ހއ. ދިއްދޫން އިތުރު 3 މީހަކު އަދި އެއަތޮޅު މުރައިދޫން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއާއިއެކު ދިއްދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 35 އަށް އަރާފައެވެ. އެރަށުން ބަލިޖެހުނު 132 މީހުން ތެރެއިން މިހާތަނަށް 100 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެރަށުން ވަނީ މިބަލީގައި އެކަކު ނިޔާވެފައެވެ.
ކޯވިޑަށް ޓެސްޓް ކުރުމަށް މިހާތަނަށް 1614 ސާމްޕަލެއް ނަގާފައިވާއިރު އެހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ވަނީ ލިބިފައެވެ.
މިމަހު 1 ވަނަ ދުވަހުން ފެށިގެން އަދިވެސް އެރަށް އޮތީ މޮނިޓަރިންގައެވެ.
އެ އަތޮޅު މުރައިދޫން އިތުރު މީހަކު ޕޮޒިޓިވްވެފައިވާއިރު މިއީ ވެސް މެއި 18 ވަނަ ދުވަހު އެރަށުން ފެނުނު ޕޮޒިޓިވް ކޭހާއި ގުޅިގެން ޕޮޒިޓިވްވެފައިވާ މީހެކެވެ. މުރައިދޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 27 އެވެ.
އެރަށުން މިހާތަނަށް 182 ސާމްޕަލްއެއް ނެގިފައިވާއިރު، 5 ސާމްޕަލްގެ ނަތީޖާަނީ ނުލިބިއެވެ. އަދި، މީގެތެރެއިން 150 މީހުންވަނީ ކޯވިޑަ-19 އަށް ނެގަޓިވްވެފައެވެ.
މުރައިދޫ ވެސް އޮތީ މިމަހު 18 ވަަނަ ދުވަހުން ފެށިގެން އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!