މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އުތީމު (233 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
233 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އުތީމުގެ އެންމެ ފަހުގެ ޚަބަރުތައް

233 ޚަބަރުގެ ތެރެއިން
އުތީމު ރައީސަށް ހަތަރު ވަނަ ދައުރަށް ގޮނޑި ކަށަވަރު، ވިދާޅުވީ ހުރިހާ ކަމަކީ ވެސް މާތްﷲގެ ތަނަވަސް ރަޙްމަތްކަމަށް 📍 ހއ. އުތީމު

އުތީމު ރައީސަށް ހަތަރު ވަނަ ދައުރަށް ގޮނޑި ކަށަވަރު، ވިދާޅުވީ ހުރިހާ ކަމަކީ ވެސް މާތްﷲގެ ތަނަވަސް ރަޙްމަތްކަމަށް

ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދަށް އައު ދައުރަކަށް ކައުންސިލްގެ ގޮނޑި ކަށަވަރުވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިހާރު ތިންވަނަ ދައުރު ފުރުއްވަމުން ގެންދަވާ ޢަބުދުﷲ ރަޝީދަށް މި ކާމިޔާބީ ވެގެން ދާނީ ހަތަރު ވަނަ ދައުރަކަށް އުތީމު ރައީސްގެ މަގާމު ކަށަވަރުވެގެން ދިޔުމަށެވެ. މިހާތަނަށް ޕީޕީއެމް/ޕީއެންސީ ފިކުރުގައި ދެމި ހުންނެވި ޢަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026ގައި ވާދަކ...

ޔުމްނާ ޢަލީ
އުތީމަށް ނަފާވެރިކަން ހޯދައިދިނުމަށް ކައުންސިލުން ''އުތީމު ޓުއަރ'' ފަށައިފި 📍 ހއ. އުތީމު

އުތީމަށް ނަފާވެރިކަން ހޯދައިދިނުމަށް ކައުންސިލުން ''އުތީމު ޓުއަރ'' ފަށައިފި

ހއ. އުތީމަށް ނަފާވެރިކަން ހޯދައިދިނުމުގެ މަޤްޞަދުގައި އެރަށު ކައުންސިލުން ”އުތީމު ޓުއަރ” ފަށައިފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް މިއަދު ވިދާޅުވީ، ”އުތީމު ޓުއަރ” އަކީ އުތީމު ކައުންސިލާއި ރައްޔިތުންނަށް ނަފާވެރިކަން ހޯދައިދީ އުތީމަށް ޒިޔާރަތް ކުރާ މީހުންގެ ފުށުން އުތީމުގެ އިގްތިސޯދަށް އިތުރު ފަހިކަން ހޯދައިދިނުމަށް ފެށި ކަމެއްކަމަށެވެ. މިގޮތުން މިޓުއަރ އިއްޔެ ފަށާފައިވާއިރު، އުތީމު ޓުއަރ ފެށީ ހއ. މަނަފަރު ރިސޯޓުން އިއްޔެ އުތީމަށް ޒިޔާރަތްކުރި 18 ފަތުރުވެރިންނަށް ދިނ...

ޙުސައިން ޝަހުދީ
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ މުޝީރުކަމަށް، އުތީމު އާދަމްބެ 📍 ހއ. އުތީމު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ މުޝީރުކަމަށް، އުތީމު އާދަމްބެ

ސާޅީސް ދެ އަހަރު ދައުލަތަށް ޚިދުމަތްކޮށްދެއްވި، ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަދި މަޝްހޫރު އަދީބު އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ މުޝީރުކަމުގެ މަގާމު އިއްޔެ އައްޔަނުކުރައްވައިފިއެވެ. މި މަގާމު އޭނާއަށް ދެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ. އާދަމްބެ ވަނީ އިއްޔެއިން ފެށިގެން އެ މަގާމުގެ މަސައްކަތްތައް ފައްޓަވާފައިކަމަށްވެސް މައުލޫމާތު ލިބެއެވެ. އުތީމު އާދަމްބެއަކީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައ...

އިބްރާހިމް އަސްވާޤް
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމު ހޯދައިފި 📍 ހއ. މުރައިދޫ

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމު ހޯދައިފި

ހއ. އަތޮޅު ކައުންސިލުން ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ޗެމްޕިއަންކަން އުތީމު ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އުތީމުން ހޯދީ މިރޭ ކުޅުނު ފައިނަލްގައި މުރައިދޫގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މުރައިދޫ އެވެ. ލިބުނު ކޯނަރަކުން ޖެހި މި ލަނޑު އެޓީމަށް ޖަހައިދިނީ އަޝްރާގެވެ. މުރައިދޫގެ ލަނޑަށްފަހު އުތީމުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އައިހަމް […]

ޔުމްނާ ޢަލީ
އައިހަމް އާއި ގުޅޭ އެފްއޭއެމްގެ ނިންމުން އަނބުރާގެންދަން އުތީމު ރައީސް ގޮވާލައިފި 📍 ހއ. އުތީމު

އައިހަމް އާއި ގުޅޭ އެފްއޭއެމްގެ ނިންމުން އަނބުރާގެންދަން އުތީމު ރައީސް ގޮވާލައިފި

ހއ. އުތީމުން އުފެދުނު ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ، މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ޤައުމީ ޓީމުގެ ސްކޮޑުން ބާކީ ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމު ނިންމު އަނބުރާ ގެންގޮސް އައިހަމް އަށް ޤައުމީ ޓީމުން ޖާގަ ދިނުމަށް އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ގޮވައިލައްވައިފިއެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަށްކުޅޭ އައިހަމް ވަނީ ހއ.އަތޮޅު ކައުންސިލުން އެ އަތޮޅު ރަށްތަކަށް ބާއްވާ ”ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި […]

ޔުމްނާ ޢަލީ
އުތީމާއި މުރައިދޫގެ ބޮޑު ފައިނަލް މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ނައިބު ރައީސް ހުސެން 📍 ހއ. މުރައިދޫ

އުތީމާއި މުރައިދޫގެ ބޮޑު ފައިނަލް މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ނައިބު ރައީސް ހުސެން

ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލަން މެޗު މިރޭ ކުޅޭނެއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ އުތީމާއި މުރައިދޫއެވެ. މިރޭ 20:30 ގައި ފަށާ މި މެޗު ޝަރަފްވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. މީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ވެސް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ހއ.ގެ ނުވަ ރަށް ވާދަކުރި މި މުބާރާތު ފައިނަލަށް މުރައިދޫ ދަތުރުކުރީ [...

ޔުމްނާ ޢަލީ
މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައި އުތީމު ފައިނަލަށް 📍 ހއ. ދިއްދޫ

މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައި އުތީމު ފައިނަލަށް

ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލަށް މުބާރާތް ބާއްވާ ރަށް އުތީމު ދަތުރުކޮށްފިއެވެ. ހއ.އަތޮޅުގެ ނުވަ ރަށެއް ބައިވެރިވެފައިވާ މި މުބާރާތުގައި އުތީމު ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ މެޗަކުން ބަލިނުވެ އެ ޓީމު ދަމަހައްޓަމުން އަންނަ ރެކޯޑާއެކު، ރޭ ކުޅުނު ސެމީގެ މެޗުގައި ޕެނަލްޓީގައި 6-5 އިން ދިއްދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗާއިއެކު ދިއްދޫ ވެސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. ފޯރިގަދަ ފެނުމެއް […]

ޔުމްނާ ޢަލީ
ޕެނަލްޓީގައި ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކޮށް މުރައިދޫ ފައިނަލަށް 📍 ހއ. އިހަވަންދޫ

ޕެނަލްޓީގައި ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކޮށް މުރައިދޫ ފައިނަލަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލުގެ ފުރަތަމަ ޖާގަ މުރައިދޫ އިން ކަށަވަރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މުރައިދޫން ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އެކު މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގައި ޕެނަލްޓީގައި 2-3 އިން ކުރި ހޯދައިގެންނެވެ. އުތީމު ރަސްމީ ފުޓްބޯޅަ ދަނޑުގައި މި މުބާރާތަށް ޚާއްޞަކޮށް ހަދާފައިވާ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ނަތީޖާ […]

ޔުމްނާ ޢަލީ
މެޗަކުން ބަލިނުވެ އުތީމު ސެމީއަށް، ވަށަފަރަށް ހިތްދަތި ވަކިވުމެއް 📍 ހއ. ފިއްލަދޫ

މެޗަކުން ބަލިނުވެ އުތީމު ސެމީއަށް، ވަށަފަރަށް ހިތްދަތި ވަކިވުމެއް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ސެމީ ފައިނަލްގެ ފަހު ޖާގަ މުބާރާތް ބާއްވާ ރަށް، އުތީމުން ކަށަވަރުކޮށްފިއެވެ. އުތީމު ސެމީ އަށް ދަތުރުކުރީ ހޮނހިރު ދުވަހު ރޭ 20:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ފިއްލަދޫގެ މައްޗަށް 3-2 ލަނޑުން ކުރި ހޯދައިގެންނެވެ. އެއްވެސް މެޗަކުން ބަލިނުވެ އުތީމު ސެމީގެ ޖާގައެއް ކަށަވަރުކުރި މެޗުގައި ދެ ޓީމަށް ވެސް ސެމީގެ ޖާގައެއް ކަށަވަރުވާން އޮތީ މެޗުން […]

ޔުމްނާ ޢަލީ
ގިނަ ލަނޑުތަކެއް ފެނުނު ހޯރަފުށި-ވަށަފަރު މެޗުން ވަށަފަރު މޮޅުވެއްޖެ 📍 ހއ. ހޯރަފުށި

ގިނަ ލަނޑުތަކެއް ފެނުނު ހޯރަފުށި-ވަށަފަރު މެޗުން ވަށަފަރު މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގައި ވަށަފަރާއި ހޯރަފުށީގެ ކުރިމަތިލުމުގައި ވަށަފަރު މޮޅުވެ ސެމީގެ އުންމީދު ބޮޑުކޮށްފިއެވެ. ހޮނހިރު ދުވަހު ހަވީރު 16:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވަށަފަރު ވަނީ ހޯރަފުށީގެ މައްޗަށް 7-5 ލަނޑުން ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ މިނިޓްގައި ހޯރަފުށީގެ  ޖާޒީ ނަމްބަރު 11 އަލީ ޒިޔާދު ވަނީ ލަނޑެއް ޖަހައި ހޯރަފުއްޓަށް މެޗުގެ ލީޑު […]

ޔުމްނާ ޢަލީ
ނާއިޝްގެ ހިތްގައިމު ލަނޑުތަކާއެކު ފިއްލަދޫ ބަލިކޮށް އިހަވަންދޫ ސެމީ އަށް 📍 ހއ. ފިއްލަދޫ

ނާއިޝްގެ ހިތްގައިމު ލަނޑުތަކާއެކު ފިއްލަދޫ ބަލިކޮށް އިހަވަންދޫ ސެމީ އަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ސެމީގެ ޖާގައެއް ފަހުގެ ޗެމްޕިއަން އިހަވަންދޫ އިން ކަށަވަރުކޮށްފިއެވެ. އިހަވަންދޫ ސެމީގެ ޖާގައެއް ކަށަވަރުކުރީ ރޭ 20:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ފިއްލަދޫ 5-0 އިން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިހަވަންދޫ އަށް ލީޑު ނަގައިދިނީ މެޗުގައި ހިތްގައިމު ލަނޑުތަކެއް ޖަހައިދިން އިހަވަންދޫ ޓީމުގެ ޖާޒީ ނަންބަރު 7 ޢަލީ ނާއިޝްއެވެ. […]

ޔުމްނާ ޢަލީ
ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިއަދު ހަވީރުގެ މެޗުގައި އުތީމާއި ހޯރަފުށި ބައްދަލުކުރި މެޗު 4-3 އިން އުތީމު ކާމިޔާބުކޮށްފިއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ އުތީމުންނެވެ. މިގޮތުން އުތީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި އުތީމުގެ ޖާޒީ ނަމްބަރު 7 އަހްމަދު މަޒީން ހޯރަފުށީ ގޯލަށް ފޮނުވާލި ބޯޅަ، ކީޕަރު […]

ޙުސައިން ޝަހުދީ
އިހަވަންދޫ އާއި ވަށަފަރަ މެޗު އެއްވަރުވެ, ބާރަށް ކައިރިން ދިއްދޫ މޮޅުވެއްޖެ 📍 ހއ. ބާރަށް

އިހަވަންދޫ އާއި ވަށަފަރަ މެޗު އެއްވަރުވެ, ބާރަށް ކައިރިން ދިއްދޫ މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިރޭގެ މެޗުގައި އިހަވަންދޫ އާއި ވަށަފަރު މެޗު އެއްވަރުވެ، ބާރަށާއި ދިއްދޫ މެޗުން ދިއްދޫ މޮޅުވެއްޖެއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 11 ވަނަ މެޗު މިރޭ ވާދަކޮށްފައިވަނީ އިހަވަންދޫ އާއި ވަށަފަރު ޓީމެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގައި ދެ ޓީމު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުއްޓާއި އުތީމުގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކޮށްފި 📍 ހއ. އުތީމު

ކުޅުދުއްފުއްޓާއި އުތީމުގައި އިސްލާމީ މަރުކަޒު އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ އާއި ނ. ހޮޅުދޫ އަދި ހއ. އުތީމުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިގޮތުން ކުޅުދުއްފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން...

އައިޝަތު އައިނީ އާމިރު
މުރައިދޫ އާއި ބާރަށު މެޗުން މުރައިދޫ މޮޅުވިއިރު, ވަށަފަރާއި އުތީމު މެޗު އެއްވަރު 📍 ހއ. ބާރަށް

މުރައިދޫ އާއި ބާރަށު މެޗުން މުރައިދޫ މޮޅުވިއިރު, ވަށަފަރާއި އުތީމު މެޗު އެއްވަރު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މުރައިދޫ އާއި ބާރަށް ބައްދަލުކުރި މެޗުން މުރައިދޫ މޮޅުވެ، ވަށަފަރާއި އުތީމު ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރު ވެއްޖެއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 5 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ މުރައިދޫ އާއި ބާރަށު ޓީމެވެ. މުރައިދޫ ޓީމުން ވަނީ 2-3 ގެ ނަތީޖާ އަކުން ކުރިހޯދައި، ބާރަށު ޓީމު ބަލިކޮށްފައެވެ. […]

އައިޝަތު އައިނީ އާމިރު