މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ށ. ފުނަދޫގައި 20 ޓަނުގެ އައިސް ޕްލާންޓެއް ހަދަން ހަވާލުކޮށްފި 📍 ށ. ފުނަދޫ

ށ. ފުނަދޫގައި 20 ޓަނުގެ އައިސް ޕްލާންޓެއް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫގައި 20 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަށް އެގްރީމެންޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެރަށުގެ ކުންފުންޏެއް ކަމަށްވާ އީ.އޭ.ފައިވް އިންވެސްޓްމެންޓާއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާޅުވީ މި ކަމަށް ބިން ހަވާލުކުރީ 25 އަހަރު ދުވަހަށް ކަމަށެވެ. އަދި މި އެއްބަސްވުމުގައި އީ.އޭ.ފައިވް ގެ ފަރާތުން ސޮއިކޮށްފައިވަނީ  އީސާ އިސްމާއިލް އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަޙްމ...

އައިޝަތު ނަސާޔާ
ފުނަދޫ އާންމު ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ފުނަދޫ އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ސަބަބުން އަރާފޭބުން މަނާކޮށްފައި އޮތް ށ. ފުނަދޫ އާންމު ހާލަށް މިއަދު ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެއީ، އެރަށުގައި ހޯމްކަރަންޓީނުގައި ހުރި މީހެއް ކަރަންޓީން ފުރިހަމަކޮށް ނެގި ސާމްޕަލް މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން އިތުރު ކޭސްތައް ފެންނާތީ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. 22 އޮކްޓޯބަރު ކޭހާއިގުޅިގެން އިތުރުވަމުން އައި ކޭސްތަކާއެކު ފުނަދޫގެ 50 ގޭބިސީ […]

ޔުމްނާ ޢަލީ
ފުނަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް 📍 ށ. ފުނަދޫ

ފުނަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް

ށ. ފުނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފި އެވެ. ފުނަދޫ ކައުންސިލުން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކައް ބަލާއިރު، ރޭ އެކަނިވެސް އެރަށުން ވަނީ 8 ފަރާތެއް ޕޮޒިޓިވް ވެފައެވެ. މިއަދު އެރަށުން އަލަށް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުން ތިބި 2 ގެ އެއް ވަނީ މޮނިޓަރިން އަށް ލާފައެވެ. ފުނަދޫ ސިއްޙީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު […]

އަޙްމަދު އަރުޝަމް
ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފުނަދޫ

ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި މީހުންނަކީ މިވަގުތު ކަރަންޓީނުގައި ހުރި ގޭތަކަށް ނިސްބަތްވާ ބައެއް ނޫންކަމަށެވެ. ފުނަދޫ ހޯމްކަރަންޓީނުގައި ހުރި މީހެއް ކަރަންޓީން ފުރިހަމަކޮށް ނެގި ސާމްޕަލް މި މަހުގެ 22 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާއިރު، އެ ކޭހާއި ގުޅިގެން އިތުރު ކޭސްތައް ފެންނާތީ 24 ވަނަ ދުވަހު އެރަށް ވަނީ […]

ޙުސައިން ޝަހުދީ
ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިއަދުއެވެ. އެކަން އަންގާ އެޗްޕީއޭއިން ފުނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށް މޮނީޓަރިން ހާލަތަށް ގެނައީ ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. މިގޮތުން އެޗްޕީއޭގެ ހުއްދަނެތި ރަށުން ފޭބުމާއި، އެރަށަށް އެރުން މަނާކޮށްފައިވާކަމަށް އެ ލިޔުމުގައި ބުނެފަވެއެވެ. ފުނަދޫ ބަންދުކޮށްފައި މިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކ...

ޔުމްނާ ޢަލީ
ފުނަދޫ ކައުންސިލްގެ ނިންމުން: މިމަހުގެ ކަރަންޓް ބިލުން %50 ޑިސްކައުންޓެއް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލްގެ ނިންމުން: މިމަހުގެ ކަރަންޓް ބިލުން %50 ޑިސްކައުންޓެއް

ށ. ފުނަދޫގެ އާންމުންގެ ގޭބިސީތަކަށާއި، ވިޔަފާރިތަކަށް މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ ފުނަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 20ވަނަ ޖަލްސާގައެވެ. މި ނިންމުމުގައި ބުނެފައިވާގޮތުން މިގޮތަށް ކައުންސިލުން މިގޮތަށް ނިންމީ އެރަށުގައި ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރަށް ދިމާވި މައްސަލައާއިގުޅިގެން މިދިޔަ ސެޕްޓެމްބަރުމަހު އަވަސްއަވަހަށް ކަރަންޓްކަނޑަން ޖެހުމުގެ ސަބަބުން އެމަހުގެ ކަރަންޓް ބިލްތައް ވަރަށް ބޮޑުވެފައިވާތީ...

ޙުސައިން ޝަހުދީ
ފުނަދޫ އަންހެނުން ކޮމެޓީން އެރަށު ކަނބަލުންނަށް ހާއްސަކޮށްގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުން ކޮމެޓީން އެރަށު ކަނބަލުންނަށް ހާއްސަކޮށްގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ

ށ. ފުނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން “ދަންދާނަ ބާޒާރު 2021” ގެ ނަމުގައި ކާބޯތަކެތީގެ މަޢުރަޒެއް ބާއްވަން ނިންމައިފިއެވެ. ފުނަދޫ ކައުންސިލް އިދާރާގެ ހުޅަގުން އޮތް ހުސްބިމުގައި 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒު ހާއްސަ ކޮށްފައި ވަނީ ކަނބަލުންނަށެވެ. މި ހަރަކާތާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވެފައި ވަނީ [...

އިބްރާހިމް ޚަލީލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ފުނަދޫ ދާއިރާގެ ރައީސްކަމަށް ޞަބްރީ 📍 ށ. ފުނަދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ފުނަދޫ ދާއިރާގެ ރައީސްކަމަށް ޞަބްރީ

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ރައީސްކަން އަޙްމަދު ޞަބްރީ ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ފުނަދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ޞަބްރީގެ އިތުރުން 2 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޢަބްދުލްޙަންނާން ޙުސައިން އާއި މުހައްމަދު އަބްދުލް ސަލާމް އަދި އަހުމަދު ޒުމްރަތު އެވެ. ފުނަދޫ ދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ 3 ފަރާތަކުންނެވެ. ނ...

އަލީ އާދިލް
ފުނަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކައުންސިލުން 2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކައުންސިލުން 2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ށ. ފުނަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށު ކައުންސިލުން 2 މިިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފިއެވެ. މި ބަޖެޓް ފާސްކޮށްފައިވަނީ ފުނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ހުރި 4 ޖަނަރޭޓަރުގެ ތެރެއިން 1200 ވޯޓުގެ ޖަނަރޭޓަރު އަދި 800 ވޯޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން 24 ގަޑިއިރު މުޅިރަށަށް އެއްފަހާރާ ކަރަންޓު […]

އަޙްމަދު އަރުޝަމް
ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި 📍 ށ. ފުނަދޫ

ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި

ށ. ފުނަދޫ “އަބްދުﷲ އަބްދުލް ކަރީމް” ޕްރީ ސްކޫލް ހުޅުވައިފި އެވެ. މި ޕްރީ ސްކޫލް ރަސްމީކޮށް ހުޅުވީ އިއްޔެ އެރަށުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ފުނަދޫގައި އަލަށް ހުޅުވުނު މި ޕްރީސްކޫލާއި ގުޅޭގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ‘ތިލަދުން’ އަށް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ރަސްމީކޮށް އެ ޕްރީ ސްކޫލް ހުޅުއްވާދެއްވާފައިވަނީ ފުނަދޫ ސްކޫލުގެ ދިވެހި މުދައްރިސް އާދަމް ޝަރީފް އާއި، އެރަށުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ގިނަދުވަސްތ...

އަޙްމަދު އަރުޝަމް
ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފަށަނީ 📍 ށ. ފުނަދޫ

ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފަށަނީ

ށ. ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. ފުނަދޫ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ކޯހަކީ އެތުލެޓިކްސް އެސޯސިއޭޝަނާއި، އެ ކައުންސިލް އަދި ފުނަދޫ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފާވާ ކޯހެއްކަމަށެވެ. އަދި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 9 އިން 15 އަށް ކަމަށް އެ އިއުލާނުގައި ވިދާޅުވިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަޙުމަދުފުޅު ‘ތިލަދުން’ އަށް ވިދާޅުވީ މި ކޯހަކީ […]

އަޙްމަދު އަރުޝަމް
ބޭނުންވަނީ ފުނަދޫ އަކީ ށ. އަތޮޅުގެ "ހަބަކަށް" ހަދަން: ރައީސް 📍 ށ. ފުނަދޫ

ބޭނުންވަނީ ފުނަދޫ އަކީ ށ. އަތޮޅުގެ "ހަބަކަށް" ހަދަން: ރައީސް

ފުނަދޫގައި އެކިއެކި ޚިދުމަތްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ އަތޮޅުގެ ތަރައްޤީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގި...

ޝިއުނާ އާދަމް
ރައީސްގެ ދެކަނބަލުން ފުނަދޫއަށް ވަޑައިގެންފި 📍 ށ. ފުނަދޫ

ރައީސްގެ ދެކަނބަލުން ފުނަދޫއަށް ވަޑައިގެންފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު މިއަދު ށ. ފުނަދޫ އަށް ވަޑައިގަންނަވައިފި އެވެ. ރައީސްގެ ދެ ކަނބަލުން ފުނަދޫ އަށް މި ވަޑައިގަތީ އެ ދެކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެތެރެއިން ފުރަތަމަ މަންޒިލްގެ ގޮތުގައެވެ. ރައީސްގެ ދެ ކަނބަލުން ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. […]

އަޙްމަދު އަރުޝަމް
ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފުނަދޫ

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމުގެ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެ ހޯދަން ޢިއުލާން ކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ފުނަދޫ ސްކޫލުގައި މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިގޮތުން މިމަސައްކަތްތަކަށް  ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. މި މަޝްރޫޢާއި ބެހޭ...

އަޙްމަދު އަރުޝަމް
ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފުނަދޫ

ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ފްލޫ ކްލިނިކަށްދެއްކި 3 އަހަރުގެ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްކަން އިނގުނީ އިއްޔެއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން 17 މީހަކު ކަރަންޓީނު ކުރެވިފައިވާކަމަށެވެ. “އެ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ، މިއަދު ވެސް ސާމްޕަލްތަކެއް އެބަ ނަގާ” […]

ޙުސައިން ޝަހުދީ