ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ގުރްއާން މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެ ކައުންސިލުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ގުރްއާން މުބާރާތް ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 23 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މުބާރާތަށް އިނާމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން އިނާމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 23 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން އިނާމަށް ހުށަހަޅުއްވާ ތަކެތި ކައުންސިލު އިދާރާ އާ ހަވާލުކޮށްދެއްވުން އެދޭ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އެ ކައުންސިލުން ވިދާޅުވީ ފައިސާގެ އިނާމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އެ ކައުންސިލުގެ އެކައުންޓު ނަމްބަރު 7706700331001 (ރެވެނިއު1) އަށް ޖަމާކުރި ފަރާތުގެ ނަމާއި އެޑްރެސް އަދި ކޮންކަމަކަށް ނުވަތަ ކޮން ވަނައަކަށްކަން ރިމާކްސް ގައި ލިޔުއްވާފައި ޓްރާންސްފާ ކުރުމަށް އެދޭ ކަމަށެވެ. އަދި ޓްރާންސްފާ ސްލިޕް 9115827 އަށް ވައިބާ ކުރުމަށް އެދޭ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކައުންސިުގެ އެސިސްޓެންޓް ކައުންސިލުއެގްޒެކެޓިވް ތަސްލީމާ އަބްދުލްޣަނީ 9671919 އަށް ގުޅުމަށް ވެސް ވަނީ އެދިލައްވާފައެވެ.