މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މުރައިދޫ (135 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
135 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މުރައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

135 ޚަބަރުގެ ތެރެއިން
ކަނބަލުންނަށް ޚާއްޞަކޮށްގެން މުރައިދޫ ކައުންސިލުން ބާއްވާ 7 ވަނަ ވޮލީ މުބާރާތް ފަށައިފި 📍 ހއ. މުރައިދޫ

ކަނބަލުންނަށް ޚާއްޞަކޮށްގެން މުރައިދޫ ކައުންސިލުން ބާއްވާ 7 ވަނަ ވޮލީ މުބާރާތް ފަށައިފި

ހއ. މުރައިދޫ ކައުންސިލުން އެރަށު ކަނބަލުންނަށް ޚާއްޞަކޮށް ބާއްވާ 7 ވަނަ ވޮލީ މުބާރާތް އިއްޔެ ފަށައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދީފައިވާ މި މުބާރާތަކީ 8 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ. 4 ޓީމަކުން ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތުގެ އިއްޔެ ކުރިއަށް ދިޔަ މެޗްގައި ބައްދަލުކޮށްފައި ވަނީ ޖީނިޔަސް އާއި ވައިލްޑްވިންގް އެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކޮށްފައިވަނީ ޖީނިޔަސް އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް […]

އައިޝަތު ނަސާޔާ
އާ އަހަރާއެކު މުރައިދޫ ރައްޔިތުންނަށް އުފާވެރިކަން، ބަނދަރު ހަދާ ސާމާނު ރަށަށް! 📍 ހއ. މުރައިދޫ

އާ އަހަރާއެކު މުރައިދޫ ރައްޔިތުންނަށް އުފާވެރިކަން، ބަނދަރު ހަދާ ސާމާނު ރަށަށް!

ހއ. މުރައިދޫ ބަނދަރުގެ ބޮޑުކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން ބޭނުންވެފައި އޮތް މަޝްރޫއެކެވެ. މި އިންތިޒާރަށް ނިމުން ގެނެސް މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިވަނީ މިއަދު ބަނދަރު ހަދަން ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު މި މަސައްކަތް ފެށުމުގެ ޔަގީންކަން ލިބިގެންދިއުމަކީ މުޅި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ. މުރައިދޫ […]

އަޙްމަދު ވަހީދު
މަސްވެރިންގެ ދުވަހާއި ގުޅިގެން މުރާދޫގައި މަސްރޭހެއް 📍 ހއ. މުރައިދޫ

މަސްވެރިންގެ ދުވަހާއި ގުޅިގެން މުރާދޫގައި މަސްރޭހެއް

ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ މުނާސަބަތުގައި ހއ. މުރާދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މުރާދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ މުރާދު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައިވާ ކަމަކަށެވެ. އެގޮތުން މި މުބާރާތުގައި ބަ...

އައިޝަތު ނަސާޔާ
މުރައިދޫގެ ފެނުގެ ނިޒާން ގާއިމްކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. މުރައިދޫ

މުރައިދޫގެ ފެނުގެ ނިޒާން ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ހއ. މުރައިދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. އިއްޔެ މުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު އަދި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާނެވެ. މި މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެން...

އަޙްމަދު ވަހީދު
ކުޑަމުރައިދޫ އަތުލީ ގޯސްކޮށް، އަލުން ދޭންޖެހޭނެ: ސުޕްރީމް ކޯޓް

ކުޑަމުރައިދޫ އަތުލީ ގޯސްކޮށް، އަލުން ދޭންޖެހޭނެ: ސުޕްރީމް ކޯޓް

ހދ. ކުޑަމުރައިދޫގައި ރިސޯޓެއް ތަރައްގީ ކުރަން ޖޭއެޗް ރިސޯޓްސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އަދި އެ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުޑަމުރައިދޫގައި ރިސޯޓެއް ހެދުމަށް 2006 ވަނަ އަހަރު ކުއްޔަށް ދީފައި ވަނިކޮށް ސަރުކާރުން އެ އެއްބަސްވުން 2015 ވަނަ އަހަރު ބާތިލްކުރީ އެއްބަސްވުމުގެ ދަށުން ހުށަހަޅަންޖެހޭ ފައިނޭޝަލް ޑޮކިއުމެންޓްތައް ހުށަނާޅާ ކަމަށް ބުނެ އެވެ. އެކަމަކު ސިވިލް ކޯޓާއި […]

އިބްރާހިމް އަސްވާޤް
މުރައިދޫގައި ބިދޭސީ ނަރުހަކު ގެނބިއްޖެ 📍 ހއ. މުރައިދޫ

މުރައިދޫގައި ބިދޭސީ ނަރުހަކު ގެނބިއްޖެ

ހއ. މުރައިދޫގައި މިއަދު ހަވީރު މޫދަށް އެރިއުޅުނު ބިދޭސީ ނަރުހަކު ގެނބިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:15 ހާއިރު ކަމަށް މުރައިދޫ ކައުންސިލުން ވިދާޅުވިއެވެ. ގެނބުނީ މުރައިދޫ ސިއްހީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާ އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ ނަރުހެކެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު އެރަށުގައި އުޅޭ ބިދޭސީ ނަރުހުންނާއި، ޓީޗަރުން އެކުގައި މޫދަށް އެރިއުޅުމުގެ ތެރޭގައި ކަމަށެވެ. އެރަށުގައި މީހުން މޫދަށް […]

ޙުސައިން ޝަހުދީ
މުރައިދޫ އަންހެނުންގެ ކޮމިޓީން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ހއ. މުރައިދޫ

މުރައިދޫ އަންހެނުންގެ ކޮމިޓީން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހއ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޝިފާޒާ މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެ ކޮމެޓީން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގައި ހިޔާދޭ ގަސްތައް އާލާކޮށް ހެއްދުމުގެ މަގްޞަދުގައި ކަމަށެވެ. ރަށުގެ ބައެއް ސަރަހައްދުތަކުގައި ހިޔާދޭ ބޮޑެތި ގަސް މަދުވުމުގެ ސަބަބުން ވަރަށް ހޫނުގަދަކަން ފާހަގަ ކުރައްވ...

ޔުމްނާ ޢަލީ
މުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަާދަމް އާޒިމެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރީ 33.7 މިލިއަން ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 29841 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި 3546 […]

އަޙްމަދު ވަހީދު
ރަށުން ބޭރުގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ އެހީ އެރަށު ރައްޔިތުންނަށް 📍 ހއ. މުރައިދޫ

ރަށުން ބޭރުގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ އެހީ އެރަށު ރައްޔިތުންނަށް

ކޮވިޑް-19 ސަބަބުން މޮނީޓަރިންގެ ހާލަތުގައި ކުރިން އޮތް ހއ. މުރައިދޫގެ ރައްޔިތުންނަށް ރަށުން ބޭރުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. އެގޮތުން ރިސޯޓުތަކުގަ އާއި މާލޭގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ ފަރާތުން އެރަށުގައި ދިރިއުޅޭ އާއިލާތަކަށް މަސް ހަދިޔާ ކުރީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން” އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ހަދިޔާ ކުރީ 25000ރ (ފަންސަވީސް ހާސް ރުފިޔާ) ގެ ރޯ […]

އަޙްމަދު އަރުޝަމް
15 ދުވަސް ފަހުން މުރައިދޫ މޮނީޓަރިންގެ ހާލަތު އުވާލައިފި 📍 ހއ. މުރައިދޫ

15 ދުވަސް ފަހުން މުރައިދޫ މޮނީޓަރިންގެ ހާލަތު އުވާލައިފި

ހއ. މުރައިދޫން ކޯވިޑް19 އަށް ޕޮޒިޓިވް ކޭސް އެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ގެނައުން 15 ދުވަސް ފަހުން އުވާލައިފިއެވެ. އެރަށް މޮނިޓަރިން އަށް ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. މުރައިދޫ މޮނިޓަރިންގެ ހާލަތުން ނެގި ކަން އެރަށު ކައުންސިލަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މުރައިދޫ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު […]

އަޙްމަދު އަރުޝަމް
ދިއްދޫއިން 3 މީހަކު، މުރައިދޫން އެކަކު ޕޮޒިވްވެއްޖެ 📍 ހއ. މުރައިދޫ

ދިއްދޫއިން 3 މީހަކު، މުރައިދޫން އެކަކު ޕޮޒިވްވެއްޖެ

ހއ. ދިއްދޫން އިތުރު 3 މީހަކު އަދި އެއަތޮޅު މުރައިދޫން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއިއެކު ދިއްދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 35 އަށް އަރާފައެވެ. އެރަށުން ބަލިޖެހުނު 132 މީހުން ތެރެއިން މިހާތަނަށް 100 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެރަށުން ވަނީ މިބަލީގައި އެކަކު ނިޔާވެފައެވެ. ކޯވިޑަށް ޓެސްޓް ކުރުމަށް މިހާތަނަށް 1614 ސާމްޕަލެއް ނަގާފައިވާއިރު އެހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ވަނީ ލިބިފައެވެ. މިމަހު 1 ވަނަ ދުވަހުން ފެށިގެން […]

އައިޝަތު އިލްމާ އަދުނާން
ލިބޭ އެންމެ ބޮޑު ހިތްވަރަކީ މުރައިދޫ ރައްޔިތުންގެ ކިޔަމަންތެރިކަން 📍 ހއ. މުރައިދޫ

ލިބޭ އެންމެ ބޮޑު ހިތްވަރަކީ މުރައިދޫ ރައްޔިތުންގެ ކިޔަމަންތެރިކަން

ހއ. މުރައިދޫ ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުންދާ ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ލިބޭ އެންމެބޮޑު ހިތްވަރަކީ އެރަށުގެ ރައްޔިތުންގެ ކިޔަމަންތެރިކަމާއި، ދައްކާ ނަމޫނާއެވެ. އެވާހަކަތައް މިނޫހަށް ހިއްސާކޮށްދެއްވީ، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާންއެވެ. އެވާހަކަތަކަށް ދިޔުމުގެ ކުރީން މުރައިދޫއަށް ކުރިމަތިވި ހާލަތުން ތަންކޮޅެއް ތިލަކޮށްލާނަމެވެ. މުރައިދޫ ރައްޔިތުންނަށް ސިހުމެއް މިމަހުގެ 18 ވަނަ ދުވަސް ވެގެން ދިޔައީ މުރައިދޫގެ ރައްޔިތުންނަށް ސިހުން ގެނުވި ދުވަހަކަށެވެ. އެދުވަހަކީ މިފަހުން ރ...

ޙުސައިން ޝަހުދީ
ވަށަފަރުން 2 މީހަކު، މުރައިދޫން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. މުރައިދޫ

ވަށަފަރުން 2 މީހަކު، މުރައިދޫން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ވަށަފަރު ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ވަށަފަރުން މިނޫހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ، އެރަށު ގެއެއްގައި ހޯމް ކަރަންޓީނު ތިބި ދެ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ރޭ ވިދާޅުވެފައިވާ ކަމަށެވެ. އެ ދެމީހުންނާއި ކޮންޓެކްޓް ވެފައިވާ އެއްވެސް މީހަކު ވާނަމަ ލަސް ނުކުރަށްވާ ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އެރަށު ސިއްހީ މަރުކަޒުން އެދިލައްވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެއިތުރުން އެ […]

ޔުމްނާ ޢަލީ
މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް 📍 ހއ. މުރައިދޫ

މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. މުރައިދޫއަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ކަނޑުމަސް ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު މިއަދު ވަނީ އެރަށަށް 235 ކިލޯގެ ތާޒާ ކަނޑުމަސް ހަދިޔާ ކުރަށްވާފައެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އަހްމަދު ވަރަށް ގާތުން މުރައިދޫ ރައްޔިތުންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ. “އެމްޕީ ގުޅުއްވާނެ ކޮންމެ ދުވަހަކު، ރައްޔިތުނ...

ޙުސައިން ޝަހުދީ
މުރައިދޫން އިތުރު 10 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 23އަށް އަރައިފި

މުރައިދޫން އިތުރު 10 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 23އަށް އަރައިފި

ހއ. މުރައިދޫން އިތުރު 10 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 23 އަށް އިތުރުވެފައެވެ. މުރައިދޫއަށް ކޯވިޑްގެ ބިރުވެރިކަން ކުރިމަތިވެފައި މިވަނީ، ކޯވިޑް ބަލީގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު މިމަހުގެ 18 ވަނަ ދުވަހު ޕޮޒިޓިވްވުމުންނެވެ. އެ މީހާއަކީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. މުރައިދޫ ކައުންސިލުން ވިދާޅުވިގޮތުގައި މިހާތަނަށް އެރަށުން ކޯވިޑަށް ޓެސްޓް ކުރުމަށް 175 ސާމްޕަލެއް ނަގާފައ...

ޙުސައިން ޝަހުދީ