން ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އަށް 📍 ށ. ފޭދޫ

ށ. އަތޮޅުގެ ތިން ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އަށް

ށ. އަތޮޅުގެ 3 ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފޯކައިދޫ، ފީވަށް އަދި ފޭދޫގެ ސްވިމިން އޭރިއާ ހެދުމަށެވެ. މިއީ ޑިޒައިން އެންޑް ބިޑު އުސޫލުން ހަވާުކުރި މަސައްކަތެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާ އެވެ. މި އެއްބަސްވުމުގެ […]

މުޙައްމަދު އަފްރާޙް
ފޭދޫ ޓާފް ދަނޑު ނުނިމި ލަސްވާތީ ފަޅޯ ގަހާއި ކެޔޮ ގަސް އިންދައިފި 📍 ށ. ފޭދޫ

ފޭދޫ ޓާފް ދަނޑު ނުނިމި ލަސްވާތީ ފަޅޯ ގަހާއި ކެޔޮ ގަސް އިންދައިފި

ށ. ފޭދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރަމުގެ މަސައްކަތް ކުރަމުންދާ ބޯޅަ ދަނޑުގައި ބަޔަކު ރޭ ފަޅޯ ގަހާއި ކެޔޮގަސް އިންދައިފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، ޓާފް އަޅައިގެން ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ އެރަށު ދަނޑުގައި ބަޔަކު ރޭ ފަޅޯ ގަހާއި، ކެޔޮ ގަސް އިންދާފައިވާ ކަމަށެވެ. އެކަން ބަޔަކު ކޮށްފައި ވަނީ ދަނޑުގެ މަސައްކަތް ނުނިމި ދިގުލާތީ ހިތްހަމަނުޖެހިގެންކަމަށް ޤަބޫލު ކުރެއްވޭ ކަމަށް ވެސް ރައިޝަމް ވިދާޅުވިއެވެ. […]

ޔުމްނާ ޢަލީ
ށ. ފޭދޫ ގައި އަޅާ 8 ކުލާސް ރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ގައި އަޅާ 8 ކުލާސް ރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައިފި

ށ. ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ އެ މަސައްކަތް އަވަސްކޮށް ދިނުމަށް ފޭދޫ ކައުންސިލްގެ އަހްމަދު ރައިޝަމް ސަރުކާރަށް ގޮވާލައިފިއެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އެރަށު ރައިޝަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޭދޫއަކީ ސްކޫލްގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު ރަށެއް ކަމަށެވެ. އަދި މި ސަރުކާރުން އެރަށުގައި އަޅަންފެށި 8 ކުލާސް ރޫމް އާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވެފަވެއެވެ. މިކަމާއި ގުޅިގެން...

މުޙައްމަދު އަފްރާޙް
ށ. ފޭދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 1335 މީހުންގެ އާބާދީއެއް އޮންނަ ށ. ފޭދޫއަކީ ބިމުގެ ޖާގަ ތަނަވަސް، ގާމަތީ ރަށެކެވެ. އަފި އެ ރަށަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން މޫސުން ގޯސް ދުވަސްވަރު، ރަށު ބަނދަރު ބޭނުންކުރުމަކީ އޮޑިފަހަރުތަކަށް ދަތި އުނދަގޫކަމަކަށް ވަނީ ވެފައެވެ. މީގެ އިތުރުން ބ...

އަޙްމަދު ވަހީދު
ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ 📍 ށ. ފޭދޫ

ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ފޭދޫ ފިނޮޅު ކައިރީ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި އެކްސިޑެންޓު ހިނގާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:42 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުު ދީފައިވާ ކަމަށް ވެސް ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. އެކި...

މުޙައްމަދު އަފްރާޙް
ފޭދޫ ކުޅިއާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފުކޮށްފި 📍 ށ. ފޭދޫ

ފޭދޫ ކުޅިއާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފުކޮށްފި

ވޯލްޑް ވެޓްލޭންޑްސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ށ. ފޭދޫ ކުޅީ ސަރަހައްދާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ވޯލްޑް ވެޓްލޭންޑްސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ދެވަނަ ދުވަހެވެ. މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “ކުޅި، ފާ، ޗަސްބިން އިޢާދަކުރަންވީ ވަގުތު” މި އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ފޭދޫ ކުޅީ ސަރަހައްދާއި ޗަސް ބިން […]

އިބްރާހިމް ޚަލީލް
ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާނެ: ފޭދޫ ރައީސް 📍 ށ. ފޭދޫ

ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާނެ: ފޭދޫ ރައީސް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުވާނެ ކަމަށް ށ. ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެއްޖެއެވެ. ރައިޝަމް އަކީ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެ ޕްރައިމަރީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާފައިވާއިރު، ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަމުން ރައިޝަމް  ވިދާޅުވީ މިއަހަރު އޮންނަ ރި...

ޔުމްނާ ޢަލީ
ފޭދޫ ރަމްޒުކޮށްދޭ މޮނިއުމަންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޭދޫ

ފޭދޫ ރަމްޒުކޮށްދޭ މޮނިއުމަންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓް ފަރުމާ ކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމުގެ މަޤުޞަދަކީ އެ ރަށަށް އަރާފައިބާ ފަރާތްތަކަށް ރަށް ފަސޭހައިން ދެނެގަނެވޭނޭ މަގު ފަހިކޮށްދިނުމާއިއެކު އެ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދިނުމެވެ. ފޭދޫއަކީ މަސްވެރި، މަސައްކަތްތެރި، ހިތްހެޔޮ ހީވާގި ރައްޔިތުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެ ރަށުގެ ގިނަ ޒުވާނުން ޓްއަރިޒަމް ދާއިރާތަކުގަ...

އިބްރާހިމް ޚަލީލް
ފޭދޫ ކައުންސިލުން ތަރައްގީކުރި ޕްރީސްކޫލް ހުޅުވައިފި 📍 ށ. ފޭދޫ

ފޭދޫ ކައުންސިލުން ތަރައްގީކުރި ޕްރީސްކޫލް ހުޅުވައިފި

ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްގީކުރި ޕްރީސްކޫލް މިއަދު ހުޅުވައިފިއެވެ. މި ޕްރީސްކޫލް ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު 16:30 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް އެވެ. ފޭދޫގެ ހުޅުނގުކޮޅުގައި، ކައުންސިލް އިދާރާ ކައިރީ ތަރައްގީކޮށްފައިވާ މި ޕްރީސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޭދޫ ކައުންސިލަރުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން އެ ޕްރީސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މު...

ޙުސައިން ޝަހުދީ
ނަޝީދު ހޮވަންޖެހެނީ ލާމަރުކަޒީ ނިޒާމު ހެޔޮގޮތުގައި ކުރިއަށް ގެންދަން: ފޭދޫ ރައީސް 📍 ށ. ފޭދޫ

ނަޝީދު ހޮވަންޖެހެނީ ލާމަރުކަޒީ ނިޒާމު ހެޔޮގޮތުގައި ކުރިއަށް ގެންދަން: ފޭދޫ ރައީސް

ލާމަރުކަޒީ ނިޒާމު ހެޔޮގޮތުގައި ކުރިއަށް ގެންގޮސް ކައުންސިލަރުންނަށް ލިބެންޖެހޭ ބާރުތައް ލިބިދިނުމަށްޓައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ހޮވަން ޖެހޭ ކަމަށް ށ. ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު […]

ޔުމްނާ ޢަލީ
ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ ކައުންސިލްގެ ކަންބޮޑުވުން 📍 ށ. ފޭދޫ

ފޭދޫ ސްކޫލަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތް ނުނިމި ދިގުލާތީ ކައުންސިލްގެ ކަންބޮޑުވުން

ށ. ފޭދޫ ސްކޫލަށް އިތުރުކުރާ 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ދިގުލާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ ސްކޫލަކީ މިހާރު 7 ކިލާސް ރޫމް އެކުލެވޭ ސްކޫލެއް ކަމަށެވެ. އަދި އެ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް، ޖުމްލަ 224 ދަރިވަރުން އުނގެނެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްކޫލްގެ ޖާގައިގެ ދަތިކަމާހުރެ ދެ ދަންފަޅިއަށް ބަހައިގެން މެނޭޖް ނުކުރެވޭ ކަމަށެވެ. […]

ޔުމްނާ ޢަލީ