މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ސެމީފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއަށް
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއިން ކަށަވަރު ކޮށްފިއެވެ. ފުނަދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައި މިވަނީ ގްރޫޕް ސީގައި އެ ޓީމުން ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އިއްޔެ ގްރޫޕް ސީގައި ފުނަދޫ ބައްދަލު ކޮށްފައި ވަނީ ޅައިމަގާއެވެ. މި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބު […]