މޫސުން ގޯސްނަމަ، އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަަށް އެ އިދާރާ އިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ މޫސުން ގޯސްވެ، އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ނުބޭއްވިއްޖެނަމަ، ދެން ބާއްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ.

Ad
rt

މުއިއްޒުގެ އެދިވަޑައިގަތުމަށް އެމަނިކފާނު ހުވާ ކުރައްވާ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމުގެ ތައްޔާރީތައް މިހާރުވަނީ ފަށާފައެވެ. އެ ރަސްމިއްޔާތަށް 3،500 އަށް ވުރެ ގިނަ ބޭފުޅުންނަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޖިލިސް އިދާރާ އިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގެ ހުރިހައި ކަމެއް ކުރުމަށް 22.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސިފައިންގެ ކުންފުނި ސިވެކް އާއެވެ.

އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް މިހާރު ނިންމާފައިވަނީ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު އެވެ.