ހދ. ވައިކަރަދޫގައި ގޭސް ލީކުވެ އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކު ފިހިއްޖެ އެވެ.

ވައިކަރަދޫ ކައުންސިލް މެންބަރަކު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ގަބޫލު ކުރެވޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރުމުގެ ސަބަބުން ކަމަށެވެ.

Ad
rt

ތަނެއްގައި އަލިފާން ރޯވެފައި ނުވިއަސް، ބަދިގެ ދޮރު ހަލާކުވެފައިވާ ކަމަށް މެންބަރު ވިދާޅިވި އެވެ.

މިހާދިސާ ހިނގާފައިވަނީ ހދ. އަތޮޅު މަދަރުސާގައި ކިޔަވައިދެމުން އަންނަ ފިރިހެން ޓީޗަރު ދިރިއުޅޭ ގޭގަ އެވެ.

އެޓީޗަރުގެ މޫނު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗެ) އަށް ގެންގޮސްފަ އެވެ.

މިހާދިސާ ހިނގީ މިއަދު ހެނދުނު 6 ޖަހާކަށްހާއިރު އެވެ.