މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޭދޫ (145 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
145 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޭދޫގެ އެންމެ ފަހުގެ ޚަބަރުތައް

145 ޚަބަރުގެ ތެރެއިން
ޑްރަގް މައްސަލައެއްގައި ށ.ފޭދޫން ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

ޑްރަގް މައްސަލައެއްގައި ށ.ފޭދޫން ދެ މީހަކު ހައްޔަރުކޮށްފި

ށ.ފޭދޫގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި އޮޕަރޭޝަނެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނިގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވާ ބުދަ ދުވަހުގެ ވަގުތެއްގައި ށ.ފޭދޫގައި ހުންނަ ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކޮށްފައިވެއެވެ. މި ގޭތެރެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ދެ ކަރު...

ޔުމްނާ ޢަލީ
އިންޑިއާގެ ކާގޯ ބޯޓުން ކަނޑަށްވެއްޓުނު މީހާގެ ހަށިގަނޑު ފޭދޫފިނޮޅު ކައިރިން ފެނިއްޖެ

އިންޑިއާގެ ކާގޯ ބޯޓުން ކަނޑަށްވެއްޓުނު މީހާގެ ހަށިގަނޑު ފޭދޫފިނޮޅު ކައިރިން ފެނިއްޖެ

‏އިންޑިއާގެ ކާގޯ ބޯޓުން ކަނޑަށްވެއްޓިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ފޭދޫފިނޮޅު ކައިރިން ފެނިއްޖެއެވެ. ‏ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު “އެމްއެސްވީ ޑައުލާ”އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ހޯމަ ދުވަހު ބުނެފައެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުނީ ހޯމަ ދުވަހުގެ 23:35 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ކުރިން ބުނެފައެވެ. […]

ޔުމްނާ ޢަލީ
ކުނި މެނޭޖުކުރުމަށާއި މިސްކިތް ބެލެހެއްޓުމަށް މުވައްޒަފުން ނުނެގި ލަސްވާތީ ށ.ފޭދޫ ކައުންސިލްގެ ކަންބޮޑުވުން 📍 ށ. ފޭދޫ

ކުނި މެނޭޖުކުރުމަށާއި މިސްކިތް ބެލެހެއްޓުމަށް މުވައްޒަފުން ނުނެގި ލަސްވާތީ ށ.ފޭދޫ ކައުންސިލްގެ ކަންބޮޑުވުން

ށ. ފޭދޫ ކައުންސިލުން ދެމުންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތަށާއި، އެރަށު މިސްކިތް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ނެގުން ލަސްވެފައިވާތީ، އެ ރަށު ކައުންސިލުން ކަން ބޮޑުވުންފާޅުކޮށްފިއެވެ. މިކަންބޮޑުވުން ފާޅުކޮށް ފޭދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު ފަހުގެ އިސްލާޙްގެ ދަށުން ކައުންސިލްތަކުގެ ދައުރު ހަަމަވާން އަހަރަކަށްވުރެ ކުރު މުއްދަތެއް އޮތްނަމަ ކައުންސިލްތަކަށް މުވައްޒަފުންނެގުމު ބާރު ކައުންސިލްތަކަށް ނޯންނާތީ، އެ ކައުންސިލުން ދެމުންދާ ކުނި މެނޭޖްކުރުމ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ށ.ފޭދޫ އިން މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

މަސްތުވާތަކެއްޗާއެކު ށ.ފޭދޫ އިން މީހަކު ހައްޔަރުކޮށްފި

ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި މަހު 7 ވަނަ ދުވަހު ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / ޒަމާނީވިލާ، މުޙައްމަދު ޝާމް (27އ) އެވެ.  ފުލުހުން އޭނާ ހ...

އައިޝަތު އައިނީ އާމިރު
އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރާ ގެެއްލުންތަކެއް

އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރާ ގެެއްލުންތަކެއް

އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުންތަކެއްވެއްޖެއެވެ. އި ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނީ، މިއަދު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެންޑީއެމްއޭ އިން ބުނިގޮތުގައި މި ނަގޫރޯޅި އެރުމުގެ ސަބަބުން މަރަދޫ ފޭދޫގެ 6 ގެއަކަށް ވަނީ ގެއްލުންތަކެއްވެފައެވެ. އެހެންވެ އެ ގޭތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ކުރަނުން އަންނަކަމަށް ވެސް އެ […]

ޔުމްނާ ޢަލީ
ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ށ. ފޭދޫ

ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ.ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންތަކުން މ...

އިބްރާހިމް ޚަލީލް
އެއަރޕޯޓުން 7 މިނެޓުން ދެވޭ "ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސް" މި މަހު ހުޅުވަނީ 📍 ށ. ފޭދޫ

އެއަރޕޯޓުން 7 މިނެޓުން ދެވޭ "ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސް" މި މަހު ހުޅުވަނީ

ތައިލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން ޑުސިޓް ހޮޓެލްސް އެންޑް ރިސޯޓްސްއިން އެ ކުންފުނީގެ ފުރަތަމަ އޯލް-އިންކްލޫސިވް ލައިފްސްޓައިލް ރިސޯޓް، ޑުސިޓްޑީ2 ފޭދޫ މޯލްޑިވްސް ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ. އޭޝިއާގެ އެންމެ ވަރުގަދަ އެއް ހޮޓެލްޗެއިން، ތައިލެންޑްގެ ދުސިތު އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވާ ޑުސިޓް ބްރޭންޑްގެ ދެވަނަ ޕްރޮޕަޓީއެވެ. މީގެ 13 އަހަރު ކުރިން ބ. މުއްދޫގައި ހުޅުވި ފަސްތަރީގެ ރިސޯޓަކީ އެ ކުންފުނީގެ ފުރަތަމަ ރިސޯޓެވެ. މިމަހުގެ 27 ގައި ސޮފްޓް އޯޕަނިންގ ބޭއްވުމަށް ހަމަޖެހިފައިވާ މި...

އިބްރާހިމް އަސްވާޤް
ށ.ފޭދޫގައި މާރާމާރި ހިންގި ކުޅުންތެރިޔާއާމެދު ހަރުކަށި ފިޔަވަޅު އަޅައިފި 📍 ށ. ފޭދޫ

ށ.ފޭދޫގައި މާރާމާރި ހިންގި ކުޅުންތެރިޔާއާމެދު ހަރުކަށި ފިޔަވަޅު އަޅައިފި

ށ. ފޭދޫ ގައި ކުރިއަށް ގެންދިޔަ ކައުންސިލް ކަޕް 2025 ގައި ކުޅުންތެރިއަކު ކުޅިވަރުގެ ރޫހާ ހިލާފު އިޖުތިމާއީ މިންގަނޑުން ބޭރު ޢަމަލެއް ހިންގުމުގެ ސަބަބުން ޖޫރިމަނާކޮށް ސަސްޕެންޑްކޮށްފިއެވެ. ފޭދޫ ކައުންސިލް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި “ޑާކްވުޑް ސްޕޯޓްސް ކްލަބް” ގެ ޖާރޒީ ނަންބަރު 11 ކުޅުންތެރިޔާ ވަނީ ނުފޫޒް ޓީމުގެ ޖާޒީ ނަންބަރު 13 ބޯޅަ ހިފައިގެން ދަނިކޮށް މެދުހަށީގައި ހިފައި ވައްޓާލައި ފައިން އެ ކުޅުންތެރިޔާގެ ބޮލަށް ހަމަލާދީފައެވެ.  މިކަމާއި ގުޅޭގޮތުން […]

އައިޝަތު އައިނީ އާމިރު
ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ށ. ފޭދޫ

ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ށ. ފޭދޫ، ނޫމަރާ އަދި ބިލެތްފަހީގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. އެގޮތުން މި ތިން ރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަދި މި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށު ކައުންސިލް މެ...

އައިޝަތު އައިނީ އާމިރު
ފޭދޫ ކައުންސިލުން އެރަށު ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކޮށްދެނީ 📍 ށ. ފޭދޫ

ފޭދޫ ކައުންސިލުން އެރަށު ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކޮށްދެނީ

ށ. ފޭދޫ ސްކޫލްގެ ކްލާސްރޫމަތައް އޭސީ ކުރުމުުގެ ގޮތުން އެކަމަށް ބޭނުންވާ ކަރަންޓް ވަޔަރ ކުރުމުގެ ސާމާނާއި އޭސީ ފޭދޫ ކައުންސިލުން އެރަށު ސްކޫލަށް ހަވާލުކޮށްދީފިއެވެ. ށ. ފޭދޫ ކައުންސިލްގެ ރައީސް އަޙުމަދު ރައިޝަމް “ތިލަދުން” އަށް މައުލޫމާތުދެއްވައި ވިދާޅުވެފައިވަނީ، ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް ހާސްކަމާއި، އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ތަޢުލީމު ހާސިލްކުރުމަށް ދަތިވެ، ކިޔެވުމަށް ބަހައްޓަން ޖެހޭ ޝައުޤުވެރިކަން ދައްވާކަމަށް ފާހަގަ ކުރެވޭކަމަށެވެ.  އެހެ...

އައިޝަތު އައިނީ އާމިރު
ފޭދޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ 📍 ށ. ފޭދޫ

ފޭދޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:29 ހާއިރު ސައިކަލަކާއި ކާރެއް ޖެހިގެންކަމަށް ފުލުހުން މީޑިއާތަކަށް މަޢުލޫމާތުދީފައިވެއެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި އެކްސިޑެންޓުގައި ސައިކަލު ދުއްވަމުން ދިޔަ ފޭދޫ / އުލްފަތު އިބްރާހިމް ސިޔާދު (36 އަހަރު) ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާ ވަގުތުން ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށ...

އަލީ އާދިލް
ފޭދޫގައި މަދިރިން ރައްކާތެރިވުމަށް ފޮގް ކުރުމުގެ މަސައްކަތް ފަށައިފި

ފޭދޫގައި މަދިރިން ރައްކާތެރިވުމަށް ފޮގް ކުރުމުގެ މަސައްކަތް ފަށައިފި

ށ. ފޭދޫ ކައުންސިލްގެ ފަރާތުން ރަމަޟާން މަހާ ދިމާކޮށް ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށައިފިއެވެ. ށ ފޭދޫ އަކީ އާދައިގެ ވަރަކަށް ގަސް ބޯ ރަށެއް ކަމުން މަދިރީގެ އުނދަގޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޖެހެއެވެ. އެހެންކަމުން މަދިރި ކޮންޓްރޯލް ކުރުމަށް އިއްޔެ ކައުންސިލުން މި ފެށި މަސައްކަތް، ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހާ ހަމަ އަށް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލް ގެ ރައީސް އަހުމަދު ރައިޝަމް މައުލޫމާތުދެއްވިއެވެ. އިއްޔެ […]

އައިޝަތު އައިނީ އާމިރު
ށ.ފޭދޫގައި ވެސް ރޯދަމަހުގެ ކުނި ފީ މާފު! 📍 ށ. ފޭދޫ

ށ.ފޭދޫގައި ވެސް ރޯދަމަހުގެ ކުނި ފީ މާފު!

ށ. އަތޮޅު ފޭދޫ ކައުންސިލުން މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް، އެރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބީސީ އަކުން ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ނިންމުން ނިންމާފައި ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންގެ މަންފާ އަށްޓަކައި ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ. […]

އައިޝަތު އައިނީ އާމިރު
އިސްރަށްވެހިންނަށް ހާއްސަކޮށްގެން އުރީދޫގެ "ގްރޯ ވިތް އުރީދޫ" ސެޝަނެއް ސ. ފޭދޫގައި

އިސްރަށްވެހިންނަށް ހާއްސަކޮށްގެން އުރީދޫގެ "ގްރޯ ވިތް އުރީދޫ" ސެޝަނެއް ސ. ފޭދޫގައި

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދަމުންދާ ގްރޯ ވިތް އުރީދޫގެ ސެޝަނެއް އައްޑު އަތޮޅު ފޭދޫގައި (25 ނޮވެމްބަރ 2024) ގައި ބާއްވާފިއެވެ. އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު މި ސެޝަނުގައި ގޭގައި ގަސްއިންދުމާއި ހެއްދުމަށް ކުރެވިދާނެ ކަންކަން ކިޔާދީ އަމަލީ ސެޝަނެއްވެސް ކުރިއަށް ގެންދެވުނެވެ. މި ސެޝަން ކުރިއަށް ގެންދެވުނީ ސ. ފޭދޫ އަވަށު އޮފީހާ ގުޅިގެންނެވެ. މި ސެޝަން ނަގައިދިނީ އުރީދޫގެ “ގްރޯ ވިތް އުރީދޫ” ބްރޭންޑް އެމްބެސެޑަރ ރަމްޒީ ހުސައިން އެވެ. މި […]

އިބްރާހިމް އަސްވާޤް
އެއްވަނައަށް އުމްރާ ދަތުރެއް ދޭ، ފޭދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ށ. ފޭދޫ

އެއްވަނައަށް އުމްރާ ދަތުރެއް ދޭ، ފޭދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1446، ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފޭދޫގައި ރަށްވެފިވެފައިވާ ފަރާތްތަކާއި، ރަށްވެހިވެފައިވާ ފަރާތްތަކުގެ ދަރިންނާއި، އެ ރަށުގައި ރަށްވެފިވެފައިވާ ރައްޔިތަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ ފަރާތްތަކާއި، ރަޖިސްޓަރީ ކޮށްގެން އެ ރަށުގައި ހިންގާ ޤުރުއާން ކްލާސްތަކުގެ ދަރިވަރިންގެ އިތުރުން އެ ރަށު ސްކޫލްތަކުގެ ދަރިވަރުންނަށެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަ...

އިބްރާހިމް ޚަލީލް