މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް 📍 ށ. ކޮމަންޑޫ

ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް

ށ. ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްްވި ޖަލްސާގައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެތިއޮން ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި...

ޔުމްނާ ޢަލީ
ކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލާއި ހަވާލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގެ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލާއި ހަވާލުކޮށްފި

ށ. ކޮމަންޑޫގައި ބިންހިއްކައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މި އެއް...

ޔުމްނާ ޢަލީ
ކޮމަންޑޫ ކައުންސިލަށް ނަފާ ހޯދައިދިނުމަށް ގައްލައިދޫ ދީފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލަށް ނަފާ ހޯދައިދިނުމަށް ގައްލައިދޫ ދީފި

ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ށ. ކޮމަންޑޫ ކައުންސިލާ އެ އަތޮޅު ގައްލައިދޫ މިއަދު ހަވާލުކޮށްފިއެވެ. ގައްލައިދޫ ކޮމަންޑޫ ކައުންސިލާ ހަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އ...

ޔުމްނާ ޢަލީ
ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް 📍 ށ. ފުނަދޫ

ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބޭއްވި “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތުގެ ޗެމްޕިއަންކަން، އެ އަތޮޅު ކޮމަންޑޫއަށް ނިސްބަތްވާ، ކޮމަންޑޫ ސްޕޯޓްސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ފުނަދޫ ވޮލީ ކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލުކުރީ ކޮމަންޑޫ ސްޕޯޓްސްއާއި ޒޮލޭންއެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫ ސްޕޯޓްސް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 30/28، 25/19، […]

އިބްރާހިމް ޚަލީލް
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ %70 ނިމިއްޖެ: އެމްޓީސީސީ 📍 ށ. ކޮމަންޑޫ

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ %70 ނިމިއްޖެ: އެމްޓީސީސީ

ށ. ކޮމަންޑޫ އާާއި އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ބިން ހިއްކައި، ދެ ކޮމަންޑޫ ގުޅުވުމުގެ މަސައްކަތުގެ %70 ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިދިޔަ ސަރުކާރުން، ކޮމަންޑޫ އާއި މަތި ކޮމަންޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ދެ ބިން ގުޅުވުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރު ޖެނުއަރީ މަހުއެވެ. އެ ކުންފުނިން މި މަސައްކަތް ފަށާފައި ވަނީ 14 ޖެނުއަރީ 2022 ގައެވެ. އެގޮތުން […]

އައިޝަތު އައިނީ އާމިރު
”ދިއްދޫ، މިލަންދޫ، ކޮމަންޑޫ، ބިލެތްފަހި އެއާޕޯޓު އެޅުމުގެ މަރުހަލާތައް މި އަހަރު ހިނގާނެ“ 📍 ހއ. ދިއްދޫ

”ދިއްދޫ، މިލަންދޫ، ކޮމަންޑޫ، ބިލެތްފަހި އެއާޕޯޓު އެޅުމުގެ މަރުހަލާތައް މި އަހަރު ހިނގާނެ“

ވައުދުވެފައިވާ ފަދައިން 14 އެއާޕޯޓެއް ތަރައްގީކުރުމުގެ އެކި މަރުހަލާތައް މިއަހަރު ހިނގަންފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް، 14 އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަރުހަލާތައް މި އަހަރު ހިނގަން ފަށާނެވެ. މީގެ ތެރޭގައި މިހާރު ހިނގަމުން އަންނަ ދެ އެއާޕޯޓެއްގެ ޚިދުމަތް ފުޅާކުރުމާއި، އަލަށް މަސައްކަތްފަށާ 12 ތަނ...

ޔުމްނާ ޢަލީ
ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް 📍 ހއ. ދިއްދޫ

ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް

އަށް ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށ...

ޔުމްނާ ޢަލީ
މިލައުތުރު ހޭންޑްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ ކޮމަންޑޫގައި ފަށަނީ، ހަވާއެރުވުން އޮންނާނެ

މިލައުތުރު ހޭންޑްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ ކޮމަންޑޫގައި ފަށަނީ، ހަވާއެރުވުން އޮންނާނެ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “މިލައުތުރު ހޭންޑް ބޯޅަ މުބާރާތް” ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުކުރު ދުވަހުގެ ރޭ އެ އަތޮޅު ކޮމަންޑޫގައި ފަށަން ތައްޔާރުވެއްޖެއެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައވެރިވެފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ދެ ގްރޫޕް މެޗުތައް ދެ ރަށެއްގައި ކުޅޭގޮތަށެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ ފޯކައިދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، […]

އިބްރާހިމް ޚަލީލް
ކޮމަންޑޫގައި ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގައި ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހު 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ 15 ފަރާތަށެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ ފީއަކީ […]

އިބްރާހިމް ޚަލީލް
''މަތިކޮމަންޑޫ މަޝްރޫޢު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ދިގުވެލިދޫ އެއާޕޯޓުގެ ޔަޤީންކަން'' 📍 ށ. ކޮމަންޑޫ

''މަތިކޮމަންޑޫ މަޝްރޫޢު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ދިގުވެލިދޫ އެއާޕޯޓުގެ ޔަޤީންކަން''

ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ށ.  ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިއްޔެ ށ. ކޮމަންޑޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ކޮމަންޑޫ ރައްޔިތުންނަށް ރައީސް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. ކޮމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ބިން ފުރިފައި...

ޔުމްނާ ޢަލީ
ކޮމަންޑޫން ގޯއްޗަށް އެދުނު މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫން ގޯއްޗަށް އެދުނު މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ށ. ކޮމަންޑޫއިން ބަންޑާރަ ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އެރަށު ކައުންސިލުން މިއަދު އާންމުކޮށްފިއެވެ. އެ ލިސްޓު އާންމުކޮށް ކޮމަންޑޫ ކައުންސިލުން ބުނީ، ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންނަމަ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ 4 ވާ އާދިއްތަ ދުވަހުގެ 13:30ގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ”ޝަކުވާ ފޯމު” މެދުވެރިކޮށެވެ. އެ ފޯމު އެ އިދާރާގެ ކައުންޓަރުން […]

އިބްރާހިމް ޚަލީލް
ކޮމަންޑޫ އަށް އުދައަރައި ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އަށް އުދައަރައި ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެ

ށ. ކޮމަންޑޫ އަށް އުދައަރައި އެރަށު ބައެއް ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެއެވެ. ކޮމަންޑޫ ކައުންސިލުން ބުނީ އެރަށަށް އުދައެރުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ގޭގެއަށް ލޮނު ވަދެ ބޮޑެތިގެއްލުންތަކެއް ވަނީ ލިބިފަިއިއެވެ. ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުންސިލާއި، ސަރޓް ޓީމް، އެމްޓީސީސީ، ޕޮލިސް އަދި އާއްމު ރައްޔިތުން ދަނީ މަސައްކަތް ކުރަމުން ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެއެވެ. އެރަށަށް މިހާލަތު ދިމާވެފައިވާތީ، ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުން...

ޔުމްނާ ޢަލީ
ޒަމާނީ ވަސީލަތްތަކާއިއެކު ކޮމަންޑޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ހުޅުވައިފި 📍 ށ. ކޮމަންޑޫ

ޒަމާނީ ވަސީލަތްތަކާއިއެކު ކޮމަންޑޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ހުޅުވައިފި

ށ.އަތޮޅު ކޮމަންޑޫގައި އިމާރާތް ކުރެވުނު ވޭސްޓް މެނޭޖްމެންޓް ސެންޓަރ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. މި ސެންޓަރ ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވީ ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން އެވެ. އެ ރަށު ކައުންސިލުން ވަނީ އެ ރަށުގެ ގޭބިސީތަކުން ކުނި ނެގުމަށްޓަކައި މުވައްޒަފުން ލައިގެން މިއަދި ރަސްމީކޮށް އެ މަސައްކަތް ފަށާފައެވެ. މި ކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމާއި ހަނިމާދޫ އަދި ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ކަނޑައަޅައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމާއި ހަނިމާދޫ އަދި ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ކަނޑައަޅައިފި

ހދ. ނޮޅިވަރަމާއި ހަނިމާދޫ އަދި ށ. ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިއެވެ. ޖޭއެސްސީން އިއްޔެ ވިދާޅުވިގޮތުގައި ހަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް އެ ކޮމިޝަނުން މިދިޔަ އޯގަސްޓު މަހު ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ ބޭފުޅުންނާ، “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން އިންޓަރވިއުކުރުމަށްފަހު، އެރަށްތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން މިހާރު...

ޔުމްނާ ޢަލީ
ކޮމަންޑޫ ހިއްކި ބިމުން ދޫކުރާ ގެވަޅުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ހިއްކި ބިމުން ދޫކުރާ ގެވަޅުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގެ ހިއްކި ބިމުން ދޫކުރާ ބަންޑާރަ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކޮމަންޑޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް 1200 އަކަފޫޓުގެ 103 ގެވަޅު ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމާފައި ވަނީ، ފާއިތުވި އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 95 ވަނަ އާންމު ޖަލްސާގައެވެ. ގެވަޅަށް ކުރިމަތިލާން ފުރިހަމަ ކުރަންޖެހޭ ފޯމް މިހާރު އެ ކައުންސިލުން ދޫކުރަން ފަށާފައިވާއިރު، ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ […]

އިބްރާހިމް ޚަލީލް