މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އުތީމު (233 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
233 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އުތީމުގެ އެންމެ ފަހުގެ ޚަބަރުތައް

233 ޚަބަރުގެ ތެރެއިން
އުތީމް ކައުންސިލް ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފި 📍 ހއ. އުތީމު

އުތީމް ކައުންސިލް ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރަސްމީ ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ. އުތީމު ކައުންސިލުގެ ރަސްމީ ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި ރޭ އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބޭއްވި ހަފްލާގައެވެ. ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. ލޯގޯއިން ރަމްޒުކޮށްދޭ ކަންކަން ލޯގޯގައި ދޯންޏެއްގެ ސިފައިގައި ރަމްޒުކޮށްދޭބައިން ބުނެދެނީ އުތީމު ތިންބެއިން ރާއްޖެ އިސްލާމް ކުރެއްވުމަށ...

އިބްރާހިމް ޚަލީލް
އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް 📍 ހއ. އުތީމު

އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ އުތީމު ފުޓްސަލް ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ފައިސާގެ އެހީއެއް ދީފިއެވެ. އުތީމު ކައުންސިލުން ވަނީ އެކަން ފާހަގަކޮށް، އެކަމުގައި އިސްކޮށް އުޅުނު އެރަށު ފީރޯޒްގެ އާދަމް ރަމީޒަށާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އުތީމު ފުޓްބޯޅަ ކްލަބްގެ ފަރާތުން ވެސް ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. ރިސޯޓުތަކުގައި ވަޒީފާ އ...

ޔުމްނާ ޢަލީ
މާދަމާ އުތީމު ގަނޑުވަރު ބަންދު 📍 ހއ. އުތީމު

މާދަމާ އުތީމު ގަނޑުވަރު ބަންދު

އާ އަހަރާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން މާދަމާ އުތީމު ގަނޑުވަރު ބަންދުވާނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނެފިއެވެ. އެ މަރުކަޒުން ބުނީ، އާ އަހަރާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން މާދަމާ އުތީމު ގަނޑުވަރު ބަންދުވާނެއެވެ. އަދި  ދެން ހުޅުވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ. ހޮނިހިރު ދުވަހު އުތީމު ގަނޑުވަރު ހުޅުވަން ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް […]

ޔުމްނާ ޢަލީ
ބޮޑު ތަރުހީބަކާއިއެކު އުތީމުގައި މޫދު ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށް 📍 ހއ. އުތީމު

ބޮޑު ތަރުހީބަކާއިއެކު އުތީމުގައި މޫދު ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށް

ބޮޑު ތަރުހީބަކާއިއެކު ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މޫދު ކަސްރަތު ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރޮގްރާމަކީ އުތީމު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ރަށުގައި މި ޕްރޮގްރާމް ފަށާފައި ވަނީ މި މަހު ދިހަވަނަ ދުވަހުއެވެ. ޖުމްލަ 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. މި […]

އިބްރާހިމް ޚަލީލް
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް 📍 ހއ. އިހަވަންދޫ

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އިހަވަންދޫއިން ހޯދައިފިއެވެ އުތީމާއި އިހަވަންދޫ ބައްދަލުކުރި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅެފައި ވަނީ ކެލާ ފުޓްސަލް ދަނޑުގައެވެ. ދެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު ފޯރިގަދަ މި މެޗު އިހަވަންދޫއިން ކާމިޔާބުކުރީ އުތީމުގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗުގައި […]

އިބްރާހިމް ޚަލީލް
ޤައުމީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ މާލެއާއި އުތީމުގައި 📍 ހއ. އުތީމު

ޤައުމީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ މާލެއާއި އުތީމުގައި

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ޖަލްސާ އޮންނާނީ ހއ. އުތީމާއި، މާލެއާއި އޮންނާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފިއެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއެއް ކޮންމެ އަހަރަކުން އުތީމުގައި އޮވެއެވެ. ދިވެހިބަހާ ބެހޭ ވުޒާރާއިން ބުނީ، މި އަހަރު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާލޭގައިކަމަށެވެ. އަދި އުތީމުގައި ވެސް ޚާއްޞަ ޖަލްސާ އޮންނާނެކަމަށެވެ. ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަ...

ޔުމްނާ ޢަލީ
އުތީމު ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފަށަން މަސައްކަތް ކުރަނީ 📍 ހއ. އުތީމު

އުތީމު ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފަށަން މަސައްކަތް ކުރަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް މަސައްކަތް ފަށައިފިއެވެ. އުތީމް ކައުންސިލާއި ޣާޒީ ބަންޑާރައިން ސްކޫލާއި ގުޅިގެން ކުރިއަށް އޮތްއަހަރު އެ ރަށުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކުރުމަށް ދެ ޕްލޭނެއް ގެންގުޅުއްވާ ކަމަށެވެ. އަބްދުﷲ […]

އިބްރާހިމް ޚަލީލް
އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ 📍 ހއ. އުތީމު

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދިޔަ “އުތީމް އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ މަރްޔަމް އަނާޔާ ހަބީބް ހޯދައިފިއެވެ. މި މަހު 19 ވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ބައިވެރިންނާއިއެކު ފައިނަލް ޝޯ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. ފައިނަލް ޝޯގައި އެންމެ މަތިން މާކްސް ހޯދައި އުތީމްގެ […]

އިބްރާހިމް ޚަލީލް
އުތީމު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް މި މަހު 19 ގައި ފަށަނީ 📍 ހއ. އުތީމު

އުތީމު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް މި މަހު 19 ގައި ފަށަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދާ “އުތީމް އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް 1445” އަންނަ އަންގާރަ ދުވަހު (19 މާޗް 2024) ފަށާނެއެވެ. ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މި މުބާރާތުގައި އުތީމް ސްކޫލާއި ޕްރީސްކޫލުން 55 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މަދަރުސީ ތައުލީމް ނިންމާފައިވާ 5 ފަރާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދަނީ އެންމެ އަލިގަދަތަރިއަށް ވާދަކުރާ ބައިގައި ޕްރީސްކޫ...

އިބްރާހިމް ޚަލީލް
ފެނަކަ ކޮމިއުނިޓީ ޕާކާއި އުތީމް އިސް ރައްވެހިންގެ ހިޔާ ހުޅުވައިފި 📍 ހއ. އުތީމު

ފެނަކަ ކޮމިއުނިޓީ ޕާކާއި އުތީމް އިސް ރައްވެހިންގެ ހިޔާ ހުޅުވައިފި

ފެނަކަ އުތީމް ބްރާންޗްގެ ފަރާތުން އިސްނަގައިގެން އެ ރަށުގައި ތަރައްގީކުރި ކޮމިއުނިޓީ ޕާކާއި، އިސް ރަށްވެހިންގެ ހިޔާ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. އެ ރަށުގެ އިރުދެކުނު ފަރާތު އަތިރިމަތީގައި ތަރައްގީކުރި މި ޕާކް ހުޅުވުމުގެ ގޮތުން އާދީއްތަ ދުވަހުގެ ހަވީރު އެތަނުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕާކް ރަސްމީކޮށް ހުޅުވައި ދެއްވީ ހއ.އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ. މި ތަނާއި ގުޅޭގޮތުން މައުލޫމާތު ދެމުން އުތީމް ކައުންސިލްގެ ރައީސް […]

އިބްރާހިމް ޚަލީލް
ރޯދަ މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއް ދުވަހާ އުތީމުގެ ގިނަ ބަޔަކު ދިއްދުއަށް 📍 ހއ. ދިއްދޫ

ރޯދަ މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއް ދުވަހާ އުތީމުގެ ގިނަ ބަޔަކު ދިއްދުއަށް

ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް އެއްދުވަހާއި އުތީމްގެ ވަރަށް ގިނަބަޔަކު ދިއްދޫއަށް ދަތުރުކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ދޯނި ފެރީގައި އުތީމްގެ 160 މީހަކު ވަނީ ރޯދަމަހަށް ބޭނުންވާ ސާމާނު ގަތުމަށް ދިއްދޫއަށް ދަތުރު ކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ސާމާނު ގަތުމަށް އަބަދުވެސް އުތީމްގެ ގިނަބަޔަކު ދިއްދޫއަށް ގޮސް އުޅޭކަމަށާއި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހަކީ […]

އިބްރާހިމް ޚަލީލް
ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި 📍 ހއ. އުތީމު

ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި

ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ. އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް […]

އިބްރާހިމް ޚަލީލް
އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރެހުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފި 📍 ހއ. އުތީމު

އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރެހުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފި

އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރަންޖެހޭ ތަފްސީލީ ކުރެހުމުގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. އުތީމު ކައުންސިލުން ބުނީ އެރަށު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕް ކުރުމަށްޓަކައި ތަފްޞީލީ ކުރެހުން ތައްޔާރު ކޮށްދިނުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ މަދުވެގެން 56 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އަގަކީ 194،000 ރުފިޔާ ކަމަށް އުތީމު ކައުންސިލުން މައުލޫމާތު ދެއެވެ. އުތީމު ގަނޑުވަރުވަ...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތް: ފައިނަލުގައި އުތީމާއި ވަށަފަރު 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް މުބާރާތް: ފައިނަލުގައި އުތީމާއި ވަށަފަރު

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގެ ފައިނަލުން އުތީމާއި ވަށަފަރު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިއަދު ހަވީރު މާރަންދޫގައި ކުޅެފައިވާއިރު ފުރަތަމަ ސެމީގައި ބައްދަލުކުރީ އުތީމާއި މުރައިދޫއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އޮތީ އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މުރައިދޫ މައްޗަށް އުތީމުން ކުރިހޯދީ […]

އިބްރާހިމް ޚަލީލް
ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނަން: އުތީމު ކައުންސިލް 📍 ހއ. އުތީމު

ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނަން: އުތީމު ކައުންސިލް

ހއ. އުތީމު ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ޢަމަލުކުރުމަށާއި، ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް އެރަށު ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ. އުތީމު ކައުންސިލުން މިއަދު ވިދާޅުވީ، މިހާރަކަށް އައިސް އެ ރަށުގެ ގޮނޑުދޮށުން ގިނަ އަދަދަކަށް ގޭގެއަށާއި ވިޔަފާރި ބޭނުމަށް ވެލިނަގަމުންދާކަން އެ ކައުންސިލަށް  ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދައިން ވެލި ނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގ...

ޔުމްނާ ޢަލީ