މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މާރަންދޫ (83 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
83 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މާރަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

83 ޚަބަރުގެ ތެރެއިން
ގޯލްޑަން ފުޓްސަލް ހއ. ފައިނަލުގައި މާރަންދޫއާއި ކެލާ 📍 ހއ. ކެލާ

ގޯލްޑަން ފުޓްސަލް ހއ. ފައިނަލުގައި މާރަންދޫއާއި ކެލާ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅު ފައިނަލުގެ ޖާގަތައް މާރަންދޫ އާއި ކެލާ ކަށަވަރުކޮށްފިއެވެ. މިއީ މި ދެ ރަށްވެސް މި މުބާރާތުގެ އަތޮޅު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މާރަންދޫ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފިއްލަދޫއާ ބައްދަލުކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި މާރަންދޫގެ ހުމައިދު ހުސައިން ދެ ގޯލް ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝަނީމް މޫސާއެވެ. ފިއްލަދޫގެ ހަމައެކަނި […]

ޔުމްނާ ޢަލީ
ތިލައުތުރު އެވޯޑް: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ 📍 ހއ. ދިއްދޫ

ތިލައުތުރު އެވޯޑް: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ބޭއްވި މި އެވޯޑު ހަފުލާގައި އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވުނުއިރު، 2024 ވަނަ އަހަރުގެ ހިންގުންތެރި ކްލަބް ޖަމިއްޔާއަކަށް ހ...

އައިޝަތު އައިނީ އާމިރު
މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ތަރައްޤީކުރަނީ 📍 ހއ. މާރަންދޫ

މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ތަރައްޤީކުރަނީ

ހއ. މާރަންދޫ ކުޅި ސަރަޙައްދުގައި ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތާއި ގުޅިގެން މާރަންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތުގައި ރަޖިސްޓްރީ ކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށެވެ. މިގޮތުން މި މަސައްކަތުގެ ބިޑް ގައި ރަޖިސްޓްރީކުރުމަށް 23 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން https://forms.office.com/r/aNUvJH4YRX ފޯމު...

އައިޝަތު އައިނީ އާމިރު
ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހއ. ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. ހއ. މާރަންދޫ ޞިއްޙީމަރުކަޒުމާރަންދޫ ޞިއްޙީމަރުކަޒުގައ...

ޔުމްނާ ޢަލީ
މާރަންދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ ފަރާތުން ސިއްޙީމަރުކަޒަށް 2 އެއާރކޯން ހަދިޔާ ކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ ފަރާތުން ސިއްޙީމަރުކަޒަށް 2 އެއާރކޯން ހަދިޔާ ކޮށްފި

ހއ. މާރަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މާރަންދޫ ސިއްޙީމަރުކަޒަށް 2 އެއާރކޯން ހަދިޔާ ކޮށްފި އެވެ. އެކައުންސިލުން ބުނީ މި ދެ އެއަރކޯން ހަދިޔާކޮށްފައިވަނީ ސިއްޙީމަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓަށް ކަމަށެވެ. މިއީ ރަށުގެ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޕަބްލިކް ހެލްތު ޔުނިޓުގެ މުހިންމުކަން ދެނެގަނެ، އެތަނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެއާރކޯންތައް ހަދިޔާކުރުމުގެ މައިގަނޑު މަޤްޞަދަކީ ޕަބްލިކް ހެލްތު ޔުނިޓުގަ...

އަލީ އާދިލް
މާރަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ނިންމާލައިފި 📍 ހއ. މާރަންދޫ

މާރަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ނިންމާލައިފި

ހއ. މާރަންދޫގައި ބޭއްވި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައި، މި ޕްރޮގަރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު 2 މެއި 2025 ވީ ހުކުރު ދުވަހު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މާރަންދޫ އަންހެނުން ތަރައްޤީކުރާ ކޮމިޓީ އާއި އެ ރަށު ކައުންސިލާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރުން ހއ. އަތޮޅު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ބޭއްވި މި ޕްރޮގްރާމަކީ އަންހެނުންނަށް ޙާއްސ...

އައިޝަތު އައިނީ އާމިރު
ބޮޑު ތިލަދުންމަތީގެ 6 ރަށެއް، 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން އެމްޓީސީސީ އަށް 📍 ހއ. މާރަންދޫ

ބޮޑު ތިލަދުންމަތީގެ 6 ރަށެއް، 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން އެމްޓީސީސީ އަށް

ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނޭހެން 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން މޯލްޑިވްސް ޓްރަންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ރާއްޖޭގެ މި ޖަޒީރާ ރަށްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ރަނގަޅަށް އުނގެނުމުގެ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން ތައުލީމީ އިންފްރާސޓްރަކްޗަރ ހަރުދަނާކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މި މަސްރޫޢުތައް ހިންގުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ކުންފ...

އައިޝަތު އައިނީ އާމިރު
ބާރަށް، މާރަންދޫ އަދި ކުމުންދޫ ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށް، މާރަންދޫ އަދި ކުމުންދޫ ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން ހަވާލުކޮށްފި

ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ އިމާރާތްތައް އަޅަން ހަވާލުކޮށްފައިވާ ކުންފުނިތަކަކީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަން އެވެ. ހަވާލުކުރި 8 ފުލުހުންގެ އިމާރާތުގެ ތަފްސީލް ހއ. ބާރަށުގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 13 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ ހއ. މާރަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 2.2 މި...

އިބްރާހިމް ޚަލީލް
މާރަންދޫ، އުތީމު އަދި މުރައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހއ. މާރަންދޫ

މާރަންދޫ، އުތީމު އަދި މުރައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ހއ މާރަންދޫ، އުތީމު އަދި މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މުރައިދޫ އަދި މާރަންދޫގައި މި ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމެވެ. އަދި އުތީމުގައި އޭޓިއެމް ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ. ވަޒީރުން ވަނީ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އޭޓިއެމުން ފައިސާ ނަންގަވާ، ފައިސާ...

އައިޝަތު އައިނީ އާމިރު
ރައީސް ދެއްވީ މާރަންދޫގެ ތަރައްގީއަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުތެރޭ ފެށޭނެކަމުގެ ޔަގީންކަން 📍 ހއ. މާރަންދޫ

ރައީސް ދެއްވީ މާރަންދޫގެ ތަރައްގީއަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުތެރޭ ފެށޭނެކަމުގެ ޔަގީންކަން

ހއ. މާރަންދޫގެ ތަރައްގީއަށް ބޭނުންޖެހިފައިވާ ގިނަ ކަންކަން އަމަލީގޮތުން މިއަހަރ ފެށޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަ ވަނަ މަންޒިލެއްގެ ގޮތުގައި މާރަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އިންތިޚާބުގެ ތެރޭގައި ޖުމުލަގޮތެއްގައި އެމަނިކުފާނު މާރަންދޫއަށް ވެވަޑައިގަތް ވަޢުދު...

ޔުމްނާ ޢަލީ
ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ 📍 ހއ. ކެލާ

ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ދިއްދޫއާއި މާރަންދޫ ބައްދަލުކުރާއިރު ވަށަފަރުން ކެލާ އާއި ވާދަކުރަން ޖެހިއްޖެއެވެ. ހއ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ މާރަންދޫއިންނެވެ. މާރަންދޫއިން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި […]

އިބްރާހިމް ޚަލީލް
ވަށަފަރާއި މާރަންދޫ އަދި ކެލާ، ސެމީގެ ފުރުސަތު ބޮޑުކޮށްފި 📍 ހއ. ކެލާ

ވަށަފަރާއި މާރަންދޫ އަދި ކެލާ، ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މާރަންދޫއާއި ކެލާ އަދި ވަށަފަރުން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ ގްރޫޕް އޭގައި މާރަންދޫއިން ވަނީ 3-0 ގެ ނަތީޖާއިން ހޯރަފުށި ބަލިކޮށްފައެވެ. މި މެޗުގައި މާރަންދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު މުހައްމަދު، ހަމްދާންގެ އިތުރުން އާދަމް ހަބީބްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫގެ ހުމައިދު ހުސެއިންއެވެ. ރޭ ގްރޫޕް […]

އިބްރާހިމް ޚަލީލް
މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ. ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްޙަމީދު އަބްދުއްސައްތާރު މިއަދުގެ އިންތިޚާބުގައި ކުރި ހޯދީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދާއި ވާދަކޮށެވެ. އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރުމާގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ވެރިކަން ކުރާ ޕީއެންސީއިން ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން...

ޔުމްނާ ޢަލީ
މާރަންދޫ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް 📍 ހއ. މާރަންދޫ

މާރަންދޫ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާން ފަށައިފިއެވެ. މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަން ޖެހުނީ މި އަހަރުގެ ޖުލައި މަހު 13 ވަނަ ދުވަހު އެ ކައުންސިލްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޒަމީރު ނިޔާވުމާއި ގުޅިގެން އެ މަގާމު ހުސްވުމުންނެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު، މި މަގާމަށް ތިން ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ […]

އިބްރާހިމް ޚަލީލް
މާރަންދޫގައި އަރަބި ކިޔަވަން ޝައުގުވެރިވާ ބަޔަކު ތިބިތޯ ބަލަނީ 📍 ހއ. މާރަންދޫ

މާރަންދޫގައި އަރަބި ކިޔަވަން ޝައުގުވެރިވާ ބަޔަކު ތިބިތޯ ބަލަނީ

ހއ.މާރަންދޫގައި ތިބި އަރަބި ކިޔަވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މާރަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތިން މަސްދުވަހުގެ ނިޔަލަށް އަރަބި ދަސްކޮށްދޭ ކުލާސްތަކެއް ހިންގުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. މި ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ކުލާސްތަކުގައި...

އިބްރާހިމް ޚަލީލް