މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ވައިކަރަދޫ (186 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
186 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވައިކަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

186 ޚަބަރުގެ ތެރެއިން
"ވައިކަރަދޫ ޔޫތު ކުލަބް ސްޕޯޓްސް އެކަޑަމީ" ގެ ފެށުން އައު އަހަރުގެ ފުރަތަމަ ދުވަހު 📍 ހދ. ވައިކަރަދޫ

"ވައިކަރަދޫ ޔޫތު ކުލަބް ސްޕޯޓްސް އެކަޑަމީ" ގެ ފެށުން އައު އަހަރުގެ ފުރަތަމަ ދުވަހު

ހދ.ވައިކަރަދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ވައިކަރަދޫ ޔޫތު ކުލަބުން އިސް ނަގައިގެން “ވީވައިސީ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި އެކަޑަމީއެއް 01 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ. ވައިކަރަދޫގައި އެކި ކުޅިވަރުތަކުން މޮޅެތި ކުޅުންތެރިން އުފެއްދުމުގެ މަޤުޞަދުގައި ފަށާ މި އެކަޑަމީގައި ތިން ކުޅިވަރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. މިވަގުތު ފުޓްބޯޅައާއި ވޮލީބޯޅަ ހާއްސަ ކޮށްފައ...

އިބްރާހިމް ޚަލީލް
ވައިކަރަދޫގައި ބޭބީ ނާސަރީ އަދި ނާސަރީ އަށް ކިޔަވައިދޭން އަލުން ފަށަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ބޭބީ ނާސަރީ އަދި ނާސަރީ އަށް ކިޔަވައިދޭން އަލުން ފަށަނީ

ހދ. ވައިކަރަދޫގައި ނާސަރީ އަދި ބޭބީ ނާސަރީ އަށް ކިޔަވައިދޭން ފަށަން ތައްޔާރު ވެއްޖެ އެވެ. ވައިކަރަދޫ ކައުންސިލުން މިއަދު ބުނެފައިވަނީ ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތައް ހިންގުމަށްޓަކައި ހދ. އަތޮޅު މަދަރުސާގެ ކްލާސްރޫމް ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ވައިކަރަދޫ ކައުންސިލުގެ އިދާރާއަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ. ހދ. އަތޮޅު މަދަރުސާގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ހދ. އަތޮޅު މަދަރުސާގެ ފަރާތުން ސޮއިކުރެއްވީ އެސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ހިލްމީ އެވ...

އަލީ އާދިލް
ވައިކަރަދޫގައި މަސްރޭހަކާއި، ކުޑަކުދިންގެ މަސްވެރި ހަވީރަކާއި، ބާބަކިއުއެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި މަސްރޭހަކާއި، ކުޑަކުދިންގެ މަސްވެރި ހަވީރަކާއި، ބާބަކިއުއެއް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ވައިކަރަދޫގައި އެކި އުމުރުފުރާ ތަކަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިގޮތުން އެރަށު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން މަސްރޭހެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން މަސްވެރި ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމުމަށް ހަމަޖެހިފައިވާއިރު، ރަށުގެ އާއްމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ބާބެކިއު އެއް ބޭއްވުމަށްވެސް ވަނީ ނިންމާފައ...

އައިޝަތު ނަސާޔާ
ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި

ހދ. ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި އެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވީ މިއަދު މި ބިންގާ އަޅާފައި މިވަނީ “ކޭލަކުނު ތަޅާލި ވިއްސާރަ” އަށް 200 އަހަރު ވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ތުއްކޮއިބޭގެ އާއިލާއަކީ އެ ހާދިސާއަށް ފަހު އެރަށުގެ ދަރިފަސްކޮޅު ވައިކަރަދޫގައި އާބާދު ވެގެންދިޔުމުގެ އަސްލު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވައިކަރަދޫ އަށް އުފަން ދަރިއެއް ކަމަށްވާ އަދި މިހާރު […]

އައިޝަތު ނަސާޔާ
ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވ...

އައިޝަތު ނަސާޔާ
ވައިކަރަދޫގައި ގޭސް ލީކުވެ އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ގޭސް ލީކުވެ އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެ

ހދ. ވައިކަރަދޫގައި ގޭސް ލީކުވެ އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެ އެވެ. ވައިކަރަދޫ ކައުންސިލް މެންބަރަކު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ގަބޫލު ކުރެވޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރުމުގެ ސަބަބުން ކަމަށެވެ. ތަނެއްގައި އަލިފާން ރޯވެފައި ނުވިއަސް، ބަދިގެ ދޮރު ހަލާކުވެފައިވާ ކަމަށް މެންބަރު ވިދާޅިވި އެވެ. މިހާދިސާ ހިނގާފައިވަނީ ހދ. އަތޮޅު މަދަރުސާގައި ކިޔަވައިދެމުން އަންނަ ފިރިހެން ޓީޗަރު ދިރިއުޅޭ ގޭގަ އެވެ. އެޓީޗަރުގެ މޫނު ވަނީ ވަރަށް […]

އަލީ އާދިލް
ވައިކަރަދޫ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި

ހދ. ވައިކަރަދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ޖިމް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. ނައިބު ރައީސް ބޮޑުތިލަދުންމަތީގެ 4 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިންވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ވައިކަރަދޫއަށް ޒިޔާރަތްކުރަށްވާފައިވާއިރު، ވައިކަރަދޫ އައުޓްޑޯ ޖިމް ހުޅުއްވައި ދެއްވުމުގެ އިތުރުން އެރަށުގެ ބައެއް މުއައްސަސާތަކަށް ވެސް ވަނީ ޒިޔާރަތް ކުރަށްވާފައެވެ. މިގޮތުން ވައިކަރަދޫ ސިއްހީ މަރުކަޒަށާއި، ވައިކަރަދޫގައި ހުންނަ ހ...

ޖަލްވާން ޖާދުﷲ
ނައިބު ރައީސް ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަނީ 📍 ހއ. ހޯރަފުށި

ނައިބު ރައީސް ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަން ނިންމަވައިފި އެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މާދަމާ ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ. އަތޮޅުން ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ހދ. ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ. މިދަތުރު ފުޅުގައި ފާހަގަކޮށްލެވޭކަންކަމުގެ ތެރޭގައި ހޯރަފުށި މަގުހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެ އެވެ. އަދި ހޯރަފުށި އެއަރޕޯޓަށް އ...

ޔުމްނާ ޢަލީ
މިއަހަރު ނިމުމުގެ ކުރިން ވައިކަރަދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަންދީފި 📍 ހދ. ވައިކަރަދޫ

މިއަހަރު ނިމުމުގެ ކުރިން ވައިކަރަދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަންދީފި

މިއަހަރު ނިމުމުގެ ކުރިން ހދ. ވައިކަރަދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރަށް ޚިދުމަތް ދެމުންދާނެ ތަނަކަށް ހެދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފިޓޭ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ޞިއްޙީ ދާއިރާއަށް ބޮޑު ބަޖެޓެއް ޖަހާފައިއޮތްކަން ފާހަގަ ކުރަށްވާ ކަމަށާއި، ޚާއްޞަކޮށް ޞިއްޙީ ދާއިރާ ސަރަހައްދުތަކަށް ބަހާލުމުގެ ގޮތުން، އެ ވިސްނުމުގައި ބަޖެޓުކ...

އިބްރާހިމް އަސްވާޤް
ވައިކަރަދޫގެ ޕީއެސްއައިޕީއަށް އޮތީ 2 މިލިއަން، މިއީ ފާގަތި އުންމީދީ ބަޖެޓެއް: ފިއްޓޭ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގެ ޕީއެސްއައިޕީއަށް އޮތީ 2 މިލިއަން، މިއީ ފާގަތި އުންމީދީ ބަޖެޓެއް: ފިއްޓޭ

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ފާގަތި ދިރިއުޅުމަކަށް އުއްމީދުތަކަކާ އެއްކޮށް އައިސާފައިވާ ބަޖެޓެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓް ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ފުރަތަމަ ކަމަކަށް މިފަދަ އުއްމީދީ ބަޖެޓެއް ހުށަހެޅި ކަމަށް ޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ޝުކުރު ދެންނެވުމަކީ އެންމެ ފ...

ޖަލްވާން ޖާދުﷲ
ވައިކަރަދޫގައި ކަނޑަން ފަހަން ދަސްކޮށްދޭ ކޯހެއް ފަށަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ކަނޑަން ފަހަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ހދ. ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން، ވައިކަރަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ކަނޑަން ފަހަން ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފަހަން ދަސްކޮށްދިނުމުގެ ބޭސިކް ސެޓްފިކެޓް ލެވެލް 01 ގެ މި ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު 04 ނޮވެމްބަރ 2021 ގައި ހުޅުވާލާފައިވާއިރު މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ 20 ނޮވެމްބަރ...

އިބްރާހިމް ޚަލީލް
ބަޖެޓް 2022، ޕީއެސްއައިޕީ ޕްރޮޖެކްޓްސް: މާލެއިން އުތުރުން އެންމެ ފުލަށް ވައިކަރަދޫ 📍 ހދ. ވައިކަރަދޫ

ބަޖެޓް 2022، ޕީއެސްއައިޕީ ޕްރޮޖެކްޓްސް: މާލެއިން އުތުރުން އެންމެ ފުލަށް ވައިކަރަދޫ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓުގެ ދަށުން، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުންހިނގާ ޕްރޮޖެކްޓްތަކުގެ ގޮތުގައި އަލަށް ގިނަ ކަންތައްތަކެއް ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. އަދި ޕީއެސްއައިޕީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން އަންނަނީ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. ޕީއެސްއައިޕީ އަކީ ދައުލަތުން ހިނގާ އުމްރާނީ...

ޖަލްވާން ޖާދުﷲ
ވައިކަރަދޫ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގާކަމުގެ ޝަކުވާ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގާކަމުގެ ޝަކުވާ

ހދ. ވައިކަރަދޫ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގާކަމުގެ ޝަކުވާ ބޮޑުވެ، ގޮނޑުދޮށުން ވެލި ނުނެގުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފި އެވެ. އެ ކައުންސިލުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި އެކައުންސިލުން ނެރުނު އިޢުލާނެއްގަ އެވެ. ފަހަކަށް އައިސް އެރަށުގެ ގޮނޑުދޮށުން ގިނަ ޢަދަދަކަށް ވެލިނަގަމުން ގެންދާކަމުގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާކަމަށް އިއުލާނުގައި ފާހަގަކުރެއްވި އެވެ. “މިކަމަކީ ޤާނޫނު ނަންބަރު 77/78 “ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެ...

އަޙްމަދު އަރުޝަމް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ވައިކަރަދޫ ދާއިރާގެ ރައީސްކަމަށް މަޖުދީ 📍 ހދ. ވައިކަރަދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ވައިކަރަދޫ ދާއިރާގެ ރައީސްކަމަށް މަޖުދީ

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ވައިކަރަދޫ ދާއިރާގެ ރައީސްކަން އަހްމަދު މަޖުދީ (މަޖޭ) ކާމިޔާބު ކުރައްވައިފި އެވެ. ހދ. ނެއްލައިދޫއަށް އުފަން މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ އިތުރު 4 ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ 9 ވޯޓުގެ ތަފާތަކުންނެވެ. މަޖުދީއަށް 203 ވޯޓު ލިބިފައިވާއިރު ވައިކަރަދޫ ދާއިރާގެ ރައީސްކަން ފެށުނީންސުރެއް ކުރައްވަމުން އަންނަ އަޙްމަދު ހާޝިމް އަށް ލިބިފައިވަނީ 194...

އަލީ އާދިލް
ވައިކަރަދޫ ކައުންސިލްގެ ވިސްނުމަކީ ސޯލާޕެނަލްތައް ހަރުކުރާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުން: ޒާމިރު 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލްގެ ވިސްނުމަކީ ސޯލާޕެނަލްތައް ހަރުކުރާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުން: ޒާމިރު

ހދ. ވައިކަރަދޫގައި ސޯލާ ޕެނަލްތައް ހަރުކުރުމަށް ކަނޑައަޅާފައިވާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުމަކީ ވައިކަރަދޫ ކައުންސިލްގެ ވިސްނުންކަމަށް ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ވައިކަރަދޫ ބްރާންޗާއި އަދި ވައިކަރަދޫ ކައުންސިލް ގުޅިގެން ހދ.ވައިކަރަދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސޯލާޕެނަލްތައް އެ ރަށުގައި ހަރުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަނދަރުގެ ތޮށިގަނޑާއި ކައިރި ބޮޑުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އެކަމާއި ހިތް...

އިބްރާހިމް ޚަލީލް