މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

ހދ. މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފަށާފައި ވަނީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މަކުނުދޫގައި މި ޚިދުމަތް ފެށުމާއެކު، މިހާރު ހދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓު ލިބޭނެއެވެ. ދެން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނީ ކުޅުދުއްފުށީ ސިޓީންނެވެ. ރާއްޖޭގެ މީހުން […...

ޔުމްނާ ޢަލީ
މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފ...

ޔުމްނާ ޢަލީ
ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް 📍 ހއ. ކެލާ

ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް

ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު 9 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. މި ބޭފުޅުންނަށާއި ކުންފުންޏަށް މި އިނާމް ދެއްވާފައި ވަނީ މިއަދު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުންނަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަ...

ޔުމްނާ ޢަލީ
މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025ގެ ގުރުއަތުލައިފި 📍 ހދ. މަކުނުދޫ

މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025ގެ ގުރުއަތުލައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025”ގެ ގުރުއަތުލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން މަކުނުދޫ ކައުންސިލް އިދާރާގައި މިއަދު ބާއްވާފައިވާއިރު، މި މުބާރާތަކީ ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މަކުނުދޫ ކައުންސިލުން މުޅި މަކުނުދޫއަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ މި ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް ފަށަން ނިންމާފައި ވަނީ 24 އޯގަސްޓް 2025 ގައި އަންހެން ޑިވިޒަންގެ ހޭޅި ލޭޑީސް އާއި ހޭޅި ބައްދަލުކުރާ މެ...

ޔުމްނާ ޢަލީ
ތިލަދެކުނު ޤުރުއާން މުބާރާތުގެ ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް 📍 ހދ. މަކުނުދޫ

ތިލަދެކުނު ޤުރުއާން މުބާރާތުގެ ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް

ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް ލިބިއްޖެ އެވެ. ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެއްވަނަ އަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލް އެވެ. ދެވަނަ އަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް އެވެ. މި މުބާރާތުގައި ހދ....

އަލީ އާދިލް
ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް މަކުނުދޫގައި ފަށައިފި 📍 ހދ. މަކުނުދޫ

ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް މަކުނުދޫގައި ފަށައިފި

ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” އެ އަތޮޅު މަކުނުދޫފައި ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން އިއްޔެ ފަށާފައިވާއިރު، މުބާރާތުގައި ހދ. އަތޮޅުގެ 13 ރަށަކުން 15 ސްކޫލަކުން ވާދަކުރެއެވެ. ސްކޫލްބައިގައި ޖުމްލަ 168 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މި މުބާރާތުގައި، އަތޮޅުގެ 8 ކައުންސިލަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި...

އިބްރާހިމް ޚަލީލް
މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށު ސްކޫލަށް 30،000ރ.ގެ މާލީ އެހީ ފޯރުކޮށްދީފި 📍 ހދ. މަކުނުދޫ

މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށު ސްކޫލަށް 30،000ރ.ގެ މާލީ އެހީ ފޯރުކޮށްދީފި

މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށު ސްކޫލަށް 30،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ. މަކުނުދޫ އތމކ އިން ބުނީ، މި އެހީތެރިކަމަކީ މަކުނުދޫ ކައުންސިލުން މަކުނުދޫ ސްކޫލްގައި 38 ކެބިނެޓް ހެދުމަށް ދިން ކޮންޑިޝަނަލް ގްރާންޓަށް ދިން ސަޕޯޓިން ގްރާންޓެއްކަމަށެވެ. މަކުނުދޫ އތމކ އިން މިފަހުން ވަނީ އެރަށު ސްކޫލްގެ ބެލެނިވެރިން އިސްނެގުމާއެކު އެރަށު ސްކޫލަށް ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކުރުމަށް، އެ ބޯޑު ހެދުމަށް ވެސް މާލީގޮތުން އެހީތެރިކަން […]

ޔުމްނާ ޢަލީ
މަކުނުދޫ ކައުންސިލުން ސްކޫލަށް 100000ރ، ޕްރީސްކޫލަށް 50000ރ ގެ އެހީ 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލުން ސްކޫލަށް 100000ރ، ޕްރީސްކޫލަށް 50000ރ ގެ އެހީ

ހދ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލަށާއި، އެރަށު ނާރެސް ޕްރީސްކޫލަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން މަކުނުދޫ ކައުންސިލުން ވަނީ މި އެހީ ދިނުމުގެ ފަހުމުނާމާގައި މަކުނުދޫ ސްކޫލާއި، ނާރެސް ޕްރީސްކޫލާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލަށް 100000ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނާރެސް ޕްރީސްކޫލަށް 50000ރުފިޔާގެ މަލީ އެހީ ވަނީ ފޯރުކޮށްދީފައެވެ. މަކުނުދޫ ކައުންސިލުން ބުނީ އެ ރަށު ސްކޫލަށް ފޯރުކޮށްދިން އެހީތެރިކަމަކީ ފެންވަރު ރަނގަޅު...

ޔުމްނާ ޢަލީ
މަކުނުދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމާއެކު މަކުނުދޫ ބެލެނިވެރިން ސްކޫލަށް ޑިޖިޓަލް ނޯޓިސް ބޯޑެއް 📍 ހދ. މަކުނުދޫ

މަކުނުދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމާއެކު މަކުނުދޫ ބެލެނިވެރިން ސްކޫލަށް ޑިޖިޓަލް ނޯޓިސް ބޯޑެއް

ހދ. މަކުނުދޫ ސްކޫލްގެ ބެލެނިވެރިން އިސްނެގުމާއެކު އެރަށު ސްކޫލަށް ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފިއެވެ. މި ޑިޖިޓަލް ނޯޓިސް ބޯޑަކީ މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) މާލީ އެހީތެރިކަމާއެކު ހަދިޔާކޮށްފައިވާ ޑިޖިޓަލް ނޯޓިސް ބޯޑެކެވެ. މި ނޯޓިސް ބޯޑު ހަވާލުކުރުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، ސްކޫލްގެ އިސް ބެލެނިވެރިންނާއި އަދި ސްކޫލްގެ ޕްރިންސިޕަލާއި ސީނިއާ މެނޭޖް...

ޔުމްނާ ޢަލީ
މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށު ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފި 📍 ހދ. މަކުނުދޫ

މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށު ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފި

ހދ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށު ނާރެސް ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފިއެވެ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި އެ ކޮމިޓީއިން ނާރެސް ޕްރީ ސްކޫލްގައި ތަރައްޤީ ކޮށްދިން ރީޑިންގް ކޯނާރގެ މަސައްކަތް ނިންމައި، އެތަން ވަނީ ރަސްމީކޮށް ސްކޫލާއި ހަވާލުކޮށްފައެވެ. މިތަނަކީ ތުއްތު ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތުއްތު ކުދިންގެ ޝައުޤުވެރިކަން ފޮތަށް އިތުރުކުރުމުގެ މަޤުސަދުގަ...

ޔުމްނާ ޢަލީ
މަކުނުދޫ ހޮސްޕިޓް އަޅަން ބިން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ހޮސްޕިޓް އަޅަން ބިން ހަވާލުކޮށްފި

ހދ. މަކުނުދޫ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ފެނަކަ ކޯޕަރޭޝަން އާއި އިއްޔެ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތާއި، މަކުނުދޫ ކައުންސިލް އަދި ހެލްތް ސެންޓަރުގެ އިތުރުން ފެނަކަ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މަކުނުދޫ ހެލްތް ސެންޓަރުގެ ޒިންމާދާރު ވެރިޔާ އިބްރާހީމް ޝަރީފް ‘ތިލަދުން’ އަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢު އަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ މަޝްރޫޢު އެއް ކަމަށެވެ. […]

އައިޝަތު އައިނީ އާމިރު
ތިލަދެކުނު ޤުރުއާން މުބާރާތް މި އަހަރު މަކުނުދޫގައި 📍 ހދ. މަކުނުދޫ

ތިލަދެކުނު ޤުރުއާން މުބާރާތް މި އަހަރު މަކުނުދޫގައި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ތިލަދެކުނު ޤުރުއާން މުބާރާތް 2025” ހދ. މަކުނުދޫގައި ބާއްވަން ހަމަޖެހިއްޖެއެވެ. މި މުބާރާތް ބާއްވާ ރަށަކަށް މަކުނުދޫ ހަމަޖެހުނީ މުބާރާތް ހޯސްޓްކުރުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގައި މަކުނުދޫ ކައުންސިލުން ހުށަހެޅި ބީލަން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތް އިންތިޒާމްކުރުމަށް ހދ އަތޮޅު ކައުންސިލް އިދާރާއިން އެ އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށާއި ރަށު ކައުންސިލްތަކަށް ހުޅުވާލާފައިވަނީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.  މަކުނުދޫގައި މި މުބާރާތް...

އައިޝަތު އައިނީ އާމިރު
މަކުނުދޫއިން ވިޔަފާރި ބޭނުމަށް 23 ބިމާއި، ތެޔޮ ގުދަންކޮށް ވިއްކުމަށް އިމާރާތެއް ކުއްޔަށް ދޫކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫއިން ވިޔަފާރި ބޭނުމަށް 23 ބިމާއި، ތެޔޮ ގުދަންކޮށް ވިއްކުމަށް އިމާރާތެއް ކުއްޔަށް ދޫކުރަނީ

ހދ. މަކުނުދޫ އިން ވިޔަފާރި ބޭނުމަށް އެކި ބާވަތުގެ 23 ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން އާންމުކޮށް އިޢުލާން ކޮށްފިއެވެ. ކައުންސިލުން މިހާރު ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ބިންތަކުގެ ތެރޭގައި، ލައިޓް އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ހިމެނެއެވެ. މީގެ ތެރޭގައި ގަރާޖު، ކާޕެންޓްރީ އަދި ވޯކްޝޮޕް ހިންގުމަށް ބިން ހިމެނެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމަށް ބިން، ކޮމާޝިއަލް ބޭނުންތަކަށް ބިން، ކުއްޔަށް ދޭ ކޮޓަރި އަދި އެކަމަޑޭޝަން ވިޔަފާރިއަށް ބިން، ބޯޓްޔާޑް ހެދުމަށް އަދި ކުކުޅު […]

އަލީ އާދިލް
"އިމުގެ ތެރެއިން" އީދު ކުޅިވަރު ކުޅެ މަކުނުދޫއިން ނަމޫނާ ދައްކަނީ 📍 ހދ. މަކުނުދޫ

"އިމުގެ ތެރެއިން" އީދު ކުޅިވަރު ކުޅެ މަކުނުދޫއިން ނަމޫނާ ދައްކަނީ

އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ކުޅުމަކީ މުޅި ރާއްޖޭގައި ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. އޭގެތެރޭގައި މުސްލިމުންގެ ސަގާފަތާއި، ދިވެހީންގެ އާދަކާދައާއި ނުގުޅޭ، އަދި ދީނީގޮތުން ހުއްދަ ނޫން އެތައް ކުޅިވަރުތަކެއް ވެސް ހިމެނޭކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމުގައިވާ އިސްލާމް ދީނުގެ ހުކުމްތަކާއި، އުސޫލްތަކާއި ފުށުނާރާގޮތަށް އީދު ކުޅިވަރުތައް ބޭއްވުމަށް، މަދުން ނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުން އަންނަނީ މަ...

އިބްރާހިމް ޚަލީލް
މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ފުޓްސަލް ދަނޑެއް އަޅައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ފުޓްސަލް ދަނޑެއް އަޅައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ސްކޫލުގައި ޓާފް ފުޓްސަލް ދަނޑެއް ތަރައްގީކޮށް ހުޅުވައިފިއެވެ. އިއްޔެ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ މަކުނުދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޝައްމާހް އާއި ޓަފްކޫލް އިންވެސްޓްމަންޓްގެ ވެރިޔާ އަހްމަދު ސިނާޒްއެވެ. އެ ދަނޑަކީ މަކުނުދޫ ކައުންސިލާއި ސްކޫލް ގުޅިގެން، ރަށުގެ އެންމެހާ މުއައްސަސާތަކުގެ އެހީތެރިކަމާއެކު ތަރައްގީކޮށްފައިވާ ދަނޑެކެވެ. ދަނޑު އެޅުމުގެ މަޝްރޫއުގައި ޓަފްކޫލް އިންވެސްޓްމ...

އިބްރާހިމް ޚަލީލް