މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
އިންތިޚާބުން ބަލިވި އެންމެ ބޮޑު ސަބަބަކީ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކަންކުރިގޮތް: ރާޢީ 📍 ހދ. މަކުނުދޫ

އިންތިޚާބުން ބަލިވި އެންމެ ބޮޑު ސަބަބަކީ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކަންކުރިގޮތް: ރާޢީ

މިއަހަރު ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިޚާބުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ބަލިވާން މެދުވެރިވެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން ކަންކުރިގޮތުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ވެރިކަމުގައި ތިބެ އެމްޑީޕީން ނުކުތީ އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އެމްޑީޕީގެ މުޅި ކެމްޕޭންގައި ވެސް އިސްކުރި މައި ގަނޑު އެއް އަޒުމަކީ އެޔެވެ. ނަމަވެސް...

ޔުމްނާ ޢަލީ
މަކުނުދޫން ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް، 215 ގޯއްޗަށް ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫން ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް، 215 ގޯއްޗަށް ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. މަކުނުދޫން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާޙް ގެނެސް އެރަށު ކައުންސިލުން އިއްޔެ ވަނީ އެ އިސްލާހާއެކު އެ އުސޫލު ޢާންމުކުރައްވާފައެވެ. މި އުސޫލުގެ ދަށުން އެރަށުން 2400 އަކަފޫޓުގެ 215 ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާއިރު، އެރަށުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު (އޮކްޓޯބަރު 4 ވާ ބުދަ ދުވަހުގެ) މެންދުރު 12 […]

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުން ދިޔަ މަކުނުދޫ ނާތިފް ފެނިއްޖެ 📍 ހދ. މަކުނުދޫ

ގެއްލިގެން ހޯދަމުން ދިޔަ މަކުނުދޫ ނާތިފް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ ސިތާރާމަންޒިލް، ނާތިފް އަބްދުއްސަލާމް ފެނިއްޖެއެވެ. އުމުރުން 28 އަހަރުގެ ނާތިފް ގެއްލިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މާލެއިންނެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރޭގެ ވަގުތެއްގައި އޭނާ ވަނީ މާލެއިން ފެނިފައި ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހުއެވެ. އަދި އޭނާ ހޯދުމުގެ ފުލުހުން ވަނީ ކުރައްވާފައެވެ. މިފަހަކަށް އައިސް ރާއްޖޭގެ އެކި […]

މުޙައްމަދު އަފްރާޙް
މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ

ހދ. މަކުނުދޫ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ކަމަށެވެ. އަދި އޭނާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެ. މީގެ އިތުރުން ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ އިދާރާ އިން […]

މުޙައްމަދު އަފްރާޙް
ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި

ހދ. ނެއްލައިދޫގެ އައު ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އައު އިންޖީނުގެއާއި އެ އަތޮޅުގެ މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފިއެވެ. މި ދެތަން ހުޅުއްވައިދެއްވީ މި ހަގުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ނެއްލައިދޫ އައު އިންޖީނުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 22 އަހަރުވީ އިންޖީނުގެ ނިއްވައި އައު އިންޖީނުގެއިން ވަނީ ހިދުމަތް ދޭން ފަށައިފައެވެ. މިއީ 4234.5 އަކަފޫޓު ބޮޑު އިންޖީނުގެއެކެވެ. މީގެ ކުރިން އެ ރަށުގައި ހުރި އިންޖީނުގޭގައި […]

އަޙްމަދު ވަހީދު
މަކުނުދޫއަށް ރައީސް ދެއްވީ އިތުރު ރިސޯޓެއްގެ އުންމީދު

މަކުނުދޫއަށް ރައީސް ދެއްވީ އިތުރު ރިސޯޓެއްގެ އުންމީދު

ހދ. މަކުނުދޫ ފަޅުގައި އިތުރު ރިސޯޓެއް ތަރައްގީކުރަން ހުޅުވައިލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއެޖެއެވެ. ހދ. މަކުނުދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަކުނުދުއަކީ ތަފާތު ސިފަތަކެއް ލިބިފައިވާ ރާއްޖޭގެ އަތޮޅެއް ކަމަށާއި، އެއީ ޓޫރިޒަމަށް އެންމެ ފައްކާ އެއް ސަރަހައްދުކަމަށެވެ. އަދި ވަކިން އޮތަސް މަކުނުދޫ އަކީ ރީތި ފަޅެއް އޮތް އަތޮޅެއްކަމަށް ރައީސް ވިދާޅުވިއެވެ. “ޓުއަރިޒަމް ދާއިރާގެ އެއް އިންވެސްޓަރު (ސިޔާމު) ޔަގީންކަން އެ […]

އިސްމާއިލް މޫސާ
މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް އާއެވެ. އެ ކުންފުނިން ވަނީ މި މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. ބިގް ފިޝްއިން ބުނީ މި މަސައްކަތްތައް ކުރިއަށްދާ ހަލުވި މިނަށް ބަލާއިރު، މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަސައްކަތް ނިމޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރަނީ އަންނަ އަހަރުގެ […]

އަޙްމަދު ވަހީދު
ޤާސިމް ކެމްޕޭނަށް ހދ. އަތޮޅަށް، މަކުނުދޫން ހޫނު މަރުހަބާއެއް

ޤާސިމް ކެމްޕޭނަށް ހދ. އަތޮޅަށް، މަކުނުދޫން ހޫނު މަރުހަބާއެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާހީމް ރިޔާސީ ކެމްޕޭނަށް ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ޖޭޕީން މައުލޫމާތު ދެއްވިގޮތުގައި ޤާސިމް ކުޅުދުއްފުށީ މަގުން މިއަދު ފުރަތަމަ ވަޑައިގަތީ ހދ. މަކުނުދޫ އަށެވެ. ކުޅުދުއްފުށީ އެއާޕޯޓުންނާއި މަކުނުދޫން ޤާސިމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ޖޭޕީން ބުނެއެވެ. މި ދަތުރުގައި ޤާސިމްގެ އަރިހުގައި ރަނިންމޭޓް، ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު […...

ޔުމްނާ ޢަލީ
މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދޭނަން: މުއިއްޒު 📍 ހދ. މަކުނުދޫ

މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދޭނަން: މުއިއްޒު

މަކުނުދޫގެ ސިއްހީ މަރުކަޒު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ ގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހދ. މަކުނުދޫގައި ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މަކުނުދޫގެ ސިއްހީ ނިޒާމަށް އަލިއަޅުވައިލައްވާ މުއިއްޒު ވިދާޅުވީ އެހެން ރަށްރަށާ ދުރުގައި ވަކިން އޮތް މަކުނުދޫގައި އޮންނަން ވާނީ ކޮޅަށް ތެދުވެފައި އޮތް ސިއްހީ ނިޒާމެއް ކަމަށެވެ. އެގޮތުން އެކްސްރޭ ނެގުމާއި ސްކޭން ކުރުމާއި ކުޑަކުދިންގެ ހާއް...

މުޙައްމަދު އަފްރާޙް
މަކުނުދޫ ހިމެނޭގޮތަށް ރާއްޖޭގެ 7 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން އިންވެސްޓަރުން ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ހިމެނޭގޮތަށް ރާއްޖޭގެ 7 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން އިންވެސްޓަރުން ހޯދަނީ

ހދ. މަކުނުދޫ ހިމެނޭގޮތަށް ރާއްޖޭގެ 7 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން އިންވެސްޓަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދަން ހުޅުވައިލީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫ، ވ. ފޮއްތެޔޮފަޅު އަދި ރ. އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އެޅުމުމަށެވެ. ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން،...

މުޙައްމަދު އަފްރާޙް
މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ އާލާތް ގެންގޮސްފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ އާލާތް ގެންގޮސްފި

ހދ. މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ އާލާތް އެރަށަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުގެ ފޭސްބުކް ޕޭޖުގައި އެކަން ހާމަކުރައްވައި، ވިދާޅުވެފައިވަނީ މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ ޑްރެޖާރ އަދި އެހެނިހެން އާލަތްތައް މިހާރުވަނީ މަކުނުދޫ އަށް ގެނެސްފައި ކަމަށެވެ. އެއާޕޯޓް މަސައްކަތަކީ މަކުނުދޫގެ އެންމެހާ ރައްޔިތުންގެ އުންމީދެއްކަމުން އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި މަކުނުދޫ ދާއިރާގެ މެންބަރު މުޙަައްމަދު ރާއީ އަށް މަކުނުދޫ ރައްޔިތު...

މުޙައްމަދު އަފްރާޙް
މަކުނުދޫ ރައްޔިތުންގެ އެކަނިވެރިކަން ފިލުވާލަދޭނީ އަޅުގަނޑު: ނާޒިމް 📍 ހދ. މަކުނުދޫ

މަކުނުދޫ ރައްޔިތުންގެ އެކަނިވެރިކަން ފިލުވާލަދޭނީ އަޅުގަނޑު: ނާޒިމް

ހދ. މަކުނުދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދީ، އެ ރަށްޔިތުންގެ އެކަނިވެރިކަން ފިލުވާލަދެއްވާނީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ މަކުނުދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވުމަށްފަހު ދެއްކި ވާހަކާގައެވެ. ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު މިހާތަނަށް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަ...

ޔުމްނާ ޢަލީ
ނާޒިމް މިއަދު ހދ. ގެ ތިން ރަށަކަށް، ޖަލްސާ މިރޭ މަކުނުދޫގައި

ނާޒިމް މިއަދު ހދ. ގެ ތިން ރަށަކަށް، ޖަލްސާ މިރޭ މަކުނުދޫގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހދ. އަތޮޅުގެ ތިން ރަށަކަށް މިއަދު ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީން ބުނެފިއެވެ. ނާޒިމްގެ ކެމްޕޭން ޖަލްސާއެއް ރޭ ވަނީ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައެވެ. އެއަށްފަހު މިއަދު ހދ. އަތޮޅުގެ ތިން ރަށަކަށް ނާޒިމް ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީން ބުނެއެވެ. ނާޒިމް މިއަދު ވަޑައިގަންނަވާ ރަށްތަކަކީ ނެއްލައިދޫ، ވައިކަރަދޫ އަދި މަކުނުދޫ އެވެ. މަކުނުދޫގައި މިރޭ ކެމްޕޭން ޖަލްސާއެއް އޮންނާނެ ކަމަށް އެ […...

ޔުމްނާ ޢަލީ
މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން ހަވާލުކޮށްފި

ހދ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ބިގްފިޝްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހުމަދެވެ. މި މަޝްރޫ...

އަޙްމަދު ވަހީދު
ބައްސާމް، މަކުނުދޫގެ ފުރަތަމަ ޑޮކްޓަރު، ރަށުގެ ފަޚުރެއް!

ބައްސާމް، މަކުނުދޫގެ ފުރަތަމަ ޑޮކްޓަރު، ރަށުގެ ފަޚުރެއް!

ކުޑައިރު އެންމެ ފުރަތަމަ ހަނދަށް ދާ މީހަކަށް ( އެސްޓްރޮނޮޓް ) ވާން ބޭނުންވީ އެއީ އާދަޔާ ޚިލާފް ކަމަކަށްވާތީއެވެ. އަދި ރާއްޖޭގައިވެސް އެފަދަ މީހުން ނޫޅޭތީއެވެ. އަދި ހަމަ އެހެންމެ އެކަން ތަޖުރިބާކުރަން ބޭނުންވާތީއެވެ. ނަމަވެސް މާ ގިނަ ދުވަހަކު އެ ހުވަފެން ދެކޭހިތެއް ނުވިއެވެ. ސްކޫލް ދައުރު ނިންމާލެއްވެވުމަށްފަހު، އެންމެ 19 އަހަރުގައި  މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އާއި ގުޅިވަޑައިގަތީ ޤައުމަށް ޚިދުމަތްކުރުމުގެ މާތް ނިޔަތުގައެވެ. ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރެއްވު...

ސަލާމާ ޢަބްދުލް ޢަލީމް