މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ފުނަދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް އެރަށު ކައުންސިލުން ދޭ އިނާމް ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް އެރަށު ކައުންސިލުން ދޭ އިނާމް ހަވާލުކޮށްފި

ށ. ފުނަދޫ ސްކޫލްގެ 2019 އަދި 2020 ވަނަ އަހަރުގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އެރަަށު ކައުންސިލުންދޭ އިނާމް ފުނަދޫ ސްކޫލާއި ހަވާލުކޮށްފިއެވެ. ފުނަދޫ ސްކޫލްގެ ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރުއަޅައި، ހިތްވަރު ދިނުމުގެ ގޮތުން ފުނަދޫ ކައުންސިލުން ފުނަދޫ ސްކޫލްގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލްރައުންޑު ސްޓޫޑަންޓް) އަށް ކޮންމެ އަހަރަކު ދެމުން އަންނަނީ ލެޕްޓޮޕެކެވެ. މިގޮތުން 2019 އަދި 2020 […]

ޔުމްނާ ޢަލީ
ރައީސް މައުމޫންގެ ޒަޢާމަތުގައި ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު 📍 ށ. ފުނަދޫ

ރައީސް މައުމޫންގެ ޒަޢާމަތުގައި ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި ށ. ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވައިފި އެވެ. ފުނަދޫ ކައުންސިލުން މިއަދު ބުނީ ރައީސް މައުމޫނަށް ޝުކުރު ދަންނަވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ އަރިހަށް ފުނަދޫ ކައުންސިލްގެ މުވައްޒަފުންނާއި ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީން ކުރި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންކަމަށޭވެ. މިބައްދަލުވުމުގެ ފޮޓޯތައް ހިއްސާ ކުރައްވަމުން ރައީސް މައުމ...

އިބްރާހިމް އަސްވާޤް
މާދަމާ ފުނަދޫގައި އެމްޓީސީސީގެ އޯޕަންޑޭއެއް

މާދަމާ ފުނަދޫގައި އެމްޓީސީސީގެ އޯޕަންޑޭއެއް

މާދަމާ ށ. ފުނަދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ މާދަމާ މެންދުރު 2 އިން ހަވީރު 5 އަށް ފުނަދޫ ކައުންސިލް ހޯލުގައެވެ. މި އޯޕަންޑޭ އަކީ އެމްޓީސީސީގައި ހުރި ވަޒީފާ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީ ވަޒީފާއަށް އެދުމުގެ ފުރުސަތު ދޭން ބާއްވާ ހަރަކާތެކެވެ. އެމްޓީސީސީގައު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ޑްރެޖް މާސްޓާ އާއި އޮޕަރޭޓަރާއި އޮޕަރޭޓާ ޓްރެއިނީ […]

އަޙްމަދު ވަހީދު
ފުނަދޫގައި ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގަނީ 📍 ށ. ފުނަދޫ

ފުނަދޫގައި ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ ކައުންސިލާއި، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ވިދާ...

އިބްރާހިމް ޚަލީލް
އެހެންރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ދަނޑު ހަދަން ވެލި ގެނައުމަކީ އެދޭގޮތެއް ނޫން: ފުނަދޫ ކައުންސިލް 📍 ށ. ފުނަދޫ

އެހެންރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ދަނޑު ހަދަން ވެލި ގެނައުމަކީ އެދޭގޮތެއް ނޫން: ފުނަދޫ ކައުންސިލް

އެހެން ރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ފުނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އެރަށަށް ވެލި ގެނައުމަކީ ފުނަދޫ ރައްޔިތުންނާއި، އެ ކައުންސިލް ވެސް އެދޭގޮތެއް ނޫންކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ށ. ފޯކައިދޫ ބަނދަރު ސަރަހައްދުން ނަގާފައިވާ ވެލިން ވެލި އެހެން ރަށަކަށް ގެންދާތީ އެރަށުގެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެރަށުގެ ބައެއް މީހުން މީސްމީޑިއާގައި މިކަމާއި ނުރުހި ޝުޢޫރުފާޅުކުރަމުންދާއިރު، އަދި އެރަށު ބައެއް މީހުން ވަނީ ބަނދަރު ސަރަޙައްދެއް އެއް ވެ...

އަލީ އާދިލް
މަޚްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން: ފުނަދޫ ކައުންސިލް 📍 ށ. ފުނަދޫ

މަޚްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން: ފުނަދޫ ކައުންސިލް

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޚްމަދު މަހްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން ކަމަށާއި، ރައްޔިތުންގެ މަޖިލިސްގައި އެކައުންސިލާއި ގުޅުވައިގެން މިނިސްޓަރު ހެއްދެވީ އިތުރުފުޅުކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާޙިދު ވަނީ ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހިނގާތާ ގިނަ ދުވަސްވެ، އެ މަސައްކަތް ނުނިމި ލަސ...

އައިޝަތު ނަސާޔާ
އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ: ޝާހިދު 📍 ށ. ފުނަދޫ

އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ: ޝާހިދު

އަންހެނުން ބާރުވެރިކޮށް، ހައްގު މަގާމު ހޯދައި ދިނުމަކީ އެމްޑީޕީން ކުރަމުން އަންނަ މަސައްކަތެއްކަމަށާއި، އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހަޅުއްވާފައިވާ އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވ...

އަލީ އާދިލް
ފުނަދޫގައި ކުދިއަށްގެންދިޔަ "ހަފުތާ ރެސް" ޕްރޮގްރާމް ނިންމާލައިފި

ފުނަދޫގައި ކުދިއަށްގެންދިޔަ "ހަފުތާ ރެސް" ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ “ހަފުތާ ރެސް” ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް ކުރިއަށް ގެންދާ “ހަފްތާ ރެސް” ޕްރޮގްރާމް ފުނަދޫގައި ކުރިއަށް ގެންގޮސްފައި ވަނީ މި މާރިޗް މަހުގެ 22 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ފުނަދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، މިނިސްޓްރީއޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން...

އައިޝަތު ނަސާޔާ
ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީސްކޫލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި 📍 ށ. ފުނަދޫ

ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީސްކޫލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީ ސްކޫލް އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިއެއްބަސްވުމަކީ ށ. ފުނަދޫ އަންހެނުންގެ ކޮމެޓީގެ ބެލުމުގެ ދަށުން ހިންގާ އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) ޕްރީ ސްކޫލާއި ދެމެދު ވެވުނު އެއްބަސް ވުމެއްކަމަށް ކޮއްކޮމެން ޕްރީ ސްކޫލުން ހާމަކުރެއެވެ. ކޮއްކޮމެން ޕްރީ ސްކޫލުން އިތުރަށް ވިދާޅުވީ މިއީ، ޕްރީ ސްކޫލުތަކަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ސޮއި ކުރި އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމު...

އަލީ އާދިލް
ށ. ފުނަދޫގައި "އަވަށްޓެރި ޕޮލިސް" ތައާރަފް ކުރަނީ 📍 ށ. ފުނަދޫ

ށ. ފުނަދޫގައި "އަވަށްޓެރި ޕޮލިސް" ތައާރަފް ކުރަނީ

ށ. ފުނަދޫގައި “އަވަށްޓެރި ޕޮލިސް” ތައާރަފް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ. މިކަމާއި ގުޅޭގޮތުން “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ “އަވަށްޓެރި ޕޮލިސް” ތައާރަފްކުރުމަށް އެރަށުގެ ފުލުހުން އިއްޔެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން މިބައްދަލުވުމުގައި އެރަށުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނަ...

އައިޝަތު ނަސާޔާ
ފުނަދޫގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް ސޮއިކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް ސޮއިކޮށްފި

ށ. ފުނަދޫގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ކަމަށެވެ. މިރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުންވެސް ބައެއް ބޭފުޅުން ބައިވެރިވެފައިވެ އެވެ. އެގޮތުން 3 ދުވަސްތެރޭ...

އައިޝަތު ނަސާޔާ
ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 3" އަންނަ ހޮނިރު ދުވަހު ބާއްވަނީ 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 3" އަންނަ ހޮނިރު ދުވަހު ބާއްވަނީ

  އަންހެނުންގެ ދުވަހާއި ގުޅިގެން ށ . ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ގެންދާ “ދަންދާނަ ބާޒާރު” ސިލްސިލާގެ ތިން ވަނަ ބާޒާރު، “ދަންދާނަ 3” އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ ބާޒާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ، މިފަހަރުގެ ދަންދާނަ ޕްރޮގްރާމް ކުރިއަ...

އައިޝަތު ނަސާޔާ
ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފުނަދޫ

ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ

ށ. ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ލޭންޑްޔޫސް ޕްލޭން ހަދަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 24 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ. އަދި މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތ...

އައިޝަތު ނަސާޔާ
ށ. އަތޮޅުގެ އެންމެ ރަނގަޅު ކައުންސިލްގެ މަގާމު އަނެއްކާ ވެސް ފުނަދޫއަށް 📍 ށ. ފުނަދޫ

ށ. އަތޮޅުގެ އެންމެ ރަނގަޅު ކައުންސިލްގެ މަގާމު އަނެއްކާ ވެސް ފުނަދޫއަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ށ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަނެއްކާވެސް ފުނަދޫ ކައުންސިލް ހޮވިއްޖެއެވެ. 2019 ވަނަ އަހަރު ވެސް އެ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައި ވަނީ އެ ކައުންސިލެވެ. މިކާމިޔާބާއެކު ފުނަދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ ކުރީ ދައުރާއި، މި ދައުރުގެ ކައުންސިލް މެންބަރުންނަށާއި، ކައުންސިލްގެ މުވައްޒަފުންނަށް މަރުޙަބާ ކިޔާފައެވެ. […...

ޙުސައިން ޝަހުދީ
ފުނަދޫ ކައުންސިލުގެ ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުގެ ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ކައުންސިލުގެ ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފުނަދޫ ޑްރައިވިން ޓްރެކް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބާޒާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 29، 30 އަދި 31 ގެ ނިޔަލަށް ޖުމްލަ ތިންދުވަހަށެވެ. މި ބާޒާރާއި ގުޅޭގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ފުޅު “ތިލަދުން” އަށް ވިދާޅުވެފައި ވަނީ މިއީ އެ ކައުންސިލުން މިގޮތަށް ކުރިއަށް […]

އިބްރާހިމް ޚަލީލް