މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
ކެލާގެ ކަނޑުލުން ނަފާ ހޯދަން އަތުކުރި އޮޅާލަނީ 📍 ހއ. ކެލާ

ކެލާގެ ކަނޑުލުން ނަފާ ހޯދަން އަތުކުރި އޮޅާލަނީ

މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނުގެ އެންމެ މަގުބޫލު އެއް ލަވައަކީ “ވެހޭ ވާރޭ ތެރޭން”އެވެ. މި ލަވައިގައި ކިޔައިދޭ އެއް ވާހަކައަކީ ވާރޭ ވެހެމުންދިޔަ ވަގުތުގައި ކަނޑޫފާ ކުޅިން ޖެހެމުންދިޔަ ފިނި ވައިރޯޅިން ލިބެމުންދިޔަ އަރާމުގެ ވާހަކައެވެ. ދިވެހިންގެ ސަގާފަތުގައި ކުޅިތައް އެކުލެވިފައިވަނީ މިފަދައިންނެވެ. އަޖައިބުކުރަނިވި އަދި ހިތްފަސޭހަ ގުދުރަތުގެ ހަދިޔާއެއްގެ ގޮތުގައެވެ. ތާރީޚަށް ނަޒަރު ހިންގާލައިފިނަމަ ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހާލުގައި ޖެހުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރ...

Thiladhun
ކެލާއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރަނީ 📍 ހއ. ކެލާ

ކެލާއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރަނީ

ހއ. ކެލާއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ. އެރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ދޫކުރަން ހަމަޖެހިފައި ވަނީ ދަނޑުވުވެރިކަން ކުރުމަށް ބިންދޫކުރާ ސަރަހައްދުން 2 ބިން ކަމުގައެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑުމިނުގައި 7000 އަކަފޫޓު ހުންނާނެ ކަމަށާއި، ބިމެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމާފައި ވާކަމަށްވެސް އެ އިއުލާނުގައި ވެއެވެ. މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 […]

އަބްދުﷲ ޝަފީޢު
ފެތުރެމުންދާ ހުން ކޮންޓްރޯލް ވެއްޖެ: ކެލާ ސިއްޙީ މަރުކަޒު 📍 ހއ. ކެލާ

ފެތުރެމުންދާ ހުން ކޮންޓްރޯލް ވެއްޖެ: ކެލާ ސިއްޙީ މަރުކަޒު

ހއ. ކެލާގައި ފެތުރެމުންދާ ވަރުގަދަ ހުން ކޮންޓްރޯލްވެއްޖެކަމަށް އެރަށުގެ ސިއްހީ މަރުކަޒުން ބުނެފި އެވެ. ކެލާގައި ހުން ފެތުރި އެ ރަށުގައި ހުރި ހަމައެކަނި ޑޮކްޓަރަށް ވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެކަމާ ގުޅިގެން އެރަށަށް އަތޮޅު ތެރެއިން އެހެން ޑޮކްޓަރެއް ގެނެސް މިހާރު ދަނީ ހިދުމަތްވެސް ދެމުންނެވެ. އޮންލައިން މީޑިޔާ “ސަން” އަށް މަޢުލޫމާތު ދެއްވަމުން ކެލާ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަ އިބްރާހިމް ރުޝްދީ ވިދާޅުވީ ކެލާގައި މި އީދުތެރޭގައި ވައިރަލް ހުމާއި […]

އިބްރާހިމް އަސްވާޤް
ކެލާގައި ވަރުގަދަ ރޯގާއެއް ފެތުރެނީ 📍 ހއ. ކެލާ

ކެލާގައި ވަރުގަދަ ރޯގާއެއް ފެތުރެނީ

ހއ. ކެލާ ގައި ވަރުގަދަ ހުމެއް ފެތުރި، ރަށު ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރުވެސް އެޑްމިޓްކޮށް، އިތުރު ޑޮކްޓަރުން ފޮނުވައިދިނުމަށް އެދިއްޖެއެވެ . މިހާރު އެރަށުގައި ބަލިމީހުން ބަލަމުންދަނީ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ހެލްތުވޯކަރުންކަމަށް މަޢުލޫމާތުލިބެއެވެ. ގަދަޔަށް ހުން އައިސް ހޮނޑުލާ ރޯގާއެއް ފެތުރެމުންދާ މިދުވަސް ވަރުގައި ޑޮކްޓަރު ބަލިވުމުން އުނދަގޫތަކާ ކުރިމަތިވާކަމަށާއި ވީހާވެސް އަވަހަކަށް އިތުރު ޑޮކްޓަރުން ފޮނުވައިދިނުމަށް އެރަށު ސިއްޙީ މަރުކަޒުން ހެލްތު މިނިސްޓްރީގައި އެދި...

އިބްރާހިމް އަސްވާޤް