މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ށ.އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ކޮމެޓީތަކުގެ އެވޯޑު ފުނަދޫ, ބިލެތްފަހި އަދި ގޮއިދޫ ކޮމިޓީއަށް 📍 ށ. ފުނަދޫ

ށ.އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ކޮމެޓީތަކުގެ އެވޯޑު ފުނަދޫ, ބިލެތްފަހި އަދި ގޮއިދޫ ކޮމިޓީއަށް

ށ. އަތޮޅުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހާއްސަކޮށްގެން، އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކޮންމެ އަހަރަކު ދޭ “މާރެސް އެވޯޑު” އެ އަތޮޅު ފުނަދޫ، ބިލެތްފަހި އަދި ގޮއިދޫ އިން ހާސިލްކޮށްފިއެވެ. މި އެވޯޑު ހަވާލުކޮށްފައިވަނީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ށ. ބިލެތްފަހީގައި ބޭއްވި ޤައުމީ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.  މާރެސް އެވޯޑަށް ށ. އަތޮޅުގެ ޑަބްލިއުޑީސީތަކުން ކުރިމަތިލައ...

އައިޝަތު އައިނީ އާމިރު
ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް 📍 ށ. ފުނަދޫ

ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބޭއްވި “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތުގެ ޗެމްޕިއަންކަން، އެ އަތޮޅު ކޮމަންޑޫއަށް ނިސްބަތްވާ، ކޮމަންޑޫ ސްޕޯޓްސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ފުނަދޫ ވޮލީ ކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލުކުރީ ކޮމަންޑޫ ސްޕޯޓްސްއާއި ޒޮލޭންއެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫ ސްޕޯޓްސް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 30/28، 25/19، […]

އިބްރާހިމް ޚަލީލް
ފުނަދޫ އަންހެނުންގެ ކޮމެޓީން ޖިމް ތަމްރީން ޕްރޮގްރާމަށްފަހު ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީން ޖިމް ތަމްރީން ޕްރޮގްރާމަށްފަހު ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް

ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށުގައި ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ފުނަދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމަކީ އޯގަސްޓް 10 އިން 20 އަށް ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނެކެވެ. މި ޕްރޮގްރާމްގެ ނިމުން އިއްޔެ ފާހަގަކޮށްފައިވާއިރު، ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މިކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި […]

ޔުމްނާ ޢަލީ
ފުނަދޫ ޔުނިޓީ ކަޕަށް ގިނަ ބަޔެއްގެ ސަމާލުކަން، ގިނަ ބިދޭސީ ކުޅުންތެރިންތަކަކާއެކު ފޯރި ގަދަވާނެ 📍 ށ. ފުނަދޫ

ފުނަދޫ ޔުނިޓީ ކަޕަށް ގިނަ ބަޔެއްގެ ސަމާލުކަން، ގިނަ ބިދޭސީ ކުޅުންތެރިންތަކަކާއެކު ފޯރި ގަދަވާނެ

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ މުބާރާތަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައެވެ. މި މުބާރާތަށް ގިނަބަޔެއްގެ ސަމާލުކަން އަމާޒުވެފައިވާ އެއް ކަމަކީ މި މުބާރާތުގައި ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެތީއެވެ. މި މުބާރާތުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީ 27 ކުޅުންތެރިން ކުޅޭނެއެވެ. އަދި އޮފިޝަލުންގެ ގޮތުގައި ބިދޭސީ 3 މީހަކު ހަރަކާތްތެރިވާނެއެވެ. މި […]

ޔުމްނާ ޢަލީ
ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް 📍 ށ. ފުނަދޫ

ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް

ށ.ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފުނަދޫގެ އުތުރުން، ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. އެ ރަށް ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ފުނަދޫ ކައުންސިލާއި ދެމެދުވެފައިވާ އެއްބަސް...

އިބްރާހިމް ޚަލީލް
ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި 📍 ށ. ފުނަދޫ

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިރޭ ތަސްދީޤުކުރައްވައިފިއެވެ. މި ބިލުގައިވާ އިޞްލާޙުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ހިންގާ ވިޔަފާރީގެ ހަރަކާތްތަކުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު މާލީ މުހިންމު ކަންކަން ނިންމާނެ އުސޫލުތައް ބަޔާން...

ޔުމްނާ ޢަލީ
ފުނަދޫ ޔުނިޓީ ކަޕް ވޮލީމުބާރާތް މި މަހު 21 ގައި ފަށަނީ 📍 ށ. ފުނަދޫ

ފުނަދޫ ޔުނިޓީ ކަޕް ވޮލީމުބާރާތް މި މަހު 21 ގައި ފަށަނީ

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތް މި މަހު 21 ވަނަ ދުވަހު ފަށާނެއެވެ. މި އަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ފުންދޫ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ފޯސް، ފޯޓީ ޕްލަސް، ޒޮލޭން އެފްވީސީ އަދި މެކްސް އެސްސީ އެވެ. ރަށުން ބޭރުންވާދަކުރާ ތިން ޓީމަކީ ކޮމަންޑޫ ސްޕޯޓްސް ކްލަބް، ޖޭޑަބްލިއު މެރިއޮޓް އަދި މާއުނގޫދޫ […]

އިބްރާހިމް ޚަލީލް
ށ.އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދަން ފުނަދޫ ކައުންސިލާއި ހަވާލުކޮށްފި 📍 ށ. ފުނަދޫ

ށ.އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދަން ފުނަދޫ ކައުންސިލާއި ހަވާލުކޮށްފި

ށ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު އަތޮޅު ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަތޮޅު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށާއި އެކި ކަންކަމަށް އެހީތެރިވުމުގެ ގޮތުން ފުނަދޫ ކައުންސިލާއި އެކު އެމް.އޯޔޫގައި ސޮއިކޮށްފިއެވެ. މި އަހަރުގެ މި މުބާރާތް ހޯސްޓްކުރުމަށް ށ. އަތޮޅު ކައުންސިލުން ހުށަހެޅި އިރު އެއްވެސް ރަށަކުން ކުރިމަތިލާފައިނުވާތީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ ފުނަދޫގައެވެ. އެގޮތުން ށ. އަތޮޅު ކައުންސިލުން “ތިލަދުން” އަށް ބުނިގޮތުގައި...

އައިޝަތު އައިނީ އާމިރު
އުރީދޫ މަސްރޭސް މި އަހަރު، ހުރާ އާއި ށ. ފުނަދޫ ގައި 📍 ށ. ފުނަދޫ

އުރީދޫ މަސްރޭސް މި އަހަރު، ހުރާ އާއި ށ. ފުނަދޫ ގައި

އުރީދޫ މަސްރޭސް މި އަހަރު 2 ރަށެއްގައި ބޭއްވުމަށް ނިންމައިފި އެވެ. ދިވެހީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް އޮތް އުރީދޫ މަސްރޭސް މި އަހަރު އޮންނާނީ ކ. ހުރާ އާއި ށ. ފުނަދޫގައެވެ. އުރީދޫ އިން ބުނީ 80,000 ވުރެ ގިނަ ރުފިޔާގެ އިނާމާއެކު އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ބާއްވާ އުރީދޫ މަސްރޭސް ހުރާގައި އޮންނާނީ އޮގަސްޓް 22 […]

އިބްރާހިމް އަސްވާޤް
ދިއްދޫ އާއި ފުނަދޫ ހިމެނޭހެން 15 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓް ޤާއިމްކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ އާއި ފުނަދޫ ހިމެނޭހެން 15 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓް ޤާއިމްކުރަނީ

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ އާއި ށ. އަތޮޅުގެ ވެރިރަށް ފުނަދޫ ހިމެނޭހެން ފަބްލިކް ވާރކްސް ގެ ޚިދުމަތް ކުރިން ނުދޭ 15 އަތޮޅެއްގައި 15 ރަށެއްގައި ޔުނިޓްތައް ޤާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. އެގޮތުން މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޚިދުމަތްތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމާފައިވާ ނިންމުމުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަ...

އައިޝަތު އައިނީ އާމިރު
''ނަލަވެށި-ށަވިޔަނި'' ޕްރޮގްރާމުގެ ދަށުން ފުނަދޫގެ ގޮނޑުދޮށް ސާފުކޮށްފި 📍 ށ. ފުނަދޫ

''ނަލަވެށި-ށަވިޔަނި'' ޕްރޮގްރާމުގެ ދަށުން ފުނަދޫގެ ގޮނޑުދޮށް ސާފުކޮށްފި

ދުނިޔޭގެ ކަނޑުތަކާއި ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ނަލަވެށި ށަވިޔަނި 2025” ޕްރޮގްރާމުގެ ދަށުން ށ. ފުނަދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ފުނަދޫ ދަށްފަޅުގެ އިރުމަތި އަދި ހުޅަނގު ފަރާތު ހޭޅި ސަރަހައްދާއި ނިކަގަސް ބީޗުގެ ސަރަހައްދުތައް ހިމެނޭހެން ފުނަދޫ ކައުންސިލާއި އެރަށު މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ރައްޔިތުން ވަނީ ސާފުކޮށްފައެވެ. ފުނަދޫ ކައުންސިލުގެ ރައީސް އަޙުމަދު އިބްރާހީމްފުޅު “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި މަސައްކަތުގެ ދަށުން...

އައިޝަތު އައިނީ އާމިރު
އިހަވަންދު އާއި ށ.ފުނަދޫ ހިމެނޭހެން 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދު އާއި ށ.ފުނަދޫ ހިމެނޭހެން 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. އިހަވަންދު އާއި ށ.ފުނަދޫ ހިމެނޭހެން 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާން ކޮށްފިއެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ. އިސްލާމީ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިއްޔެވެ. މި މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ އަގު 102،000 ރުފިޔާ އާއި 126،000 ރުފިޔާއާ ދެމެދުގައި ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. […]

އިބްރާހިމް އަސްވާޤް
ފުނަދޫއަށް އުދައެރުން، ނަރުދަމާގެ މެއިން ޕަމްޕްސްޓޭޝަން ގިރާލުމުގެ ބިރު! 📍 ށ. ފުނަދޫ

ފުނަދޫއަށް އުދައެރުން، ނަރުދަމާގެ މެއިން ޕަމްޕްސްޓޭޝަން ގިރާލުމުގެ ބިރު!

ށ.ފުނަދޫއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ މެއިން ޕަމްޕްސްޓޭޝަން ގިރާލައި އެ ނިޒާމަށް ގެއްލުންވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އެ ރަށަށް އުދައެރުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ބުނީ ކުރިން ދުވަހު ވެސް އެރަށަށް އުދައަރާފައިވާ ކަމަށާއި ނަމަވެސް އިއްޔެ (27 ޖޫން) މާބޮޑަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ އިއްޔެ އުދައަރާފައި ވަނީ ރަށުގެ ދެކުނު ފަރާތުން ކަމަށާއި، އުދައެ...

އިބްރާހިމް ޚަލީލް
މަސްތުވާތަކެއްޗާއެކު ފުނަދޫ އިން މާލޭ މީހަކު ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

މަސްތުވާތަކެއްޗާއެކު ފުނަދޫ އިން މާލޭ މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހު 10 ވަނަ ދުވަހު ފުނަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ސާޖު/ މާލެ، އަބްދުالله މުޙައްމަދު ޙަބީބް (44އ) އެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައ...

އައިޝަތު އައިނީ އާމިރު
ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފި 📍 ށ. ފުނަދޫ

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ށ. ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންތައް ފެށިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ. އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނީ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އަހްމަދު މުބީން ވިދާޅުވީ، “މިދަނޑިވަޅުގައި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހ...

އިބްރާހިމް އަސްވާޤް