ތާރީޚުގެ ތެރެއިން، މަނަދޫގައި ފުރަތަމަ ހުޅުވި ނ. އަތޮޅު މަދަރުސާ
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި މިހާރު ހުރި ނ. އަތޮޅު މަދަރުސާގެ އުފަން ދުވަހަކީ ނުވަތަ އަހަރީ ދުވަހަކީ 01 މާރިޗެވެ. އެ ދުވަސް ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މަނަދޫގައި “މަނަދޫ ޕްރައިމަރީ ސްކޫލު” ހުޅުވައިދެއްވި ދުވަހަށެވެ. އެއީ 1979 މާރިޗު 1 ވަނަ ދުވަހެވެ. އެއީ ރައީސް މައުމޫން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަނަދޫއަށް ފުރަތަމަ ކުރެއްވި ދަތުރުފުޅެވެ. އެހެންނަމަވެސް މަނަދޫ ޕްރައިމަރީ ސްކޫލަށްވުރެ “ނ. އަތޮޅު މަދަރުސާ”...