މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
އިހަވަންދޫ އިމަގުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާ، ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާ، ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެނީ

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމްޢިއްޔާގެ ފަރާތުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާއި، ޒަމާނީ ވޮލީ ކޯޓެއް ތަރައްޤީ ކޮށްދޭން ނިންމައިފިއެވެ. އިމަގު ޖަމްޢިއްޔާއަށް މި އަހަރުގެ ޖޫން މަހު ފަންސަވީސް އަހަރު ފުރިފައިވާއިރު، އެ ޖަމްޢިއްޔާއަށް ފަންސަވީސް އަހަރު ފުރުމުގެ މުނާސަބާއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އިހަވަންދޫގައި ޒުވާނުން ކުޅިވަރު ކުޅުމަށް މިހާރު ހުރި ފެސިލިޓީސް މަދުވުމުގެ ސަބަބުން އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އިމަގުން އިސް ނަގައިގެން އެ […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެން ބޭނުންފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ. އިހަވަންދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވާގޮތުން އެރަށު ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އެހެންކަމުން އެކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދު ޑިޒައިންކޮށް ދޭން ބޭނުންވާ ފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅު...

އަޙްމަދު އަރުޝަމް
އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް

ހއ. އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ. މި ހަރަކާތުގެ ދަށުން އެރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އެރަށުގައި މީހުން ދިރިއުޅޭ 400 އެއްހާ ގޭބިސީ އެބަހުއްޓެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން”އަށް ވިދާޅުވީ އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމަށް މިއަދު ފެށި ހަރަކ...

ޙުސައިން ޝަހުދީ
އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓ...

އަޙްމަދު ވަހީދު
އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރަނީ

ހއ.އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށުގެ ބަނދަރުގެ އިރުމަތީ ފަރާތުގައި އޮތް 1600 އަކަފޫޓުގެ ހަތަރު ބިމެވެ. މި ހަތަރު ބިން ހަ މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މިކަން އާންމުކޮށް 02 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ލޮނުމަސް […]

އިބްރާހިމް ޚަލީލް
އިހަވަންދޫ މޮނިޓަރިން އުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ މޮނިޓަރިން އުވާލައިފި

ހއ. އިހަވަންދޫ މޮނިޓަރިން އުވާލައިފި އެވެ. ހުސްވި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެ، އެމީހުންނާ ޑައިރިކްޓް ކޮންޓެކްޓްވި 2 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން އަށް ލާފައިވަނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގައެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ ކޮވިޑް 19 ގެ ކޭސްތަކާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައި އޮތް […]

އަޙްމަދު އަރުޝަމް
އިހަވަންދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އަރައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އަރައިފި

އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދަދު 22 އަށް އަރައިފިއެވެ. ކުޑަހުވަދޫ ކްލަސްޓާއަށްފަހު މިހާތަނަށް 22 މީހަކު އެރަށުން ޕޮޒިޓިވްވިއިރު 6 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު އިހަވަންދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ. ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 655 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 540 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ 93 އެވެ. އިހަވަންދޫން ބަ...

ޔުމްނާ ޢަލީ
އިހަވަންދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބޭރު ތޮށިލާން ބޭނުންވާ ބޮޑުހިލަ މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 248 މީޓަރުގެ ބޭރު ތޮށި ލުމާއި 178 މީޓަރުގެސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ […]

އަޙްމަދު ވަހީދު
އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ މީގެ ކުރިން އެރަށުން ޕޮޒިޓިވް ވެފައިވާ ކުޑަހުވަދޫ ކްލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ […]

އަޙްމަދު އަރުޝަމް
އިހަވަންދޫއިން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. އިހަވަންދޫން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 2 މީހުންނަކީ ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ […]

އަޙްމަދު އަރުޝަމް
އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު ދަތުރެއް ނުކުރޭ: އިހަވަންދޫ ކައުންސިލް 📍 ހއ. އިހަވަންދޫ

އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު ދަތުރެއް ނުކުރޭ: އިހަވަންދޫ ކައުންސިލް

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ހއ. އިހަވަންދޫގެ އެއްވެސް ރައްޔިތަކު އެހެން ރަށަކަށް ދަތުރު ނުކުރާކަކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން ވިދާޅުވި ގޮތުގައި އިހަވަންދޫއަކީ އެ އަތޮޅު ރަށްތަކުގެ ތެރެއިން ތަފާތު ބޭނުންތަކުގައި އެންމެ ގިނައިން ދަތުރުކުރާ ރައްޔިތުން ދިރިއުޅޭ ރަށެވެ. ނަމަވެސް މިހާތަނަށް އުސޫލާ ހިލާފަށް އިހަވަންދޫގެ އެއްވެސް ރައްޔިތަކު ދަތުރު ނުކުރާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ކޯވިޑް-...

އަޙްމަދު އަރުޝަމް
އިހަވަންދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ ވެސް ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. އިތުރު 4 މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 15 އަށް އަރާފައެވެ. ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 356 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން  339 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ […]

ޙުސައިން ޝަހުދީ
އިހަވަންދޫން ޑޮކްޓަރަށް ދެއްކި 2 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫން ޑޮކްޓަރަށް ދެއްކި 2 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫގައި ބަލީގެ އަލާމަތް ހުރެގެން ޑޯކްޓަރަށް ދެއްކި 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އިހަވަންދޫ އައިމިނާދިއޯ ސިއްޙީމަރުކަޒުން ވިދާޅުވި ގޮތުގައި އިއްޔެ އެރަށުން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ފުލޫ އަލާމާތްތަކާއިއެކު އެ މަރުކަޒަށް ޑޮކްޓަރަށް ދެއްކި 11 އަހަރުގެ ކުއްޖަކާއި 44 އަހަރުގެ އަންހެނެކެވެ. އެރަށުން އިތުރު ކޭސްތައް ޕޮޒިޓިވް ވަމުންދާތީ، ޑޮކްޓަރަށް ދެއްކުން ފަދަ އެންމެހާ ޚިދުމަތްތައް ހޯދުމުގެ ކުރިން އެ މަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުމަށްފަހު ދެއްވާ […]

އަޙްމަދު އަރުޝަމް
އިހަވަންދޫން އިތުރު 2 ޕޮޒިޓިވް ކޭސް، ރެންޑަމް ސާމްޕަލެއް ހިމެނޭ 📍 ހއ. އިހަވަންދޫ

އިހަވަންދޫން އިތުރު 2 ޕޮޒިޓިވް ކޭސް، ރެންޑަމް ސާމްޕަލެއް ހިމެނޭ

ހއ. އިހަވަންދޫން ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ހިމެނޭހެން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އަލަށް ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކަކީ ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ކަމަށެވެ. އަނެއް މީހާއަކީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ޕޮޒިޓިވްވި މީހެކެވެ. މިއީ ކުޑަހުވަދޫ ކަލަސްޓާއާއި ކޮންޓެކްޓްވެގެން ސާމްޕަލް ނެގިފައިވާ މީހެއް ކަމަށް އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. މީގެއިތުރުން ރެންޑަމް ސާމްޕަލްތަކ...

ޙުސައިން ޝަހުދީ
އިހަވަންދޫ ބަންދުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަންދުކޮށްފި

ހއ. އިހަވަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް ބަންދުކުރީ މިއަދުގެ ހެނދުނު 8:25 އިން ފެށިގެންނެވެ. އިހަވަންދޫއަށް އަރާ ފޭބުން މަނާކޮށްފައި މިވަނީ ކޯވިޑަށް ޕޮޒިޓިވްވި ބަޔަކާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ރޭ ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. ކުރިން އެރަށުން ޕޮޒިޓްވެފައި ވަނީ  ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއްކަމަށް މައުލޫމާތު ލިބިފަވެއެވެ. އިހަވަންދޫ މޮނިޓަރިންނަށް ހާލަތަށް ގެނެސްފައިވުމާއެކު، މޮނިޓަރިން ހާލަތުގައި އޮންނަ ރައ...

ޔުމްނާ ޢަލީ