މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
މަކުނުދޫ ކުނިގޮނޑުގައި އުޅޭ 200 ބިދޭސީން: ބަދުއަޚްލާޤީ މައްސަލަތަކެއް ފެންމަތިވުމުން ރަށުން ފައިބަން އަންގައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކުނިގޮނޑުގައި އުޅޭ 200 ބިދޭސީން: ބަދުއަޚްލާޤީ މައްސަލަތަކެއް ފެންމަތިވުމުން ރަށުން ފައިބަން އަންގައިފި

ހދ. މަކުނުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނިގޮނޑު) ގައި އުޅޭ ބިދޭސީންގެ ފަރާތުން ބަދުއަޚްލާޤީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެފަރާތްތަކުން އެ ސަރަހައްދު ހުސްކޮށް 24 ގަޑިއިރުގެ ތެރޭ ރަށުން ފޭބުމަށް މަކުނުދޫ ކައުންސިލުން އަންގައިފިއެވެ. މަކުނުދޫ ކައުންސިލުން ވަނީ މިގޮތައް ނިންމާ އާންމު އެންގުމެއް ރޭގެ ވަގުތެއްގައި ނެރެފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު “ތިލަދުން“ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ބިދޭސީންނަކީ ރިސޯޓް މަސައްކަތަށް އައިސް އުޅުނު މީހުންނެވެ. ރިސޯޓް ހުޅުވުނު ދުވަސް ޖެހުމުނ...

އަލީ އާދިލް
ސޮނޭވާ ސީކްރެޓްއިން މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒު އަދި 26 ގޮނޑި ހަދިޔާކޮށްފި 📍 ހދ. މަކުނުދޫ

ސޮނޭވާ ސީކްރެޓްއިން މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒު އަދި 26 ގޮނޑި ހަދިޔާކޮށްފި

ހދ. މަކުނުދޫ، 15 ޑިސެމްބަރ 2023 – ސޮނޭވާ ސީކްރެޓް ރިސޯޓުން ހދ. މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒާއި 26 ގޮނޑި ހަދިޔާކޮށްފިއެވެ. މި ހަދިޔާ ބަލައިގަތުމަށްފަހު، މަކުނުދޫ ކައުންސިލްގެ އިދާރާއިން ވަނީ ސޮނޭވާ ސީކްރެޓް ރިސޯޓަށް ޝުކުރު ދަންނަވާފައެވެ. ކައުންސިލުން ޝުކުރު ދެންނެވުމުގައި، ސޮނޭވާ ސީކްރެޓް ރިސޯޓުން މަކުނުދޫގެ ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވާ މަސައްކަތަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ޚާއްޞަކޮށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޯ އަދި އެންތޮނީއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައިވެއެވެ. ސޮނޭވ...

އަލީ އާދިލް
މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ އެއްވަނަ އަށް އީލާފް، އިނާމަކަށް އުމްރާ ދަތުރެއް 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތުގެ އެއްވަނަ އަށް އީލާފް، އިނާމަކަށް އުމްރާ ދަތުރެއް

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޢާއިޝަތު އީލާފް ޢަލީ ނަޝީދު ހޯދައިފިއެވެ. މުބާރާތުގެ އެއްވަނަ ހޯދި ޢާއިޝަތު އީލާފްއަށް އިނާމެއް ގޮތުގައި ވަނީ އުމްރާ ދަތުރެއް ދީފައެވެ. މި އުމްރާ ދަތުރު ހަމަޖައްސާފައި ވަނީ މީގާތު ހައްޖު އަދި އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މުޅި މުބާރާތުން ދެވަނަ ހޯދާފައި ވަނީ ފާތިމަތު ފައިޙާ ޢަލީ/ ގުލްހަޒާރުގެ، ހދ.މަކުނުދޫ އެވެ. އިނާމެއް ގޮތުގައި އޭނާއަށް […]

އިބްރާހިމް ޚަލީލް
މަކުނުދޫއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ. އެ ރަށު ކަންސިލުން ބުނީ ދާއިމީ ލިސްޓް އާންމުކޮށްފައި އެވަނީ “ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީ” އިން ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް ޢާއްމު ކުރެވި، ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ކަމަށެވެ. އެ ރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2400 (ދެހާސް ހަތަރު ސަތޭކަ) އަކަފޫޓުގެ 215 ގެވަޅަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ […]

އިބްރާހިމް ޚަލީލް
މަކުނުދޫ އެއާޕޯޓު ނިންމައި މި އަހަރު ހުޅުވަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓު ނިންމައި މި އަހަރު ހުޅުވަނީ

ހދ. މަކުނުދޫ އެއާޕޯޓު މި އަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ކުރި ސުވާލުގައި ބުނީ މަކުނުދޫއަކީ ވަރަށް ދުރުގައި، އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. މިހާރު ކުރިއަށްދާ އެއާޕޯޓުގެ މަޝްރޫއު ނިމި، ދަތުރު ކުރަން ފެށޭނީ ކޮން ދުވަހެއްގައިތޯ އޭނާ ސުވާލު ކުރިއެވެ. ރައީސް ޑރ. މުއިއްޒު […]

މުޙައްމަދު
މަކުނުދޫއިން ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫއިން ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމު ކޮށްފިއެވެ. ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން މިހާރު ހުޅުވާލާފައިވާއިރު، އެކަމަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ރަށު ކައުންސިލުން އެދެއެވެ. ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް (ތަފްޞީލް): https://shorturl.at/lmEKL ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް (ޚުލާސާ): https://sho...

އިބްރާހިމް ޚަލީލް
މޭކަޕް ފިހިން ކުލަޖައްސާ، ރައީފާގެ ހުވަފެންތައް ޙަޤީޤަތަކަށް! 📍 ހދ. މަކުނުދޫ

މޭކަޕް ފިހިން ކުލަޖައްސާ، ރައީފާގެ ހުވަފެންތައް ޙަޤީޤަތަކަށް!

ޒީނަތްތެރިވުމަށްޓަކައި މޭކަޕް ކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އާއްމު ކަމެކެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މޫނުގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގައި މޭކަޕް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. އާއްމު ދިރިއުޅުމުގައި ގޭގައި އެކަނި އިނދެ މޭކަޕްކޮށް ނަލަވި ނަމަވެސް ޚާއްސަ ތަންތަނަށް ދާއިރު، ގިނަ މީހުން ބޭނުންވަނީ ފެންވަރު ރަނގަޅު މޭކަޕް އަރޓިސްޓުންގެ ފިހީގެ އެހީ ހޯދާށެވެ. ގައިމުވެސް ތަފާތުވާނެއެވެ. ހދ. މަކުނުދޫ ގުލްބަކާގޭ ރައީފާ ޢަބްދުﷲ ( ރައި) 27އ، އަކީ […]

ސަލާމާ ޢަބްދުލް ޢަލީމް
ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި 📍 ހދ. ހަނިމާދޫ

ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ހދ.އަތޮޅުގެ މެޗުތައް ކުރިއަށްދިޔައިރު ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ހަނިމާދޫއިން ވަނީ ފަސޭހަކަމާއިއެކު ފިނޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ސިއްދީގު، ހުޒާމް އަބްދުއްރަހީމް، ނައުފަލް އަބ...

އިބްރާހިމް ޚަލީލް
މަކުނުދޫގައި ދެން އެއާޕޯޓެއް ނާޅާނެ: ރާޢީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ދެން އެއާޕޯޓެއް ނާޅާނެ: ރާޢީ

މަކުނުދޫ އެއާޕޯޓު މި ސަރުކާރުން ނާޅާނެ ކަމަށާއި، މި ސަރުކާރުން ހއ. އަތޮޅާއި، ހދ. އަތޮޅު ބޮޑުތަނުން ބާކީކޮށްލާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން ވެރިކަމުގެ ފަހު އަހަރު (2023 ވަނަ އަހަރު) ޖޫން މަހުގެ 22 ވަނަ ދުވަހު މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބިގް ފިޝް ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. އަދި […]

ޔުމްނާ ޢަލީ
މަކުނުދޫ ޕްރީސްކޫލް ހިންގަން ނާރެސް ޕްރީސްކޫލާއި ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ޕްރީސްކޫލް ހިންގަން ނާރެސް ޕްރީސްކޫލާއި ހަވާލުކޮށްފި

މަކުނުދޫ ޕްރީސްކޫލް ހިންގަން އެރަށު ކައުންސިލުން، ނާރެސް ޕްރީސްކޫލާއި ހަވާލުކޮށްފިއެވެ. މަކުނުދޫ ޕްރީސްކޫލް ހިންގަން އެރަށު ނާރެސް ޕްރީސްކޫލާއި ހަވާލުކޮށް، އެތަން ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މަކުނުދޫ ޕްރީސްކޫލް ހިންގަން ނާރެސް ޕްރީސްކޫލާއި ހަވާލު ކުރީ 4 އަހަރުގެ މުއްތަށެވެ. މިތަން ހިންގަން ހަވާލުކޮށްފައި ވަނީ އަހަރަކު 400،000.00 ރުފިޔާ އަށެވެ. މަކުނުދޫ ކައުންސިލުން ބުނީ، މަކުނުދޫގައި ޕްރީ ސްކޫލުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ނާރެސް ޕްރީ ސްކޫލާއި...

ޔުމްނާ ޢަލީ
މަކުނުދޫ އެއާޕޯޓް އަޅަން ބިން ހިއްކާ ސަރަހައްދަށް ވަނުން މަނާކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެއާޕޯޓް އަޅަން ބިން ހިއްކާ ސަރަހައްދަށް ވަނުން މަނާކޮށްފި

ހދ. މަކުނުދޫގައި އެއާޕޯޓެއް ގާއިމު ކުރުމަށް ބިން ހިއްކަމުންދާ ސަރަހައްދަށް ވަނުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މަކުނުދޫގައި އެއާޕޯޓު އަޅަން ބިން ހިއްކާ ސަރަހައްދަށް ވަދެއުޅުން އެރަށު ކައުންސިލުން މަނާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެކަން އަންގައި މަކުނުދޫ ކައުންސިލުން އާންމުކުރެއްވި އެންގުމުގައި ވިދާޅުވެފައި ވަނީ، އެއާޕޯޓު އެޅުމަށް ބިންހިއްކާ ސަރަހައްދާއި، ހަދަމުންދާ ވެލިބަންޑު އަދި ޖަހަމުންދާ ޖީއޯބަންޑުގެ މައްޗަށް ބައެއް މީހުން އަރަމުންދާ ކަމުގެ ޝަކުވާ އެ ކައުންސި...

ޙުސައިން ޝަހުދީ
މަކުނުދޫ ކައުންސިލް ގުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލް ގުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ގުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. އެ ކައުންސިލުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ގުރްއާން މުބާރާތް ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 23 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މުބާރާތަށް އިނާމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ. މީގެ އިތުރުން އިނާމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 23 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން...

މުޙައްމަދު އަފްރާޙް
މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އާއިލާއާއި ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އާއިލާއާއި ހަވާލުކޮށްފި

ހދ. މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އިންޑިއާ އަށް ފޮނުވައިލައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް އެމީހުންގެ އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. މި ހިނގާ އޮކްޓީބަރު މަހުގެ 21 ވަނަ ދުވަހު ހިނގި މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅެފައިވަނީ މަކުނުދޫގައި […]

މުޙައްމަދު އަފްރާޙް
ބާރުގަދަ ގޮވުމުގެ ވަގުތުކޮޅު އިއްޒަގެ ގަލަމުން 📍 ހދ. މަކުނުދޫ

ބާރުގަދަ ގޮވުމުގެ ވަގުތުކޮޅު އިއްޒަގެ ގަލަމުން

ހދ. މަކުނުދޫގައި އިއްޔެ ހަވީރު 4:15 ހާއިރު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހެއްގެ ފުރާނަ ގެއްލުނު ހާދިސާއަކީ މުޅި އެރަށަށާއި، ރާއްޖެ އަށް ވެސް ކުއްލި ޝޮކެއް ގެނުވި ހާދިސާއެކެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތަށް އެރަށަށް ގޮސް އުޅުނު އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ ދެ މީހެކެވެ. މި ހާދިސާ ހަމަލޮލަށް ދުއް މީހެއްގެ ހައިސިއްޔަތުން، 2021 ވަނަ އަހަރު ދިވެހިބަހާ ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ […]

ޔުމްނާ ޢަލީ
މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެ

މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެ

ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވިގޮތުގައި މަކުނުދޫގައި ނަރުދަމާ މަސައްކަތްކުރާ ސައިޓެއްގައި އެއްޗެއް ގޮވާފައިވާ ކަމަށް އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ދެމީހަކު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މަކުނުދޫން ”ތިލަދުން” އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ނިޔާވި އެކަކު އޮތީ ވިއްސައިގެން ގޮސް އެ އެތި ގޮވި ސަރަހައްދާ 100 ވަރަކަށް ފޫޓޫ ދުރުގައެ...

ޔުމްނާ ޢަލީ