ވައުދުވެފައިވާ ފަދައިން 14 އެއާޕޯޓެއް ތަރައްގީކުރުމުގެ އެކި މަރުހަލާތައް މިއަހަރު ހިނގަންފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް، 14 އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަރުހަލާތައް މި އަހަރު ހިނގަން ފަށާނެވެ.

މީގެ ތެރޭގައި މިހާރު ހިނގަމުން އަންނަ ދެ އެއާޕޯޓެއްގެ ޚިދުމަތް ފުޅާކުރުމާއި، އަލަށް މަސައްކަތްފަށާ 12 ތަނެއް ހިމެނެއެވެ.

އަލަށް އެއާޕޯޓު ތަރައްގީކުރުމުގެ މަރުހަލާ ފަށާނެ ރަށްތައް

  • ހއ. ދިއްދޫ،
  • ށ. މިލަންދޫ، ކޮމަންޑޫ، އަދި ބިލެތްފަހި،
  • ރ. ފައިނު، އަލިފުށި،
  • ބ. ތުޅާދޫ،
  • ފ. ނިލަންދޫ،
  • ތ. ގުރައިދޫ، ވިލުފުށި،
  • އއ. މަތިވެރި،
  • ގއ. ވިލިނގިލި،

ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ދެ އެއާޕޯޓަކީ، ގދ. ކާޑެއްދޫ، އަދި ލ. ކައްދޫ އެއަރޕޯޓެވެ.