ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި
ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ ހަމަތައް ބަޔާންކުރާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުން ފުރަތަމަ 14 މޭ 2026 ގައި ފާސްކުރި ބިލެކެވެ. ނަމަވެސް، ބައެއް ކަންކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން 31 މޭ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އޭގެ ފަހުން، ބިލަށް ގެނެވު...