📍 ހއ. އުތީމު
އެމްޑީއެންގެ ރިޕޯޓް އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފި
އެމްޑީއެން އިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށާއި އިސްލާމްދީނަށް ފުރަށްސާރަކޮށް ނެރެފައިވާ ރިޕޯޓް ހއ އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. އެމްޑީއެން އިން ” ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓާއި ގުޅޭގޮތުން އުތީމު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާއިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާމެދު...