މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މާރަންދޫ (83 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
83 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މާރަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

83 ޚަބަރުގެ ތެރެއިން
މާރަންދޫ ޔޫތު ސޮސައިޓީއިން ދެމުންއަންނަ ކޭބަލް ޓީވީ ޚިދުމަތުން 1 މަހުގެ ފީ ހިލޭ 📍 ހއ. މާރަންދޫ

މާރަންދޫ ޔޫތު ސޮސައިޓީއިން ދެމުންއަންނަ ކޭބަލް ޓީވީ ޚިދުމަތުން 1 މަހުގެ ފީ ހިލޭ

ހއ. މާރަންދޫ ޔޫތު ސޮސައިޓީއިން ދެމުން އަންނަ ކޭބަލް ޓީވީގެ ޚިދުމަތުން 1 މަސްދުވަހުގެ ފީ ހިލޭކޮށްދީފިއެވެ. އެ ސޮސައިޓީޢިން ބުނެފައިވަނީ ކޯވިޑް 19 ގެ ސަބަބުން މާރަންދޫގެ ލޮބުވެތި ރައްޔިތުންގެ ޢާމްދަނީއަށް ވެސް ނޭދެވޭ އަސަރުކޮށްފައި ވާކަމަށް މިޖަމާޢަތަށް ފާހަގަކުރެވިފައި ވާތީވެ، 3 ޖޫން 2020 ން ފެށިގެން 1 މަސްދުވަހަށް، މިޖަމާޢަތުން ފޯރުކޮށްދެމުންދާ ކޭބަލް ޓީވީގެ ޚިދުމަތުން 320 ރުފިޔާގެ ޕެކޭޖާއި ހަމައަށް ހިލޭ ދޭގޮތަށް ވަނީ ނިންމާފަކަމަށޭވެ. މާރަންދޫ ޔޫތު ސޮސައިޓީގެ ބެލުމުގެ ދަށުން […]

ޔުމްނާ ޢަލީ
ކޮވިޑް-19: މާރަންދޫ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފި 📍 ހއ. މާރަންދޫ

ކޮވިޑް-19: މާރަންދޫ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފި

ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހއ. މާރަންދޫ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފިއެވެ. ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދޮރުން ދޮރަށް ކޮވިޑް-19 މާރަންދޫ ޓާސްކް ފޯހުގެ ފަރާތުން ރަށުގެ މީހުން ދިރިއުޅޭ ގޭތަކަށް ޒިޔާރަތްކޮށް ބައްޔާގުޅޭ އަދި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. ޕޯސްޓަރު ހަރުކުރުން ކޮވިޑް-19 މާރަންދޫ ޓާސްކް ފޯހުގެ ފަރާތުން ވަނީ ރަށުގެ މީހުން އެއްވެއ...

ޝިއުނާ އާދަމް
މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަޅާނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަޅާނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފި

ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މާރަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 25 ވާ ބުދަދުވަހުގެ ނިޔަލަށް، އެދުވަސްތަކުގެ ތެރެއިން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް މާރަންދޫ ކައ...

ޝިއުނާ އާދަމް
މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި 📍 ހއ. ވަށަފަރު

މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި

ހއ. މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް އެރަށްތަކުގެ ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތަކުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެ...

ޝިއުނާ އާދަމް
📍 ހއ. މާރަންދޫ

މާރަންދޫއިން އެއްގަމު އުޅަނދު ލައިސަންސް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައިދީފި

ހއ. މާރަންދޫއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖައްސައިދީ، އެ ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިއްޔެ މާރަންދޫގައި އޮތް ރަސްމިއްޔާތެއްގައި މާރަންދޫގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މާރަންދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއުއެވެ. އެ ރަސްމިއްޔާތުގައި މެމްބަރު ޝިފާއުވަނީ އެޚިދުމަތް ފައްޓަވައި ދެއްވައިދެއްވާފައެވެ. މާރަންދޫ ކައުންސ...

އަލީ އާދިލް
📍 ހއ. މާރަންދޫ

2 ކިޑްނީ ފެއިލްވެ ފަރުވާކުރަމުން އަންނަ މާރަންދޫ އާމިނަތު އެދެނީ އެހީއަކަށް

އުމުރުން 46 އަހަރުގެ ހއ. މާރަންދޫ އުދަރެސް އާމިނަތު އަބުދުއްރަޙްމާން އަކީ ކިޑްނީ ފެއިލްވެގެން ބޭސްކުރާތާ 10 އަހަރު ވެފައިވާ ފަރާތެކެވެ. 2009 ވަނަ އަހަރު ކިޑްނީއަށް ބޭސްކުރަންފެށި އާމިނަތު 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ޑައިލަސިސް ހަދަމުންނެވެ. އެހެންނަމަވެސް ރަށާއި އަތޮޅުން އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން މިހާރު އާމިނަތު ބޭސްކުރަމުން ދަނީ މާލޭގައެވެ. 2 ކިޑްނީ ފެއިލްވެފައިވާ އާމިނަތު 45 ދުވަސް ވަންދެން އައިސީޔޫގައި ބޭއްވުމަށްފަހު މިހާރު ވަނީ ޕްރައިވެޓް ވާޑަށް ބަދަލުކޮށްފައެވެ. […]

އަޙްމަދު މުޖުތަބާ
ލޯކަލް ކައުންސިލް ރޭންކިންގ: ހއ އަތޮޅުން އެންމެ ކުރީގައި މާރަންދޫ އަދި ކެލާ ކައުންސިލް 📍 ހއ. ކެލާ

ލޯކަލް ކައުންސިލް ރޭންކިންގ: ހއ އަތޮޅުން އެންމެ ކުރީގައި މާރަންދޫ އަދި ކެލާ ކައުންސިލް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން އާންމުކުރި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ރޭންކިންގައި ހއ. އަތޮޅުގެ ކައުންސިލްތަކުން އެއްވަނަ މާރަންދޫ ކައުންސިލް އަދި 2018 ވަނަ އަހަރު ކެލާ ކައުންސިލުން ހޯދައިފިއެވެ. އެލްޖީއޭއިން އާންމުކުރި މައުލޫމާތައް ބަލާއިރު ހއ އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލްތަކުން ވަނީ ލިސްޓުތަކުގެ ކުރީ ކޮޅުން ޖަގަ ހޯދާފައެވެ. ހދ. އަތޮޅު ރޭންކިންގ2017: މާރަންދޫ ކައުންސިލް އުތީމު ކައުންސިލް ތުރާކުނު ކައުންސިލް ހޯރަފުށި ކައުންސިލް ތަކަންދޫ ކައުންސިލް އިހަވަންދޫ ކައުން...

އަފްރާހް އަބްދުލް ރަޝީދު
މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. މާރަންދޫ

މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހއ. މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާރަންދޫ ކައުންސިލުގެ ރައީސް ހަސަން އަހުމަދު ވިދާޅުވީ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެރަށު ކައުންސިލާއި ޔޫތު ސެންޓަރު ގުޅިގެން ފަށާފައިވާ ކަމަށެވެ. އެގޮތުން ދަނޑުން ހަލާކުވެފައި ހުރި ތަންތަކަށް ރަނބަރު އަޅައި ބެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި މަސައްކަތަށް ބޭނުންބާ ރަބަރާއި ހިލަވެލި ހޯދުމަށް ޔޫތު މިނިސްޓްރީގެ އެހީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަސްމީކޮށް މިކަމަށް ބޭނުންވާ […]

އަފްރާހް އަބްދުލް ރަޝީދު